Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްރުކޮށްގެން ކުރިޔަށްގެންދިޔަ ބައްދަލުވުން

ސިއްރުކޮށްގެން ކުރިޔަށްގެންދިޔަ އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ލީކުވި މައްސަލަ ބަލަނީ

9 ޖޫން 2021 | ބުދަ 20:25

ސިއްރު ކޮމިޓީގެ ބައްދަލުވުން ލީކުވި މައްސަލަ ބެލުމަށް ކޮމިޓީ ތެރެއިން ސަބްކޮމިޓީއެއް ނެގުމަށް ވަނީ ފާސްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2021 | ބުދަ 20:25
އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ ބެލި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނިކޮށް އެބައްދަލުވުމުގެ ތަފްސީލުތައް ލީކުކޮށްލާފައިވާތީ އެކަން ބެލުމަށް އެކޮމިޓީން ފާސްކޮށްފިއެވެ.

ޒަމީލް، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ފޮނުއްވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ބޭއްވުމަށް ތާވަލްކުރިއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ކުރިޔަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

މިބައްދަލުވުމުގައި މި މައްސަލަ ކޮމިޓީން ބަލާނެ ތަނެއްނެތް ކަމަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުހައްމަދު ނާޒިމެވެ. ނާޒިމްގެ މި ހުށަހެޅުއްވުން ފާސްވެފައިވަނީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ ވެސް އެކުއެވެ. މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ވޯޓު ދެއްވާފައިވާ އެމްޑީޕީގެ މެމްބަރުންނަކީ ގަމު ދާއިރާގެ އެމްޑީޕީ މެމްމަަބަރ މުހައްމަދު ވިސާމް، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރ ހުސައިން ވަހީދު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ އަބްދުﷲ ސަނީފް، މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަލީ ރިޒާއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށް މިމެމްބަރުން ވޯޓު ދެއްވިކަން ސޯޝަލް މީޑިޔާއަށް ލީކުވުމާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް މައްސަލަ ހޫނުވެ މިމެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް އަމާޒުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.

ބުދަ ދުވަހު އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ފެށިއިރު އެޖެންޑާގައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން އަށް މީދޫ ދާއިރާގެ މެމްބަރ މުހައްމަދު ސިޔާމް މުހައްމަދު އިންޒާރުދިން މައްސަލައެވެ. ނަމަވެސް ކޮމިޓީ ބައްދަލުވުން ފެށުމާއެކު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސަނީފް ވަނީ ހިސާން މައްސަލައިގެ ކުރިން ކޮމިޓީގެ ސިއްރުތައް ލީކުވި މައްސަލަ ބެލުމަށް ހުށަހަޅާފައެވެ. ސަނީފް ވިދާޅުވީ ސިއްރުކޮށްގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ޗެޓް ލޮގް ސޯޝަލް މީޑިޔާއަށް ލީކުކޮށްލުމުގެ ސަބަބުން ބައެއް މެމްބަރުންގެ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަންތައްތައް ހުރިކަމަށެވެ. އެފަދަ އިންޒާރުގެ މެސެޖްތައް މެމްބަރުންނަށް ލިބިވަޑައިގަންނަވާފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީން އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ މިކަން ބެލުން ކަމަށް ސަނީފް ވިދާޅުވިއެވެ.

ކޮމިޓީގެ ޗެޓް ލޮގް ލީކުކޮށްލީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކަށްވާއިރު މިފަދަ ކަންކަން ކުރިޔަށް އޮތްތަނުގައިވެސް ތަކުރާރުވިޔަ ނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ސަނީފް އެދިވަޑައިގެންނެވިއެވެ. މިކަމާއި ގުޅިގެން ކޮމިޓީގައި މެމްބަރުން ބަހުސްކުރެއްވުމަށްފަހު ދެ ހުށަހެޅުމެއް ހުށަހެޅިގެންދިޔައެވެ.

ފުރަތަމަ ހުށަހެޅުމަކީ ސިއްރު ކޮމިޓީ ބައްދަލުވުމުގައި ކަންކަން ހިނގާދިޔަ ގޮތް މީޑިޔާއަށް ކޮމިޓީން ސާފުކޮށްދިނުމެވެ. އެގޮތަކީ ނެގުނު ވޯޓާއި ކޮމިޓީގައި ކުރިޔަށްދިޔަ ކަންތައްތަކަކީ 241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް ހުރަސް އެޅުމަށް ކުރި ކަމެއް ނޫންކަން ސާފުކޮށްދިނުމަށެވެ. އެކަން ސާފުކޮށްދިނުމުގެ ގޮތުން ކޮމިޓީގެ މުގައްރިރު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފް ނޫސްވެރިންނާ ބައްދަލުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެއަށްފަހު ދެން ހުށަހެޅުނީ ސިއްރު ކޮމިޓީގެ ބައްދަލުވުން ލީކުވި މައްސަލަ ބެލުމަށް ކޮމިޓީ ތެރެއިން ސަބްކޮމިޓީއެއް ނަގައިގެން ބެލުމަށެވެ. މިދެ ހުށަހެޅުން ވެސް ވަނީ ފާސްވެފައެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
22 އޮކްޓޯބަރު 2025

ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!

22 އޮކްޓޯބަރު 2025
ޤާނޫނީ ޒިންމާ އެއް އަދާ ކުރުމަށް ވަޑައިގެން ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކޯފާވެ މެމްބަރުންނަށް ޖަވާބު ދެއްވުމަކީ ހަޑިހުތުރު އަމަލެއް!
21 އޮކްޓޯބަރު 2025

ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!

21 އޮކްޓޯބަރު 2025
ރާއްޖޭގައި ލޭ ހޯދުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން ޕީއެންސީ މެންބަރުން ދެކޮޅު!
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
07 އޮކްޓޯބަރު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު

07 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓާގުޅިގެން ސުވާލުކުރިތާ 2 މަސްފަހުން އިހުސާންގެ ޖަވާބު އިއްވުން ބުދަ ދުވަހު
06 އޮކްޓޯބަރު 2025

ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް

06 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގައި އިންސާފު ނުލިބި، ޕަބްލިކް އޯޑަރ ގާއިމް ނުވާނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް