Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެން ޑަ ބީކަށް އަނިޔާވުން

އަނިޔާގެ ސަބަބުން ވެން ޑަ ބީކަށް ޔޫރޯގައި ނުކުޅެވޭނެ

ސްކޮޓްލެންޑާއި ޖިއޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ކުޅެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 22:03
ނެދަލެންޑްސް މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

ނެދަލެންޑްސް މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް

އަނިޔާގެ ސަބަބުން އަންނަ ހުކުރު ދުވަހުގެރޭ ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސް މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކަށް ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

ނެދަލެންޑްސް ފުޓްބޯޅަ ފެޑެރޭޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 24 އަހަރުގެ ވެން ޑަ ބީކް އަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން ޔޫރޯ ފެށެންވާއިރަށް އޭނާ އެއްކޮށް ފިޓްނުވާނެ ކަމަށް ފެންނާތީ، ޔޫރޯގެ ސްކޮޑުން ވެން ޑަ ބީކް ބާކީކޮށްފައިވާ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވެން ޑަ ބީކުގެ ކުޑަ ހުޅާއި މަސްގަނޑަށް ވަނީ އަނިޔާވެފައެވެ. އަދި އެ އަނިޔާތަކާ ގުޅިގެން ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ނެދަލެންޑްސްއިން މި ފަހުން ސްކޮޓްލެންޑާއި ޖިއޯޖިއާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ.

އަނިޔާއާ ގުޅިގެން ވެން ޑަ ބީކަށް މި ފަހަރުގެ ޔޫރޯ ގެއްލޭއިރު، އޭނާ އެންމެ ފަހުން ނެދަލެންޑްސްގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ޔޫރޯގެ ސްކޮޑުން ވެން ޑަ ބީކް ބާކީކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ވަނީ ވެން ޑަ ބީކުގެ ބަދަލުގައި 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑުގައި އިތުރު ކުޅުންތެރިއަކު ނުހިމަނަށް ނިންމާފައެވެ.

މި ފަހަރުގެ ޔޫރޯއިން ވެން ޑަ ބީކަށް ފުރުސަތު ގެއްލޭއިރު، ޔޫރޯއާ ނެދަލެންޑްސް ކުރިމަތިލާނީ ލިވަޕޫލަށް ކުޅެމުން އަންނަ އެ ގައުމުގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކުވެސް ނުލައެވެ. ޔޫރޯއަށް އެކުލަވާލި ނެދަލެންޑްސްގެ ސްކޮޑުގައި އެ ގައުމުގެ ކެޕްޓަން އުމުރުން 29 އަހަރުގެ ވެން ޑައިކް ނުހިމަނަށް މީގެ ކުރިން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެންނެވެ.

މި ފަހަރުގެ ޔޫރޯގެ ގްރޫޕް ސީ ގައި ނެދަލެންޑްސް ހިމެނޭއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާ، ނޯތު މެސެޑޯނިއާ އަދި ޔޫކްރޭނެވެ. ޔޫރޯގައި ނެދަލެންޑްސްއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެރޭ ނުކުންނާނީ ޔޫކްރޭނާ ދެކޮޅަށެވެ.

ޑޮނީ ވެން ޑަ ބީކްނެދަލެންޑްސްޔުއެފާ ޔޫރޯޔޫރޯ 2020

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު