Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާއިން ބޭރު ޤައުމުތަކަށް ވެކްސިން ހަދިޔާކުރު

ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒް އެމެރިކާއިން ޤައުމުތަކަށް ހަދިޔާކުރަނީ

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ލިސްޓުގައި ހިމެނޭ 92 ޤައުމު ހިމެނޭގޮތަށް 100 ޤައުމަކަށް ވެކްސިން ބަހާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 10 ޖޫން 2021 | ބުރާސްފަތި 02:44
ފައިޒަރ ވެކްސިން

ފައިޒަރ ވެކްސިން

ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒް އެމެރިކާއިން ޤައުމުތަކަށް ހަދިޔާކުރަން ނިންމާފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

ރޮއިޓާސްއިން މިކަމާ ގުޅޭ 3 މަސްދަރަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މިހާރު ވަނީ އެ ޤައުމުގައި އުފައްދާ ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒް، ވެކްސިންއަށް ބޭނުންވެފައިވާ 100 ޤައުމަކަށް ހަދިޔާކުރަން ނިންމާފައެވެ. މި ވެކްސިން ޑޯޒްތައް ހަދިޔާކުރާނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ހަމަހަމަ ސިޔާސަތަކުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން މި އަހަރު 200 މިލިއަން ޑޯޒް އަދި އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އިތުރު 300 މިލިއަން ޑޯޒް ހަދިޔާ ކުރާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާއިން ފައިޒާ ވެކްސިން ހަދިޔާކުރާ 100 ޤައުމުގެ ތެރޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ލިސްޓުގައި ހިމެނޭ 92 ޤައުމާއި، އެފްރިކާ ބައްރުގެ ޤައުމުތައް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. މި ވެކްސިން ހަދިޔާކުރާނީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިއު.އެޗް.އޯގެ ކޮވެކްސް ފެސިލިޓީއިން ކަމުގައިވާއިރު، މި ނިޒާމުގެ ދަށުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް ވެސް ވެކްސިން ފޯރުކޮށްދެވޭނެއެވެ. އެމެރިކާގެ މިނިންމުން ހުކުރު ދުވަހު އިނގިރޭސިވިލާތުގައި ފަށާ ޖީ7ގެ ޤައުމުތަކުގެ ސަމިޓުގައި އިއުލާންކުރާނެކަމަށް ރޮއިޓާސްއިން ވަނީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައެވެ.

އެމެރިކާއިން އިއުލާންކުރަން އުޅޭ މި ޑީލް ފައިނަލައިޒްކުރަން އުޅޭތާ 4 ހަފުތާވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ވައިޓްހައުސްގެ ކޮވިޑް-19 ރެސްޕޮންސް ކޯޑިނޭޓަރ ޖެފް ޒިއެންޓްސްއެވެ. އެހެންނަމަވެސް، މިހާތަނަށް އައިރު މިކަމާ ގުޅިގެން މީޑިއާތަކުން ކުރި އެއްވެސް ސުވާލަކަށް ވައިޓް ހައުސްއިން ވެސް އަދި ފައިޒާ ކުންފުނިން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް، އިނގިރޭސިވިލާތައް ފުރާވަޑައިގަތުމަށް އެއަރ ފޯސްއަށް ވަޑައިގެން މީޑިއާތަކާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ބައިޑަން ވަނީ ޖީ7ގެ ސަމިޓުގައި އެމެރިކާއިން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވެކްސިން ފޯރުކޮށްދޭން ނިންމާ ސްޓްރެޓަޖީ ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މިކަމުގެ އިތުރު ތަފުސީލެއް ދެއްވާފައެއް ނުވެއެވެ.

އެމެރިކާއިން އެހެން ޤައުމުތަކަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާއިރު، އެޤައުމުގެ އާބާދީގެ 64 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިމި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރިއަށްގެންދަމުންނެވެ. ބައިޑަންގެ ސަރުކާރުން ވަނީ ޖޫން މަސް ނިމުމުގެ ކުރިން އެ ޤައުމުން ދުނިޔޭގެ ޤައުމުތަކަށް 80 މިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދޭނެކަމަށް މީގެ ކުރިން ވެސް ވަޢުދުވެފައެވެ.

ފައިޒާ ވެކްސިންގެ 500 މިލިއަން ޑޯޒް އެމެރިކާއިން ޤައުމުތަކަށް ހަދިޔާކުރަން ނިންމާފައިވާކަމަށް ޚަބަރު ފެތުރިފައިވާއިރު، ފައިޒާ ކުންފުނިން ވަނީ އެ ކުންފުނީގެ މި އަހަރުގެ އަމާޒަކީ 3 ބިލިއަން ވެކްސިން ޑޯޒް އުފެއްދުންކަމަށް ބުނެފައެވެ. އަދި އަންނަ އަހަރު މި އަދަދު 4 ބިލިއަނަށް އިތުރުކުރަން ވެސް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ. ނިއު ޔޯކް ޓައިމްސްގައި ބުނެފައިވާގޮތުން އެމެރިކާގެ ސަރުކާރުން ހަދިޔާކުރާ ވެކްސިން ޑޯޒްތައް ފައިޒާ ކުންފުނީގެ އަތުން "ފައިދާ ނުލައި ގަންނަ އަގު" ނުވަތަ ވެކްސިން ވިއްކާ އެންމެ ހެޔޮ އަގުގައި ގަތުމަށް ވަނީ އެއްބަސްވެފައެވެ. އަދި ބައިޑަންގެ މި ނިންމުން ޖީ7ގައި އިއުލާންކުރައްވާއިރު، އެމަނިކުފާނާއެކު މި ސަމިޓްގައި މިކަން އިއުލާންކޮށް ފައިޒާ ކުންފުނީގެ ސީ.އީ.އޯ އަލްބާޓް ބައުލާ ވާހަކަދައްކަވާނެކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ގަންނަ 500 މިލިއަން ޑޯޒްއާއި އެމެރިކާއިން އެޤައުމުގެ ވެކްސިނޭޝަން ޕްރޮގްރާމްއަށް ގަނެފައިވާ 300 މިލިއަން ޑޯޒްއާއެކު އެ ޤައުމުން ފައިޒާ އަދި ބައޯ އެންޓެކްގެ އަތުން ގަތް ވެކްސިންއާއެކު ޖުމުލަ 800 މިލިއަން ޑޯޒަށް މިވަނީ އަރާފައެވެ.

އެމެރިކާޖޯ ބައިޑަންފައިޒަރ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު