Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - އޭޝިއަން ކޮލިފައިން

ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނަ ސީރިއާއަށް

ސީރިއާ ވަނީ އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ޖޫން 2021 | އަންގާރަ 05:39
ސީރިއާ އާއި ގުއާމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސީރިއާ މޮޅުވީ 3-0 ން

ސީރިއާ އާއި ގުއާމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސީރިއާ މޮޅުވީ 3-0 ން

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނަ ސީރިއާއިން ކަށަވަރުކޮށްފިއެވެ.

ސީރިއާއިން އެއްވަނަ ކަށަވަރުކޮށް، އޭޝިއަން ކަޕުން ޖާގައެއް ހޯދީ ހޯމަ ދުވަހުގެރޭ ގުއާމް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މީގެ ކުރިން ގްރޫޕް އޭގެ މެޗުތައް ސެންޓަރަލައިޒްކޮށްގެން ޗައިނާގައި ކުޅެން ތާވަލުކުރި ނަމަވެސް، މިހާރު މެޗުތައް ކުރިއަށްދަނީ ދުބާއީގައެވެ. ހޯމަ ދުވަހުގެރޭ ދުބާއީގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި ސީރިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، ސީރިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މަރްދީގް މަރްދިގިއަންއެވެ. ދެން އެ ޓީމުން މި މެޗުގައި ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މަހުމޫދު އަލް-މަވާސްއެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިންވެސް އަމާޒުހިފާފައިވާއިރު، 2023 ވަނަ އަހަރު ބާއްވާ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބޭނީ ތާވަލުގެ ކުރީގައި އޮންނަ ތިން ގައުމަށެވެ. އަނެއް ދެ ގައުމު ޖެހޭނީ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ޕްލޭއޮފް ކުޅެންށެވެ.

ހޯމަ ދުވަހުގެރޭގެ މޮޅާއެކު ސީރިއާއިން އެއްވަނަ ކަށަވަރުކުރިއިރު، ތާވަލުގެ އެއްވަނައިގައއި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗައިނާ ވަނީ ހޯމަ ދުވަހުގެރޭ 2-0 ގެ ނަތީޖާއަކުން ފިލިޕީންސް ބަލިކޮށްފައެވެ. އެއާއެކު އެ ގައުމު ދެވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ހަ މެޗުން ހަތް ޕޮއިންޓާއެކު ފިލިޕީންސް އޮތްއިރު، ހަތަރުވަނައިގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތީ ހަތް މެޗު ކުޅެގެން ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

މިހާރު އޮތް ގޮތުން ގްރޫޕްގެ ތިންވަނަ ހޯދައިގެން ފިލިޕީންސާއި ރާއްޖެ އަށް އޭޝިއަން ކަޕުގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދިދާނެއެވެ. ކޮލިފައިންގައި އަންނަ ހުކުރު ދުވަހުގެރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ރާއްޖޭން ކުޅޭ ފަހު މެޗުގައި މި މަހު 15 ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
15 ޖޫން 2021

ފިލިޕީންސާ އެއްވަރުކޮށް ރާއްޖެ ޕްލޭއޮފަށް

15 ޖޫން 2021
ފިލިޕީންސާ އެއްވަރުކޮށް ރާއްޖެ ޕްލޭއޮފަށް
11 ޖޫން 2021

ޗައިނާއިން އަނެއްކާވެސް ރާއްޖެ ކޮޅަށް ފަސް ލަނޑު

11 ޖޫން 2021
ޗައިނާއިން އަނެއްކާވެސް ރާއްޖެ ކޮޅަށް ފަސް ލަނޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު