Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒާ ވެކްސިންގެ ޓެސްޓު ފުޅާކުރުން

ފައިޒާ ވެކްސިން 12 އަހަރުން ދަށުގެ ކުދިންނަށް ޓެސްޓް ކުރަނީ

9 ޖޫން 2021 | ބުދަ 02:24

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ޓެސްޓްތައް ފަށަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ޖޫން 2021 | ބުދަ 02:24
އިމަރޖެންސީ ހާލަތުގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ބައެއް ގައުމުތަކުގައި ދިނުމުގެ ހުއްދަ ދީފައިވޭ

އިމަރޖެންސީ ހާލަތުގައި 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ބައެއް ގައުމުތަކުގައި ދިނުމުގެ ހުއްދަ ދީފައިވޭ

ފައިޒާ ވެކްސިން 12 އަހަރުން ދަށުގެ ކުދިންނަށް ޓެސްޓް ކުރަން ނިންމައިފިއެވެ.

ޓެސްޓްގެ ފުރަތަމަ މަރުހަލާގައި ޑޯޒް ދަށްކޮށް ޓެސްޓްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ޓެސްޓް ތަކުގައި 4،500 ކުދިން ބައިވެރިވާނެ ކަމަށާއި، ފިންލެންޑް ،ޕޮލޭންޑް އަދި ސްޕެއިންގެ 90 ށް ވުރެ ގިނަ ކްލިނިކްތަކުގައި ޓެސްޓްތައް ކުރިއަށް ގެންދިޔުމަށްވަނީ ނިންމާފައެވެެ.

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން، އިމަރޖެންސީގައި ބޭނުންކުރުމުގެ ހުއްދަ ބައެއް ގައުމުތަކުން ވަނީ ދީފައެެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ އަދި އީޔުގެ ގައުމުތައް ހިމެނެއެވެ. އެމީހުންނަށް ދެނީ، ބޮޑެތި މީހުންނާ އެއްވަރެއްގެ ޑޯޒެކެވެ. އެއީ 30 މައިކްރޯގްރާމެވެ.

އަލަށް ފަށާ ޓެސްޓް ކުރިއަށްގެންދާނީ އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންނަށެވެ. ފަށައިގަންނައިރު 144 ކުދިންނަށް ދެ ޑޯޒް ފުރިހަމަ ކުރާނެއެވެ. އެކުދިންގެ ނަތީޖާއަށް ބަލައި، ޓެސްޓް އިތުރަށް ކުރިއަށް ގެންދާނެއެވެ. މި އުމުރުފުރައިގެން ކުދިންނަށް ދޭ ވެކްސިންގެ ޑޯޒޭޖަކީ 10 މައިކްރޯގްރާމެވެ. އަދި ހަމަހާ 5 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ޓެސްޓްތައް ފެށުމަށް ވަނީ ނިންމާފައެވެ. އެ އުމުރުފުރާއަށް ދޭނީ 3 މައިކްރޯގްރާމްގެ ޑޯޒެވެ.

ބައޯޓެކުން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެތެރޭގައި މި ޓެސްޓްތަކުގެ ނަތީޖާ ލިބި އޭގެ އެއްމަސް ފަހުން އިމަރޖެންސީ ހާލަތުގައި ވެކްސިން ބޭނުން ކުރުމުގެ ހުއްދައަށް އެދޭނެ ކަމަށެވެ. 6 މަހާއި 2 އަހަރާ ދެމެދުގެ އުމުރުފުރއިގެ ނަތީޖާތައް އެންމެ ލަސްވެގެން ނޮވެމްބަރަށް ލިބޭނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

ފައިޒަރޑަބްލިޔުއެޗްއޯކޮވިޑް-19ކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް