Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީ

ހާޒިރުކުރަނީ 29 ސިފައިން، އިންކުއަރީ ކުރިޔަށްދާ ވަރަކުން އަދަދުތަކަށް ބަދަލު އަންނާނެ: އަސްލަމް

7 ޖޫން 2021 | ހޯމަ 10:38

ލިޔެކުޔުމުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭ ބައެއް ބޭފުޅުންނަށް ސުވާލުކުރުމަށް ވަނީ ދަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2021 | ހޯމަ 10:38
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް އެކި ފަރާތްތައް ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް އެކި ފަރާތްތައް ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި އެމްއެންޑީއެފްގެ އޮފިސަރުންގެ ތެރެއިން 29 ބޭފުޅަކާ ސުވާލުކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އިންކުއަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ސުވާލުކުރުމަށް ހަމަޖެހިފައިވާ ސިފައިންގެ އޮފިސަރުންގެ އަދަދާ ގުޅޭގޮތުން "ރާއްޖެއެމްވީ"ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެންމެ ފުރަތަަމަ ކޮމިޓީން ނިންމާފައިވަނީ 29 އޮފިސަރުންނާ ސުވާލުކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ލިބޭ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށްވާނަމަ ދެން މައުލޫމާތު ސާފުކުރުމަށް ބޭނުންވާ އެހެން އޮފިސަރުންގެ ފަރާތުން މައުލޫމާތު ސާފުނުކޮށް ވެސް ހިނގައިދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ލިޔެކިޔުމުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވޭ ބައެއް ބޭފުޅުންނަށް ބައެއް މަގާމުތަކުގެ މަސްއޫލިއްޔަތު އަދާކުރައްވައި އެ ބޭފުޅުންނަށް މިހާރު ސުވާލުކުރުމަށް ދަންނަވަމުން ގެންދަވާކަމަށެވެ. އަދި އިތުރަށް އިންޓަރވިއުތަކުން ފާހަގަކުރެވޭ ކަންކަމާއި އެނގިގެންދާ ކަންކަމުގެ މައްޗަށް ބިނާކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ބަދަލު އަންނަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ސުވާލުކުރުމަށް ވަކި އަދަދެއް ކޮމިޓީން ނިންމާފައިނުވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިންކުއަރީގައި އެކި ފަރާތްތަކާ ސުވާލުކުރުމަށް ފަށާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. މިހާތަނަށް އައިއިރު 7 ފަރާތަކާ ކޮމިޓީން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ ބައެއް އޮފިސަރުން ހިމެނެއެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފްއާ ވެސް ވަނީ ސުވާލުކޮށްފައެވެ. ހޯމަ ދުވަހު އިންކުއަރީގެ ބޭނުމަށް ވަނީ ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާ ވެސް ސުވާލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް