Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ސަރުކާރުން ކަންކުރަމުންދިޔަ ގޮތްތައް

މިސަރުކާރުން މީޑިޔާތަކަށް ހުރަސްއަޅާ ކަމަށް ބުނާއިރު މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ޕްރެސްތަކަށް ރާއްޖެޓީވީ އަށް ނުވަދެވުނު- މުޙައްމަދު ޢަބްދުﷲ ޝަފީޤް

9 ޖޫން 2021 | ބުދަ 16:30

ރާއްޖެޓީވީއަށް ޕްރެސްތަކަށް ނުވަދެވޭނެކަމަށް ބުނެ ރައީސް އޮފީހުން ބަޔާނެއް ނެރުނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2021 | ބުދަ 16:30
ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤް

ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤް

މިސަރުކާރުން ނޫސްވެރިންނަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ފާޑުކިޔަމުންދާއިރު، ނިމިގެން ދިޔަ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރައީސް އޮފީހުގައި ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކަށް ރާއްޖެ ޓީވީއަށް ނުވަދެވިގެންވެސް އުޅެންޖެހުނު ކަމަށް ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައެއް މީޑިޔާތަކަށް ސުވާލުކުރުމުގެ ފުރުސަތު ނުލިބުމުން، ސަރުކާރުން މީޑިޔާތަކަށް ހުރަސްއަަޅަނީ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ. އެބައްދަލުވުން ފެށުމުގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީ ސުވާލުކުރުމުގެ ފުރުސަތު ދިނުމުގައި، ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެފުރުސަތު ނުލިބޭ މީޑިޔާތަކަށް އިސްކަންދޭނެކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މިސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ނޫސްވެރިންނަށް ފުރުސަތު ނުދޭކަމަށް ބުނެ އެވާހަކަ ދައްކަމުން ދިޔަނަމަވެސް، ނޫސްވެރިން ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު މިއަދު ލިބިފައިވާކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއަށް އިންސާފުލިބޭނީ ޕީޕީއެމް ސަރުކާރެއްގައި ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ޝަފީގް ވަނީ އެކަމަށްވެސް ރައްދުދެއްވާފައެވެ. އެގޮތުން 2012 ވަނަ އަހަރު އަވަހަރާކޮށްލި ޑރ އަފްރާޝީމް ޢަލީ އާއި، 2014 ވަނަ އަހަރު ވަގަށްނެގި ރިޟްވާން، އަދި 2017 ވަނަ އަހަރު މަރާލި ޔާމީން ރަޝީދުގެ މަރަށް އެސަރުކާރުގައި އިންސާފު ހޯދައިދެވުނުތޯ މެމްބަރު ސުވާލުކުރެއްވިއެވެ.

މީގެއިތުރުން އެސަރުކާރުގައި ރައީސް ނަޝީދަށް ހުކުމް އިއްވުމަށް ކޯޓުތަކުން ކަންކަން ކުރިގޮތަށްވެސް ޝަފީގް އިޝާރާތްކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް