Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި

ޝާހިދުގެ ކާމިޔާބީއާއެކު، އދ. އާންމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ރާއްޖެއަށް!

7 ޖޫން 2021 | ހޯމަ 16:02

މިނިސްޓަރ ޝާހިދާ ވާދަ ކުރެއްވީ އަފްޣާނިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2021 | ހޯމަ 16:02
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު- ޝާހިދު  ވަނީ  ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު- ޝާހިދު ވަނީ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ އިންތިޚާބު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ.

އދ. ގެ 76 ވަނަ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ވާދަ ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ. ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

Advertisement - newsAdvertisement

އދ. ގެ އާންމު މަޖިލީހުގައި މެންބަރު 193 ގައުމުން ބައިވެރިވި މި ވޯޓުގައި ރައީސަކު ހޮވާފައި މިވަނީ ސިއްރު ވޯޓަކުންނެވެ.

އިންތިޚާބު ކާމިޔާބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ފާއިތުވި އަހަރު ތިމާވެށީގެ ގޮތުންނާއި، އިންސާނީ ކާރިސާތަކުގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮވިޑު-19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށާއި، ވެކްސިނޭޝަން ޕްރޮގްރާމްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 76 ވަނަ މަޖިލީހަކީ ގިނަ ކާމިޔާބީތަކެއް ހޯދޭނެ މަޖިލީހަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިންތީގެ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. އަދި ޒިންމާދާރު، ޒިންމާ ކުރުވޭ މަޖިލީހަކަށް 76 ވަނަ މަޖިލިސް ހައްދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސުންގެ އިންތިޚާބު ރޮޓޭޝަން އުސޫލުން އޮންނައިރު ކޮންމެ އަހަރަކު ވެސް އިންތިޚާބު ކުރަނީ އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، އަދި ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅުންނެވެ.

މިފަހަރު ފުރުސަތު ލިބުނީ އޭޝިއާ ޕެސިފިކް ގައުމުތަކަށެވެ. މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، އަދި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައެވެ.

އިންތިޚާބުގެ ކުރިން ކެންޑިޑޭޓުން އެބޭފުޅުންގެ "ވިޝަން ސްޓޭޓްމަންޓް" އދ. ގެ އާންމު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ޔޫއެން މޯލްޑިވްސްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
28 ސެޕްޓެމްބަރު 2025

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ
25 ސެޕްޓެމްބަރު 2025

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
02 ސެޕްޓެމްބަރު 2025

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް