Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއު

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއު: ހަނދުވަރީ މަގުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

މިހާރު ކުރިއަށްދަނީ މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 08:06
މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ތެރެއިން: މަގުތަކުގައި ގައު ޖެހުމުގެ މަސައްކަތް ކުރަނީ

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ތެރެއިން: މަގުތަކުގައި ގައު ޖެހުމުގެ މަސައްކަތް ކުރަނީ

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ފުރަތަމަ ފޭސްގައި މަރާމާތު ކުރާ މަގުތަކުގެ ތެރެއިން ހަނދުވަރީ މަގުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނީ ސްޓްރީޓް ސްކޭޕިންގެ މަޝްރޫއުގެ ތެރެއިން ހަނދުވަރީ ހިނގުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މަގުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން ހަނދުވަރީ މަގުގެ އެއްވަނަ ބްލޮކް، ދެވަނަ ބްލޮކްގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ތިންވަނަ ބްލޮކާއި ހަތަރުވަނަ ބްލޮކްގެ މަސައްކަތެވެ. އެއީ މި މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް ކަމަށް އާރްޑީސީން ބުނެއެވެ.

އާރްޑީސީން ބުނީ ހެންވޭރު އުތުރު އަދި މައްޗަންގޯޅި ދެ ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްއާ މަޝްވަރާ ކުރެވެމުންދާކަން އާރްޑީސީން ފާހަގަކުރިއެވެ.

މީގެ އިތުރުން އާރްޑީސީން ބުނީ ކޮވިޑް-19ގެ ހާލަތު ގޯސްވެ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން މެއި މަހުގެ 26 ވަނަ ދުވަހު މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އަލުން މަސައްކަތް ފެށުނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އާރްޑީސީން ބުނީ މި މަޝްރޫއު އެއްކޮށް ނިންމާލެވެނޭ ދުވަހެއް އަދި ނޭނގޭ ކަމަށާއި، މަޝްވަރާތަކަށްފަހު ވަކި ޓަރގެޓެއް ކަނޑައެޅޭނެ ކަމަށެވެ. ނަމަވެސް އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް އަވަހަށް މަސައްކަތް ނިންމުމަށް ކަމަށް އާރްޑީސީން ބުނެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ނިމުމާއެކު މިހާރު ދިމާވާ މައިގަނޑު މައްސަލަތައް ކަމަށްވާ މަގު ކޮނުމާއި، ހޮޅިއެޅުމާއި، ގައުތައް ނެގުމާއި އަދި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އާރްޑީސީން ބުނެއެވެ. މަގުކޮނެ ގައުތައް އެކިގޮތްތަށް އަތުރާފައި އޮތުމާއެކު ހިނގާބިނގާވެ އުޅޭ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 120ށްވުރެ ގިނަ މަގު (18 ކިލޯމީޓަރު) ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. 2020 ވަނަ އަހަރު ފެށި މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން އެއްކޮށް ނިންމާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ސްޓްރީޓް ސްކޭޕިންގ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައިވަނީ މާފަންނު ހުޅަނގު ސަރަހައްދުންނެވެ.

މަގުއާރްޑީސީމާލޭ ސްޓްރީޓް ސްކޭޕިކް މަޝްރޫއު

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު