Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑްގެ ދެވަނަ ޑޯޒު، ފުރަތަމަ ޑޯޒު ޖެހިތާ ހަމަސް ތެރޭގައި ޖެހޭނެ: އެޗްޕީއޭ

ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެސްޓްރަޒެނެކާ ވެކްސިން ހޯދަން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 11:01
ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިން

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ގެނެސް ބޭނުންކޮށްފައިވަނީ އެސްޓްރަޒެނެކާގެ ފޯމިއުލާއަށް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. އެކަމަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް ދެވަނަ ޑޯޒު ހަމަ ނުވަނީސް ވެކްސިން ވަނީ ހުސްވެފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މި ވެކްސިން ބޭނުންކުރަމުން އަންނައިރު ވެކްސިން ލިބުން ދަތިވެފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ދިރާސާތައް ހަދައި ލަފާ ނެރެފައިވާ ކަމަށެވެ. އެ ލަފާގައިވާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ ހަ މަސް ދުވަހުގެ ތެރޭގައި ދެވަނަ ޑޯޒު ޖެހެއެވެ. އެހެންކަމުން ރާއްޖޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވެސް ވަނީ ހަމަސް ތެރޭގައި ކޮވިޝީލް ވެކްސިން ޖެހޭ ގޮތަށް ކަނޑައަޅާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިން އެންމެ ފުރަތަމަ ރާއްޖޭގައި ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. އޭރު ކަނޑައަޅާފައިވާގޮތުން ދެވަނަ ޑޯޒު ޖަހަން ޖެހެނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާތާ 4 ހަފުތާ އާއި 8 ހަފުތާއާ ދެމެދުގައެވެ. ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު މާޗް މަހު ޖަހަން ފެށިއެވެ. އެހެންނަމަވެސް މެއި މަސްތެރޭގައި ވެކްސިން ހުސްވާން ގާތްވެފައިވާތީ، ދެވަނަ ޑޯޒު ދިނުން ހުއްޓާލައި ވަކި އުސޫލެއްގެ ތެރެއިން ނޫނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ނުޖަހާ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އަދިވެސް ދެވަނަ ޑޯޒު ޖަހަން ޖެހޭ، އެހެންނަމަވެސް ދެވަނަ ޑޯޒު ނުޖަހާ ލައްކައެއްހާ މީހުން އެބަތިއްބެވެ.

ރާއްޖެއަށް އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހަދިޔާކުރި އިރު އެ ގައުމުން އެންމެ ފުރަތަމަ ވެކްސިން ހަދިޔާކުރި ގައުމަކީ ވެސް ރާއްޖެއެވެ. ދެވަނަ ޑޯޒު ވެސް އެންމެނަށް ހަމަވާ ވަރަށް ދޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދިން ނަމަވެސް އެ ގައުމުގެ ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ވެކްސިން އުފެއްދުމާއި ގައުމު ތެރޭގައި ވެކްސިން ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ވަނީ ދިމާވެފައެވެ. އޭގެ ސަބަބުން ރާއްޖެއަށް ވެސް ކޮވިޝީލްޑް ވެކްސިން ލިބޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެފައިވާއިރު މިހާރު މަސައްކަތްކުރަމުން އަންނަނީ ހަމަ އެ ފޯމިއުލާގެ އެސްޓްރަޒެނެކާ ވެކްސިން ހޯދާށެވެ. އެކަމަކު އެ ވެކްސިން ވެސް ލިބޭނެ ވަކި ދުވަހެއް ޔަގީން ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮވިޑް-19 ވެކްސިންކޮވިޝީލްޑް ވެކްސިންއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު