Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރަކު ހޮވުން

ޑެޕިއުޓީ މޭޔަރގެ އިންތިޚާބަށް އެންމެ ވޯޓު ކަރުދާހެއް ދޫކުރަން ކައުންސިލުން ފާހެއް ނުވި

9 ޖޫން 2021 | ބުދަ 05:33

އެމްޑީޕީގެ މައިގަނޑު ފޯކަސް އޮތީ ޑެޕިއުޓީ މޭޔަރ އައްޔަންކުރުމުގެ ކަންކަމަށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 9 ޖޫން 2021 | ބުދަ 05:33
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އައްޔަންކުރުމަށް ނަގާ ވޯޓުގައި ކޮންމެ މެމްބަރަކަށް ވެސް އެއް ވޯޓު ކަރުދާސް ދޫކުރަން ކައުންސިލުން ފާހެއް ނުވިއެވެ.

ކައުންސިލް ބައްދަލުވުމަށް ހުށަހެޅި އިސްލާހުތަކާއި، ފާސްވިކަންކަން އަދި ފާސްނުވާ ކަންކަން ވެސް ވަނީ އާންމުކޮށްފައެވެ. އެމް.ޑީ.ޕީގެ މައިގަނޑު ފޯކަސް އޮތީ ޑެޕިއުޓީ މޭޔަރ އައްޔަންކުރުމުގެ ކަންކަމަށެވެ. އެގޮތުން ޑެޕިއުޓީ މޭޔަރގެ މަގާމާ ގުޅިގެން، އެމްޑީޕީން ހުށަހެޅި ގިނަ އިސްލާހުތައް ވަނީ ފާސްވެފައެވެ. އެމްޑީޕީން ބުނީ އެ ޕާޓީން ހުށަހެޅި ކަންތައްތަކަކީ ވޯޓުގެ ސިއްރުކަން ޔަގީންކޮށް، ވޯޓު ގަތުމުގެ ފުރުސަތު ކުޑަކުރުމަށް ހުށަހެޅި ކަންތައްތަކެއް ކަމަށެވެ.

Advertisement - newsAdvertisement

އެ ޕާޓީން ވަނީ ޑެޕިއުޓީ މޭޔަރ އައްޔަންކުރުމަށް ވޯޓު ކަރުދާސް ޗާޕުކޮށް ސިއްރު ވޯޓެއް ނެގުމަށް ހުށަހަޅާފައެވެ. އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް އެދޭ ފަރާތްތައް ނަން ހުށަހަޅާ ނިމުމުން ހުރިހާ ނަމެއް ހިމެނޭ ގޮތުން ވޯޓު ކަރުދާހެއް ޗާޕުކުރަން ވަނީ ފާސްވެފައެވެ.

އެ ޕާޓީން ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރ ކަމަށް ކައުންސިލަރަކު ހޮވާނީ އެކަމަށް ބާއްވާ ކައުންސިލްގެ ރަސްމީ ޖަލްސާގައި ސިއްރު ވޯޓަކުން ކަމަށް ހުށަހެޅި ހުށަހެޅުން ވެސް ފާސްވެފައިވެއެވެ. ވޯޓު ލުމަށް ވޯޓު ކަރުދާސް ހަދައި ކޮންމެ ކައުންސިލަރަކު ވެސް ވޯޓު ލުމަށް ކަރުދާހުގައި ލިސްޓުކޮށްފައިވާ ނަންތަކުގެ ތެރެއިން އެމީހަކަށް ފެންނަ ނަމާ ދިމާވާ ގޮޅީގައި ރަނގަޅު ފާހަގަ ޖަހަން ޖެހޭގޮތަށް ކަނޑައަޅާފައިވާއިރު، ކޮންމެ މެމްބަރަކު ވެސް ވޯޓު ލާން ޖެހޭނީ އެމީހަކު އަމިއްލަޔަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެކަމަކު އެ ޕާޓީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރ އިންތިޚާބުކުރުމަށް ނަގާ ވޯޓުގައި ކޮންމެ ކައުންސިލަރަކަށް ވެސް އެއް ވޯޓު ކަރުދާސް ދިނުމަށް ހުށަހެޅި ހުށަހެޅުން ވަނީ ބާތިލްވެފައެވެ.

މީގެ އިތުރަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ޖެހޭނީ އެކަމަށް ހާއްސަކުރެވިފައިވާ ގަލަމުން ކަމަށާއި، އާންމު އިންތިޚާބީ އުސޫލުތަކުގައި ވެސް ވާގޮތަށް އެ އިންތިހާޚާބުގައި ވެސް ކެމެރާ ނުވަތަ ފޯނަކުން ވެސް ފޮޓޯ ނަގައި މަންޒަރާއި އަޑު ރިކޯޑުކުރުން މަނާކުރުމަށް ވެސް ކަނޑައަޅާފައިވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށް ފަހު ކައުންސިލަރުން އިންތިޚާބުކޮށްފައިވާއިރު، އެހެން އަހަރުތަކާ ޚިލާފަށް މި ފަހަރު މޭޔަރ ކަނޑައަޅާފައިވަނީ އާންމު ރައްޔިތުންގެ ވޯޓަކުންނެވެ. މިފަހަރު ކައުންސިލަރުންނަށް އޮތީ ޑެޕިއުޓީ މޭޔަރަކު ހޮވުމެވެ. ކައުންސިލްތައް އުފެދުނީއްސުރެއް އެމްޑީޕީ ނޫން ޕާޓީއެއްގެ ބޭފުޅަކަށް މާލެ ސިޓީގެ މޭޔަރުކަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މޭޔަރުގެ މާގާމަށް އިންތިހާބުވެފައިވަނީ ޑރ. މުހައްމަދު މުއިއްޒެވެ. މާލެ ސިޓީގެ 19 ކައުންސިލް މެމްބަރުންގެ ތެރޭގައި މެޖޯރިޓީ އޮތީ ވެސް ޕީޕިއެމް އަށެވެ. އެހެންވެ ޑެޕިއުޓީ މޭޔަރ ކަމަށް އޮންނަ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް