Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފިޔާތޮށި އަހުމަދު މަނިކު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

7 ޖޫން 2021 | ހޯމަ 15:33

ކޮންމެ ވަޒީފާއެއް އަދާކުރެއްވިއަސް ފެނިފައިވަނީ ނަޒާހަތްތެރިކަމުގެ ނަމޫނާއެއް

އިމާދު ލަތީފް
އިމާދު ލަތީފް | 7 ޖޫން 2021 | ހޯމަ 15:33
ފިޔާތޮށި އަހުމަދު މަނިކު (ކ) އާއި ދޮށީ ދަރިކަލުން އަބްދުލްޣަފޫރު

ފިޔާތޮށި އަހުމަދު މަނިކު (ކ) އާއި ދޮށީ ދަރިކަލުން އަބްދުލްޣަފޫރު

ދިވެހި ގައުމަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފިޔާތޮށި އަހުމަދު މަނިކު އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށްވެސް ފުންހިތާމައެކެވެ. މަރުހޫމް ފިޔާތޮށި އަހުމަދުމަނިކަކީ ކޮންބޭފުޅެއް ބާވައެވެ. ފާހަގަކުރެވެނީ ޚިދުމަތުގެ ކޮންކޮން ދާއިރާތަކަކުން ބާވައެވެ. މިއީ ފަހުގެ ޖީލުތަކަށް އެނގުން މުހިއްމު މައުލޫމާތުތަކެއް ކަމަށް އަޅުގަޑު ގަބޫލުކުރަމެވެ.

މަރުހޫމު ފިޔާތޮށި އަހުމަދު މަނިކާމެދު ލިޔުމެއް ފަށާނަމަ އެންމެ ފުރަތަމަވެސް އާއިލާގެ މައްޗަށް ނަޒަރެއް ހިންގައިލާން ޖެހެއެވެ. ދިވެހި ތާރީޚުގެ މައްޗަށް އެންމެ ގިނަ ލިޔުންތައް ލިޔުއްވި އެއްބޭފުޅެއްކަމުގައިވާ މަރުހޫމު އަބްދުލްހަކީމު ހުސައިން މަނިކަކީ ފިޔާތޮށި އަހުމަދު މަނިކުގެ އެއްބަނޑު އެއްބަފައި ބޭބޭފުޅެކެވެ. ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވާ އަތަމާ އަބްދުއްލަތީފަކީ ފިޔާތޮށި އަހުމަދު މަނިކުގެ އެއްބަނޑު އެއްބަފައި ކޮއްކޯފުޅެކެވެ.

ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެެއިން މައުމޫން އަބްދުލްގައްޔޫމާއި ޔާމީން އަބްދުލްގައްޔޫމްގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީއަކީ މަރްހޫމް ފިޔާތޮށި އަހުމަދުމަނިކާ ދެބެެއިންގެދަރި ބޭފުޅެކެވެ. ދައުލަތުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އަބްދުﷲ ކަމާލުއްދީނާއި މުހައްމަދު ޖަލީލާއި ޒަހާ ވަހީދާއި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނިސްބަތްވެވަޑައިގަންނަވަނީވެސް ހަމަ އެ އާއިލާއަށެވެ.

އަހުމަދު މަނިކުގެ ނަމުގެ ކުރިޔަށް ފިޔާތޮށި އަންނާތީ ވަރަށް ގިނަބަޔަކު ކުރާ ސުވާލެކެވެ. އެއީ މާފަންނު ބޭފުޅަކަށް ވެގެން މާފަންނުގެ ކުލަކަމަށްވާ ފިޔާތޮށި އަންނަނީ ބާވައެވެ. އާއިލާއިން މައުލޫމާތު ދެއްވާ ގޮތުގައި ކަންވެފައި އޮތީ އެހެނަކުން ނޫނެވެ. ނަލަކަމާއި ރީތިކަމާއި އަބުރުވެރިކަމަށް ނިސްބަތްކޮށްފައި ކިޔާން ފެށުނު ނަމަކީއެވެ.

ހަގީގަތުގައިވެސް އެއީ ވަރަށް ބޮޑު ތެދެކެވެ. ތެދުވެރިކަމާއި ނަޒާހަތްތެރިކަމުގައި ފިޔާތޮށި އަހުމަދު މަނިކަކީ އެވަރުގެ ދެވަނައެއް ނުވާ ކަމަށް ޚުދު ދިވެހި ދައުލަތުންވެސް ގަބޫލުކުރި ބޭފުޅެކެވެ. ދިވެހި މަސްވެރިން ބާނާ މަހަށް އަގުދިނުމުގެ އުސޫލު ތައާރަފުވެގެން އައި ދުވަސްވަރު އެތައް ލައްކަ ރުފިޔާއަކާއެކު މަސްވެރިންގެ ގާތަށް އަގު އަދާކުރައްވަން ދައުލަތުގެ ފަރާތުން ވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރޭގައި އަހުމަދު މަނިކު ހިމެނިވަޑައިގެންނެވިކަމީ މިކަމުގެ ހެއްކެކެވެ.

އަހުމަދު މަނިކަކީ އުޅުއްވުމާއި ޚުލްގުގައިވެސް ނަމޫނާ ބޭފުޅެކެވެ. ގާތްތިމާގެ އައުލާދުންނާއި ގުޅުން ބާއްވަވައި އެ އެންމެންގެ ރުހުމާއި ލޯބި ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. އާއިލީ ގުޅުމަކީ ކިހާވަރެއްގެ ގުޅުމެއްކަމާއި އެގުޅުމުގެ މާތްކަމަކީ ކިހާވަރެއްގެ ކަމެއްކަން އަމަލީގޮތުންވެސް ދެއްކެވި މާތް ބޭފުޅެކެވެ. ހުރިހާ ކަމެއްގައިވެސް އަޚުލާގު އިސްކުރެއްވި ބޭފުޅެކެވެ.

ފިޔާތޮށި އަހުމަދު މަނިކު ދެ އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވިއެވެ. އެއީ މިލަދުންމަޑުލު އުތުރުބުރިޔާއި މުލަކަތޮޅެވެ. އެދެއަތޮޅުގެ ރައްޔިތުންނާމެދު އަހުމަދު މަނިކު ބެހެއްޓެވި ކުލުނާއި ގާތްކަމަކީ މިއަދު އަތޮޅުތައް ހިންގަވާން ތިއްބަވާ ބޭފުޅުންނަށްވެސް ނަމޫނާއެކެވެ. ވަޑައިގެންނެވި ކޮންމެ އަތޮޅެއްގައި މަދަރުސާތައް ހިންގަވައި ތައުލީމު ފެތުރުމަށް އިސްކަން ދެއްވިއެވެ. ރައްޔިތުންނާމެދު އޯގާތެރިވެވަޑައިގެން އަދުލުވެރިކަން ކުރިއަށް ނެރުއްވިއެވެ. އެދެއަތޮޅުގައި މިއަދުވެސް ފިޔާތޮށި އަހުމަދު މަނިކުގެ ޒިކުރާ އާކުރުމުގެ ސިއްރަކީ އެއީއެވެ.

ތައުލީމަށް ލޯބި ކުރެއްވުމަކީ އަހުމަދު މަނިކުގެ ޚާއްސަ ސިފައެކެވެ. ތައުލީމަށް އެހާބޮޑު ޝައުގެއް އުފެދުމުގެ ސިއްރަކީ މަރްހޫމު ހުސައިން ސަލާހުއްދީނެވެ. އަހުމަދު މަނިކުގެ އެންމެ ޒުވާން އުމުރުގެ ދުވަސްތައް ހޭދަކުރެއްވީ ސަލާހުއްދީނުގެ އަރިހުގައެވެ. ސަލާހުއްދީނުގެ ގައުމީ ޚިދުމަތުގައި އެހީތެރިވެދެއްވުމުގައެވެ. އެހެންވެ ސަލާހުއްދީނުގެ ޚުލްގުގެ ވަރަށް ގިނަ ކަންކަން އަހުމަދު މަނިކު ވަނީ ދަސްކުރައްވައިފައެވެ.

މާލޭގައި އެހެރަ ބަންޑާރަކޮށީގައިވާ މުސްކުޅި އިމާރާތް ނިންމުމުގައި އަހުމަދު މަނިކުގެ ހިއްސާ ވަރަށް ބޮޑެވެ. އެ އިމާރާތުގެ މަތިވަޑާންގަނޑު ނިންމުނީ މުލަކަތޮޅުގެ އަތޮޅުވެރިކަމުގައި އަހުމަދު މަނިކު ހުންނަވައިގެން އެއަތޮޅުން މާލެއަށް އެ މަސައްކަތަށް ފޮނުއްވި ތަކެތިން ކަމަށް ބުނެވެއެވެ. މުލަކަތޮޅުގެ އަތޮޅުވެރިކަމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގައި މުލަކަތޮޅު ތަމްސީލުކުރައްވާ މެންބަރުކަންވެސް ވަރަށް ދިގު މުއްދަތަކަށް އޭނާ ވަނީ ކުރައްވައިފައެވެ.

ފިޔާތޮށި އަހުމަދު މަނިކުގެ އުމުރާއި ގުޅިފައިވަނީ މާލޭގެ އެންމެ މުހިއްމު އަދި އެންމެ ރީތި އެއް އިމާރާތާއެވެ. އެއީ މުލީއާގެއެވެ. ސުލްތާން މުހައްމަދު ޝަމްސުއްދީނުގެ ދަރިކަލުން އަދި ވަލީއަހުދު އަމީރު ހަސަން އިއްޒުއްދީނު ހުންނެވުމަށް އޮޅުދޫކަރައިގެ ފަންނުވެރިން ގެންނަވައިގެން މުލީއާގެ މިހާރު އެފެންނަ ގޮތަށް ފަރުމާކުރެވިގެން ބިނާކުރެވުނީ އަހުމަދު މަނިކުވެސް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަހަރުގައެވެ. އެހެންވީމާ އަހުމަދު މަނިކަށްވެސް އަދި މުލީއާގެއަށްވެސް މިވީ 102 އަހަރެވެ.

ފިޔާތޮށި އަހުމަދު މަނިކުގެ ދިގު ގައުމީ ޚިދުމަތުގައި ބައެއްފަހަރު ވެރިންނާއި މުޑިއެރުމުގެ ކަންކަން ހިނގާފައިވެއެވެ. އެހެން އެވަނީ ހަމަ ކޮންމެ ކަމެއްގައިވެސް އިންސާފާއި ކުލުނާއި އޯގާތެރިކަމަށް އަހުމަދު މަނިކު ބުރަވެވަޑައިގަންނަވާތީއެވެ. މިކަމުގެ އެއް މިސާލަކީ މަޝްހޫރު އުތުރު ގަޑުބަޑެވެ. އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން އޭރުގެ ވެރިޔާ މުހައްމަދު އަމީނާމެދު ކުރަމުންދިޔަ ޝަކުވާއަކީ ހައްގު ޝަކުވާއެއް ކަމަށް އަހުމަދު މަނިކު ގަބޫލު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އަމީނުގެ ނުރުހުން އަމާޒުވި ކަމަށް ބުނެވެއެވެ.

ރައްޔިތުންގެ އަޑު އައްސަވައި ހަމަޔާއި އިންސާފުގެ މަގުން ކަންކަން ނިންމެވުމުގައި އަހުމަދު މަނިކު ވަކި ނުފޫޒަކަށް ނުބައްލަވާނޭކަމީ ދައުލަތުގެ ވެރިންވެސް ގަބޫލު ކުރެއްވި ހަގީގަތެކެވެ. އެހެންވެގެން ބައެއް އަތޮޅުތަކުގައި އުފެދޭ ސީރިއަސް މައްސަލަތައް ހައްލުކުރެއްވުމަށް ދައުލަތުގެ ފަރާތުން ވަރަށް ގިނައިން އަތޮޅުތަކަށް އަހުމަދު މަނިކު ފޮނުއްވައެވެ. އޭގެ ނަތީޖާވެސް ފެނެއެވެ.

ސަރުކާރުގެ އެކި މަހުކަމާތަކުގައިވެސް އަހުމަދު މަނިކު އެކި ދުވަސްވަރު އެކި މަގާމުތަކުގައި ހުންނަވައިގެން ގައުމީ ޚިދުމަތް ކުރިއަށް ގެންދެވިއެވެ. ކޮންމެ މަގާމެއް ފުރުއްވިޔަސް ފެނިފައިވަނީ ނަޒާހަތްތެރިކަމެވެ. ތެދުވެރިކަމެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގެ ދެގޮތެއްނުވާ މަތިވެރި ރޫހެވެ. އަހުމަދު މަނިކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް