Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި

އދ. ގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރައީސްގެ މަރުހަބާ ޝާހިދަށް

މިނިސްޓަރު ޝާހިދަށް ތައުރީފް ކުރައްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޖޫން 2021 | އަންގާރަ 03:06
ޔޫއެންގެ ޖެނެރަލް އެސެމްބްލީ،

ޔޫއެންގެ ޖެނެރަލް އެސެމްބްލީ،

އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމާ ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ރައީސް، ވޮލްކަން ބޮޒްކިރް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދަށް ތައުރީފް ކުރައްވައި ވޮލްކަން ބޮޒްކިރް ކުރެއްވި ޓުވީޓްގައި ވަނީ އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މަލްޓިލޭޓަރަލް ޑިޕްލޮމެސީގެ ބޭނުން އަދި ފޮރިން މިނިސްޓަރަކަށް ހުރެ ލިބުނު ތަޖުރިބާގެ ބޭނުން ވަރަށް ފުރިހަމައަށް އަދާ ކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝާހިދަށް މަރުހަބާ ދަންނަވާފައިވާއިރު، ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ކުރައްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފޮރިން މިނިސްޓަރ ޝާހިދަށް މަރުހަބާ ވިދާޅުވެފައެވެ.

ޝާހިދަށް މަރުޙަބާ ވިދާޅުވެ ރައީސް ޞާލިހު ވިދާޅުވީ، މިއީ ރާއްޖެއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށާއި، މިނިސްޓަރ ޝާހިދު ރާއްޖެއަށް ރީތި ނަން ހޯދައިދެއްވާނެކަން ޔަގީން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހިންނަށް ބޮޑު ދުވަހެއް ކަމަށެވެ. ޚާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކަށް ވެސް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މިނިސްޓަރު ޝާހިދަށް މަރުހަބާ ވިދާޅުވެ ގިނަ ބަޔަކު ޝުއޫރު ފާޅު ކުރަމުންދާއިރު، މިއީ މުޅި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލު ވާދަ ކުރެއްވި މި އިންތިޚާބު ޝާހިދު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓުގެ އަޣުލަބިއްޔަތުންނެވެ.

ޔޫއެން މޯލްޑިވްސްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތުގެ ކަރާމާތް ވަނީ ނަގާލާފައި: ޝާހިދު

ރައީސް މުއިއްޒުގެ ސަރުކާރުން މުޅި ދައުލަތުގެ ކަރާމާތް ވަނީ ނަގާލާފައި: ޝާހިދު

03 އޮކްޓޯބަރު 2025
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު