Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއަހަރީ އާންމު ޖަލްސާ ފަސްކުރުން

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓަރ ކުރަން ޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖޫން 2021 | އަންގާރަ 06:03
އެމްޓީސީސީ ޓަވަރ

އެމްޓީސީސީ ޓަވަރ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ. މި ޖަލްސާ އޮންނާނީ މި މަހުގެ 20 ވާ ޢާދިއްތަ ދުވަހުގެ މެންދުރު 13:00 ގައެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓަރ ކުރަން ޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ ކުރިން އެމްޓީސީސީން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ. އޭރު ކުންފުނީގެ ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ އެންމެފަހު ތާރީޚަކީ 31 މެއި ކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ ޚާއްސަ ޖަލްސާ މެއި 16 ވަނަ ދުވަހު ބޭއްވުމާ ގުޅިގެން ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކު އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާއަކަށް ތިން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވާއިރު އެމްޓީސީސީއަށް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކުންފުނީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާ އަޅާބަލާއިރު %40.16 އިތުރު އަދަދެކެވެ.

މާލީ ހިސާބުގެ ތަފްސީލަށް ބަލާއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ޖުމުލަ 423.12 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ލިބިފައިވަނީ 353.53 މިލިއަން ރުފިޔާއެވެ.

2021 ވަނަ އަހަރު ވިޔަފާރި ކޮށްގެން 82.31 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނު އިރު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ، 72.44 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރު، ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 61.67 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރެކޯޑު ކޮށްފައިވާއިރު، 2020 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނުކަމަށް ރެކޯޑު ކޮށްފައިވަނީ، 52.98 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާ އެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 67.7 ރުފިޔާއަށް އަރާފައެވެ.

ކޮވިޑް-19 ގެ ހާލަތަށް ބަލައި ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މި ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަން މާލީ ނަތިޖާއިން ފެންނަން އޮތްކަމަށް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމްޓީސީސީއަކީ އެ ކުންފުނިން މަޝްރޫއުތައް ހިންގަމުންދާ ރަށްރަށުގައި އިޖުތިމާއީ ޒިންމާގެ ދަށުން އެކި ޕްރޮޖެކްޓްތައް ހިންގާ ކުންފުންޏެކެވެ. އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު ފާއިތުވި އަހަރު އެކުންފުނިން ކުރި 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެމްޓީސީސީ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު