Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯއަށް ޕްރޮޖެކްޓަރު ދޫކުރުން

ޔޫރޯއަށް ކުޅިވަރާ ބެހޭ ވުޒާރާއިން ޕްރޮޖެކްޓަރު ދޫކުރަނީ

މައިލޯ ޔޫރޯ ފޯރި ގެނެސްދެނީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 11:10
މައިލޯ ޔޫރޯ ފޯރިީގެ ޕާޓްނަރުންގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

މައިލޯ ޔޫރޯ ފޯރިީގެ ޕާޓްނަރުންގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

އަންނަ ހުކުރު ދުވަހުގެރޭ ފަށާ ޔޫރޯ 2020 އާ ދިމާކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ޕްރޮޖެކްޓަރު ދޫކުރަން ނިންމައިފިއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯގެ ރާއްޖޭގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރުކަން ރާއްޖެޓީވީން ނަގާފައިވާއިރު، މި މުބާރާތަށް ރާއްޖެޓީވީން "މައިލޯ ޔޫރޯ ފޯރި" ގެ ނަމުގައި ހާއްސަ ޝޯތަކެއް ގެނެސްދޭނެއެވެ. އެ ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަން ލިބިގެންދާނެއެވެ.

އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯއާ ދިމާކޮށް ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރުތަކެއް، އެ ވުޒާރާގެ ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން އެ ޕްރޮޖެކްޓަރުތައް ހޯދުމަށް ބޭނުންވާ ކުލަބު ޖަމުއިއްޔާތަކުން މި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން bureau@youth.gov.mv އަށް އީމެއިލް ފޮނުވުމަށް ވަނީ އެދެފައެވެ.

ކުރިއަށް ޔޫރޯއަށް ރާއްޖެޓީވީން ފެންވަރު ރަނގަޅު ކަވަރޭޖެއް ގެނައުމަށް މަސައްކަތްކުރަމުން އަންނައިރު، މި ކަވަރޭޖުގައި ރާއްޖޭގެ ތަޖުރިބާކާރު އެނަލިސްޓުން ހަރަކާތްތެރިވާނެއެވެ. އެ އެނެލިސްޓުންނަކީ ތަޖުރިބާކާރު ކޯޗު އަދި މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެހުރި މުޙައްމަދު ޝިޔާޒް (މޯހަން) އާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި، ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދު އާއި، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އަދި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) ގެ އިތުރުން ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކުޅިވަރު އެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އިމާދު ލަތީފެވެ.

މީގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާއެކު ޔޫރޯއަށް ރާއްޖެޓީީން ގެނެސްދޭ ކަވަރޭޖަށް ސްޕޮންސަރުން ކަނޑައަޅާފައިވާއިރު، މައިލޯ ޔޫރޯ ފޯރި ޝޯގެ ޓައިޓަލް ސްޕޮންސަރަކީ މައިލޯއެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި، ފެނަކަ އާއި، ޕިއްޒާ ބޯނާ އަދި ބީއެޗްއެމްއެވެ.

އަދި ޝޯގެ ޑިޖިޓަލް ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނިކަމަށްވާ ދިރާގެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ މި ޝޯގެ އޮފިޝަލް ބޭންކިން ޕާޓްނަރެވެ. މީގެ އިތުރުން ޝޯގެ އޮފިޝަލް އިންޓީރިއާ ޕާޓްނަރަކީ ޕްރޮކްސީއެވެ. އަދި އޮފިޝަލް ކޭޓަރިން ޕާޓްނާ އަކީ ޗީބޯއެވެ.

ކުޅިވަރާ ބެހޭ ވުޒާރާޔުއެފާ ޔޫރޯޔޫރޯ 2020މައިލޯ ޔޫރޯ ފޯރި

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު