Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ ޕްރެސް

އިންކުއަރީއަށް އެއްވެސް ނުފޫޒެއް ނެތް - އަސްލަމް

އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 09:00
 މުހައްމަދު އަސްލަމް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ މުގައްރިރު ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ

މުހައްމަދު އަސްލަމް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ މުގައްރިރު ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަނީ

ސީދާ ރައީސް ޞާލިހު ވެސް އިންކުޔަރީ ރަނގަޅަށް ކުރިއަށް ގެންދަން އެދިވަޑައިގެންފައިވާކަމަށް 241 ކޮމިޓީގެ މުގައްރިރު ވިދާޅުވެއްޖެއެވެ.

ކޮމިޓީން ކުރިއަށް ގެންދާ ޕާރލިމެންޓްރީ އިންކުއަރީއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިހާތަނަށް އިންކުއަރީއަށް އެއްވެސް ފަރާތަކުން ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ފާހަގަވެފައި ނުވާ ކަމަށާއި، ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަސައްކަތަށް ހުރަސް އަޅަން މަސައްކަތެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސްގެ ނުފޫޒެއް ވެސް ކޮމިޓީގެ މަސައްކަތަކަށް ނެތް ކަމަަށާއި، ވަކި ފަރުދަކާ ގުޅުން ހުއްޓަސް، ކޮމިޓީން ބަލަނީ ގައުމީ މައްސަލައެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މިއީ ގައުމީ ސަލަމާތާ ގުޅުން ހުރި މަސައްކަތެއްކަމަށް ދެކިގެން ކޮމީޓީން މަސައްކަތް ކުރަނީ ވެސް އެގޮތަށް ކަމަށެވެ.

އެއްވެސް ބޭފުޅަކު ކޮމިޓީއަށް ހާޒިރުނުވި މައްސަލައެއް އަދި ދިމާ ނުވާ ކަމަށާއި،  ކޮމިޓީއަށް ހާޒިރުވާން މިހާތަނަށް އެންގި ސިފައިންގެ ބޭފުޅުން ވެސް އަދި އެހެން ބޭފުޅުން ވެސް ހާޒިރުވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ހޯދަން މިހާތަނަށް ހަތް ފަރާތަކާ ބައްދަލުކޮށް ކޮމިޓީން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި، އޭގެ ބޭރުން އިތުރު ފަސް ބޭފުޅެއްގެ ފަރާތުން ވެސް މައުލޫމާތު ހޯދާފައިވާނެ ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އިންކުޔަރީއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ވެސް ލިބެންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މައުލޫމާތު ހޯދަން އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ވެސް މަޖިލީހަށް ޖަވާބުދާރީ ނުވުމުގެ ޖާގައެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ވިދާޅުވިއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ކޮމިޓީން އެކަމަކާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޓީން ކުރަނީ ހަމަލާގެ ތަހުގީގެއް ނޫން ކަމަށާއ، ކޮމިޓީން ބަލަނީ  ސެކިޔުރިޓީ ބްރީޗުވި ގޮތާއި އިންޓެލިޖެންސް ނިޒާމް މަސައްކަތް ކުރާ ގޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް ކޮމިޓީއަށް ހޯދިފައިވާ ހޯދުންތައް އަދި ހާމަ ކުރައްވަން ދަތި ކަމަށާއި، މި މަހުގެ ފަހު ހަފްތާގައި މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.  

241 ކޮމިޓީރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސްމެމްބަރު މުހައްމަދު އަސްލަމް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް

09 ނޮވެމްބަރު 2025
މަގާމުގެ ނުފޫޒާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އޭސީޕީ ޝިފާން އާއި ޑީސީޕީ ފަރުހާދު އަށް، މައްސަލަ 241 ކޮމެޓީ އަށް
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު