Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރުކޮޅުފުށި ތަރައްގީ ކުރުން

ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅީ މުޢިއްޒުގެ ވަޒީރުކަމުގައި

ދަތުރުދިއުމަށް ފަރުކޮޅުފުށި ހަމަޖައްސަން ނިންމާފައިވާ ކަމަށް މުޢިއްޒު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖޫން 2021 | ބުދަ 18:29
ފަރުކޮޅުފުށި

ފަރުކޮޅުފުށި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަރުކޮޅުފުށި ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއްގެ ގޮތުގައި ކަނޑައެޅީ ހައުސިން މިނިސްޓްރީގެ ވަޒީރުކަމުގައި ހުންނަވައިގެން ޑރ މުޙައްމަދު މުޢިއްޒުކަން ހާމަވެއްޖެއެވެ.

މާލެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް ޚާއްސަ ތަނެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅިގެން، ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލް އަޙުމަދު އުޝާމް ވިދާޅުވީ މުޢިއްޒުގެ ވަޒީރުކަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓްރީއެއް ހެދުމަށްފަހު، ފަރުކޮޅުފުށި ހިމެނޭގޮތަށް ހުޅުމާލޭގެ ފޭސް-2 ގެ ބިން އަމިއްލަ ބިމެއްގެ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް މިލްކު ކޮށްދީފައިވާ ކަމަށެވެ.

ފަރުކޮޅުފުއްޓެއް މިހާރު ނޯންނާނެކަން ފާހަގަކުރައްވައި މެމްބަރު އުޝާމް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް އެންމެ ރަގަޅަށް އެނގެންވާނެ އެއްބޭފުޅަކީ މުޢިއްޒު ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް މުޢިއްޒު އިންތިޚާބުވުމާއެކު، ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުން މިމަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުޢިއްޒު ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް ފަރުކޮޅުފުށި ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އެއީ ސިޓީ ކައުންސިލްގެ އިޚްތިސާސް ހިނގާ ތަނެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ފަރުކޮޅުފުށި މިހާރު ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

ފަރުކޮޅުފުށި ދަތުރުދިއުމަށް ހަމަޖައްސާފައިވާކަން މޭޔަރު މުޢިއްޒު އިއުލާނުކުރުމާ ގުޅިގެން އެޗްޑީސީން ބުނީ އެކަން ސަރުކާރުގެ އެއްވެސް ފަރާތަކުން ހިއްސާކޮށްފައިނުވާ ކަމަށާއި، ދަތުރުދިއުމަށް އެތަން ޚާއްސަކުރިކަން އެނގުނީ ވެސް މީޑިއާތަކުން ކަަމަށެވެ.

އެޗްޑީސީން ބުނީ ފަރުކޮޅުފުއްޓަކީ މިހާރު ވަކި ރަށެއް ނޫން ކަމަށާއި، އެއީ ހުޅުމާލެ ދެ ވަނަ ފޭސްގެ ބައެއް ކަމަށެވެ. އަދި އެޗްޑީސީގެ ޕްލޭނަކީ ހެރިޓޭޖް އައިލެންޑެއްގެ ގޮތުގައި ފަރުކޮޅުފުށި ތަރައްގީކުރުން ކަމަށާއި، އެމަސައްކަތްތައް މިހާރު ވެސް ކުރެވެމުންދާ ކަމަށެވެ.

ފަރުކޮޅުފުށިޑރ. މުހައްމަދު މުއިއްޒުމުއިއްޒުހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންޕިކްނިކް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު