Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޝާހިދުގެ "އުންމީދީ" ޓީމު އެކުލަވައިލުން

"އުންމީދީ" ޓީމުގެ އެންމެ ކުރިއަށް ތިލްމީޒާއާއި އދ. ގެ އިންޑިއާ މިޝަންގެ ބޭފުޅެއް

މިއީ އދ. ގެ 75 އަހަރުގެ ތާރީޚުގައި ރާއްޖެއަށް ރިޔާސަތު ލިބުނު ފުރަތަމަ ފަހަރު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 03:44
މިނިސްޓަރ ޝާހިދުގެ ޓީމުގައި ހިމެނޭކަމަށް އިއުލާންކުރެއްވި ދެ ބޭފުޅުން

މިނިސްޓަރ ޝާހިދުގެ ޓީމުގައި ހިމެނޭކަމަށް އިއުލާންކުރެއްވި ދެ ބޭފުޅުން

ޖޫން 7 ވީ ހޯމަ ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބު ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކާމިޔާބުކުރެއްވީ 143 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިއީ އދ. ގެ 75 އަހަރުގެ ތާރީޚުގައި ރާއްޖެއަށް ރިޔާސަތު ލިބުނު ފުރަތަމަ ފަހަރެވެ. 193 މެމްބަރު ޤައުމު ހިމެނޭ މި މަޖިލީހުގެ ރައީސްކަމަށް އެމަނިކުފާނާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލެވެ. މިނިސްޓަރ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ އިންތިޚާބީ ރައީސަކަށް ހުންނަވައިގެން އދ. ގައި އެރޭ ތަޤުރީރުކުރައްވައި ވަނީ އެމަނިކުފާނު އަންނަ ސެޕްޓެމްބަރު މަހު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި އަދި އެއަށްފަހު ކުރައްވާނެ މަސައްކަތްތައް ތަފުސީލުކޮށްދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި 5 ކަމަކަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ކޮވިޑުން ދުނިޔެ އަރައިގަނެ، ހަމަހަމައަށް ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމަށް އަންނަ ބަދަލު ކުޑަކުރަން ކުރާ މަސައްކަތް އިތުރުކުރުމާއި، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް އައު އުސްމިންތަކަކަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމާއި ނަސްލީ ތަފާތުކުރުން ނައްތާލުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިންތީގެ ގޮތުން ހަމަހަމަކަން ގެއްލި އަޑުއުފުލުމުގެ ބާރު ނެތް ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެފައިވާއިރު، އދ. ގެ އާންމު މަޖިލީހުގައި ޒުވާނުންނަށް އަޑު އުފުލުމަށް ފުރުސަތު ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް އެރުވިއެވެ.

މި އަމާޒުގެ ދަށުން މަސައްކަތް ބައްޓަން ކުރައްވާއިރު، އެމަނިކުފާނު މީގެ 3 މަސްފަހުން ހަވާލުވާ އައު މަޤާމާ ހަވާލުވެވަޑައިގަންނަވާއިރު، މި އަމާޒުތަކަށް ވާސިލުވުމަށް އެކުލަވާލާ ޓީމަކީ ވެސް ތަފާތު ޓީމަކަށް ވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މި ޓީމަކީ ވެސް މިންތީގެ ގޮތުން ހަމަހަމަ، އެކި ނަސްލުތަކާއި އެކި ޤައުމުތަކުގެ މެމްބަރުން ހިމެނޭ ޓީމަކަށް ވާނެކަމަށް ވިދާޅުވިއެވެ. އދ. ގައި މިހާރު ވެސް ހަރަކާތްތެރިވާ ރާއްޖޭގެ މިޝަންއަށް "ޓީމް ޚާރިޖިއްޔާ" ގެ ނަމުން މިޓީމަށް ވެސް މުޚާތަބުކުރައްވާ މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ދައުރަކީ އުންމީދު ނުވަތަ "ހޯޕް" ގެނުވާނެ ދައުރަކަށް ހައްދަވާނެކަމަށެވެ. އެގޮތުން އދ. ގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާއިރު، އެމަނިކުފާނުގެ ދައުރުގައި ބައިނަލްއަޤްވާމީ މީޑިއާތަކާއި ޖަމުޢިއްޔާތަކަށް ފަސޭހައިން މަޢުލޫމާތު ސާފުކޮށް އދ. ގެ އާންމު މަޖިލީހާ ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.

މިނިސްޓަރ ޝާހިދުގެ މި އުންމީދީ ވާހަކަތަކަށްފަހު، އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ މިނިސްޓަރ ޝާހިދު އެމަނިކުފާނުގެ އައު މަޤާމުގައި އެހީވެދޭނެ ޓީމު އުކުލަވާލަން ފެއްޓެވި މަންޒަރެވެ. ޖޫން 10 ވީ ބުރާސްފަތި ދުވަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެ މަނކުފާނު މިވަނީ މި ޓީމުގެ މުހިންމު ދެ މެމްބަރުން ހާމަކުރައްވާފައެވެ. އެގޮތުން މި ޓީމުގެ އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ސްޕެޝަލް އެންވޯއީއަކަށް ތިލްމީޒާ ހުސައިން ވަނީ އައްޔަނުކުރައްވާފައެވެ. ތިލްމީޒާއަކީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް މެއެވެ.

މިނިސްޓަރ ޝާހިދުގެ ވަޢުދުފުޅާ އެއްގޮތަށް އެމަނިކުފާނުގެ އައު ޓިމުގައި މިންތީގެ ގޮތުން ހަމަހަމަ، އެކި ނަސްލުތަކާ އެކި ޤައުމުތަކުގެ މެމްބަރުން ހިމެނޭ ޓީމެއްކަން މިވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން މިޓީމުގެ އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ޗީފް ޑު ކެބިނެޓްގެ މަޤާމަށް ހޮއްވަވާފައި ވަނީ އިންޑިއާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު ނަގަރާޖް ނައުޓޫ ކުމާރެވެ. މި ޓީމުގެ އިތުރު މެމްބަރުން ކުރިއަށް އޮތްތަނުގައި އިއުލާންކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، މިނިސްޓަރ ޝާހިދު ވަނީ ތިލްމީޒާއާއި، އެމްބެސެޑަރ ނަގަރާޖްއަކީ އެމަނިކުފާނުގެ 5 އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތުގައި މުހިންމު ރޯލެއް އަދާކުރާނެ ދެ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދު ވަނީ ކުރިއަށް އޮތް 3 މަސްވަހުގެ ތެރޭގައި މަޤާމާ ހަވާލުވުމަށްފަހު މަސައްކަތްތައް ވަގުތުން ފެށޭވަރަށް ތައްޔާރުވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ޢަބްދުﷲ ޝާހިދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު