Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އުއްތަމަފަނޑިޔާރަށް ޚާއްސަ ގެއެއް ދައުލަތުން ހަމަޖައްސަންވާނެ ކަމަށް ބަޔާންކުރާ ބިލް ހުށަހަޅައި، ބަހުސް ފަށައިފި

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 07:37
މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު

މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު

އުއްތަމަފަނޑިޔާރު ދިރިއުޅުމަށްޓަކައި ޚާއްސަކުރެވޭ ވަކި ގެއެއް ދައުލަތުން ހަމަޖައްސައި ދިނުމަށާއި އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައި، ބަހުސްފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރެވެ. ބިލް ހުށަހަޅުއްވަމުން ޒަރީރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުމުގެ ބޭނުމަކީ އުއްތަމަފަނޑިޔާރަށް ދައުލަތުން ދެމުންގެންދާ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުންކަމަށެވެ. ޒަރީރު ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަށްފަހު މިފަދަ ބިލެއްގެ މުހިންމުކަން ބޮޑުވެފައިވާކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ފާސްކުރެވުނު އައު ގާނޫނު އަސާސީގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ގާއިމުކުރެވިފައިވާއިރު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރުކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމަށްވާއިރު މިއިސްލާހުގެ މައިގަނޑު ބޭނުމަކީ އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގެއެއް ހަމަޖައްސައިދިނުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފަނޑިޔާރުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓާނީ ސިފައިންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކަމަށެވެ.

މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލްގައި 13 ވަނަ މާއްދާ ގެ (ހ) އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އުއްތަމަ ފަނޑިޔާރަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށެވެ.

މީގެއިތުރުން މިބިލަށް ވަނީ މާއްދާއެއް އިތުރުކުރުމަށް ވެސް ހުށަހަޅާފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ދިރިއުޅޭނެ ރަސްމީގެ ނަމުގައި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

އިތުރުކުރި މާއްދާގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖަައްސައިދޭންވާނެ ކަމަށެވެ. އަދި ރަސްމީ ގެއަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމުގައިވާންވާނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ރަސްމީ ގެއަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސަންވާނީ ސްޕްރީމް ކޯޓުން ކަމަށް މިހާރު ހުށަހަޅާފައިވާ ބިލްގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާކަމަށް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި އެކުގައި ދިރިއުޅޭ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންނާއި މަންމައިންނާއި ބައްޕައިން ކަމަށް ބިލްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްފަނޑިޔާރުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު