Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް ޝާހިދު

ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ކުރިބޯއްޓަށް ދިވެހިރާއްޖެ

ޝާހިދުގެ ރިޔާސަތުގެ ދައުރު ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރު މަހު

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 18:10
ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު

ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު

އދ ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ހޯމަދުވަހު ވަނީ އިންތިޚާބުވެ ވަޑައިގެންފައެވެ.

އދ ގެ އާއްމު މަޖިލީހުގެ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓާއެކު ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އޮނަރަބްލް ޝާހިދު މިމަގާމަށް އިންތިޚާބުވެ ވަޑައިގަތުމާއެކު އެމަނިކުފާނުގެ ރިޔާސަތުގެ ދައުރު ފައްޓަވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ދައުރުގެ ދިގުމިނަކީ އެއްއަހަރެވެ. އެހެންވީމާ ކުރިޔަށް އޮތް 2022 ވަނަ އަހަރު އަނެއްކާވެސް އައު ބޭފުޅަކު އާއްމު މަޖިލީހުގެ ރިޔާސަތަށް ހޮވާނެއެވެ.

އޮނަރަބްލް އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމާ ހަމަޔަށް މަގާމުގައި ދެމިހުންނަވާނީ މިހާރުވެސް އެމަގާމުގައި ހުންނެވި ތުރުކީވިލާތުގެ ވޮލްކަން ބޮޒްކިރެވެ.

އދ ގެ އާއްމު މަޖިލީސް ނުވަތަ ޖެނެރަލް އެސެމްބްލީއަކީ އދ ގެ އެންމެ ހަރަކާތްތެރި އެންމެ މުހިއްމު ގުނަވަނެވެ. އެއީ ކުޑައެއް ބޮޑެއް ނުބަލައި ހުރިހާ މެންބަރުންނަށްވެސް އެއްވަރެއްގެ ހައްގުތައް ލިބިދޭ މަޖިލީހެވެ. ދުނިޔޭގެ ދަރުބާރަކީ އެއީއެވެ. އެ ދަރުބާރުގެ ޖަލްސާތައް ބޭއްވޭނީ އާއްމު މަޖިލީހުގެ ރައީސްގެ ރިއާސަތުގެ ދަށުގައެވެ. ނުވަތަ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ.

އދ ގެ ޖެނެރަލް އެސެމްބްލީގެ ރިއާސަތަކީ ދުނިޔޭގެ ފަސް ސަރަހައްދުގެ މެދުގައި ދައުރުވާ މަގާމެކެވެ. މިފަހަރު ރާއްޖެއަށް މިލިބުނު ފުރުސަތަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފުރުސަތެވެ. މި ސަރަހައްދަކީ ގައުމުތަކުގެ އަދަދު އެންމެ ގިނަ އަދި ވާދަވެރިކަންވެސް އެންމެ ބޮޑު ސަރަހައްދެވެ.

އެ ފަސް ސަރަހައްދަކީ އޭޝިއާ ޕެސިފިކްގެ އިތުރުން އިރުމަތީ ޔޫރަޕް، ހުޅަނގު ޔޫރަޕް، އެފްރިކާ، ދެކުނު އެމެރިކާއާއި ކެރީބިއަންއެވެ.

އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް 1946 ވަނަ އަހަރުން ފެށިގެން ބޭފުޅުން އިންތިޚާބު ކުރަމުން އަންނައިރު އެންމެ ހަތަރު ގައުމެއް ފިޔަވައި މިހާތަނަށް ކޮންމެ ބަޔަކަށްވެސް ލިބިފައިވަނީ އެންމެ ދައުރެކެވެ. ދެ ދައުރު މިހާތަނަށް ލިބިފައިވާ ހަތަރު ގައުމުގެ ތެރެއިން ތިން ގައުމު ނިސްބަތްވަނީ ދެކުނު އެމެރިކާއަށެވެ. އެއީ އާޖެންޓީނާ، އިކުއެޑޯރ އަދި ޗިލީއެވެ. އަނެއް ގައުމަކީ އެފްރިކާއަށް ނިސްބަތްވާ ނައިޖީރިއާއެވެ.

ދިވެހިރާއްޖެ އެ ސަރަހައްދަކަށް ނިސްބަތްވާ ދެކުނު އޭޝިއާގެ ތިން ގައުމެއްގެ ބޭފުޅުން މިހާތަނަށް ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް ހޮވިފައިވެއެވެ. އެއީ އިންޑިޔާ، ޕާކިސްތާން އަދި ބަންގްލަދޭޝްއެވެ. މިފަހަރު ރާއްޖޭގެ ޚާރިޖީވަޒީރާ ވާދަކުރެއްވި ޒަލްމާއީ ރަސޫލް ނިސްބަތްވެވަޑައިގަންނަވާ އަފްޣާނިސްތާނުގެ ބޭފުޅަކު 1960 ގެ އަހަރުތަކުގެ ކުރީކޮޅު އެ މަގާމަށް އިންތިޚާބު ކުރެވިފައިވެއެވެ.

ރާއްޖޭގެ ޚާރިޖީވަޒީރު އަބްދުﷲ ޝާހިދަށް ޖެނެރަލް އެސެމްބްލީގެ ޖުމްލަ 193 ވޯޓުގެ ތެރެއިން 143 ވޯޓު ލިބިވަޑައިގަތުމަކީ މި މަގާމަށް ޝާހިދު ގެނައުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ބޭނުންވެފައި ތިބިކަން ހާމަކޮށްދޭ ކަމެކެވެ. އެވަރުގެ ތާއީދެއް ޝާހިދަށް ލިބިވަޑައިގަތީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ދާއިރާގައި ޝާހިދުގެ ތަޖުރިބާ ބޮޑުކަމާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ދުނިޔެއިން ކުރާ އިތުބާރު ބޮޑުކަމުންނެވެ. އޭޝިއާ ޕެސިފިކްގެ މުހިއްމު ބޮޑެތި ގައުމިތަކުގެ ތާއީދުވެސް ހޯއްދެވީ ޝާހިދެވެ.

އދ ގެ އާއްމު މަޖިލީހުގެ ރިއާސަތަށް ރާއްޖޭގެ ބޭފުޅަކު ހޮވުމަކީ ރާއްޖެއަށް ކިހާވަރެއްގެ ކާމިޔާބީއެއް ހެއްޔެވެ. މިކަމުން ރާއްޖެއަށް ކުރާނީ ކޮންކަހަލަ ފައިދާއެއް ހެއްޔެވެ. މިއީ ރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. މިކަމުން ރާއްޖެއަށް އޮތް އެންމެ ބޮޑު މަންފާޔަކީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ ހުންގާނަށް އާދެވުމެވެ. ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ޑިޕްލޮމަސީގައި ބްރޭންޑް ނަމަކަށް ވުމެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައި ގަންނަވަނީ އދ ގެ ތާރީޚުގައިވެސް ވަރަށް ނާޒުކް ދަނޑިވަޅެއްގައެވެ. ކޮވިޑްގެ ވަބާއިން އަރައިގަނެ ނިއު ނޯމަލްގައި ދުނިޔެ އާ މިސްރާބަކުން ކުރިއަށް ހިނގާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގައި ހުރި ޒަމާންވީ ގިނަގުނަ މައްސަލަތައް ހައްލު ކުރުމަށް އައު ވިސްނުމަކާއި އައު އަޒުމަކާއެކު މަސައްކަތް ފަށަންޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިކަންކަން ކުރުމުގެ ހިކުމަތާއި ހުނަރު އަދި ތަޖުރިބާ އަބްދުﷲ ޝާހިދުގެ ކިބައިގައި ހުރިކަމީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. އެ ވިސްނުމާއި އެ ކެތްތެރިކަމާއި އެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި އެބަހުއްޓެވެ.

ޢަބްދުﷲ ޝާހިދުޚާރިޖީ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު