Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ އިންކުއަރީ

ތަހުގީގުނުކޮށް އޮތުމުން ޒަމީލްގެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ މަޖިލީހަށް ފޮނުވާލައިފި

7 ޖޫން 2021 | ހޯމަ 07:50

ޒަމީލަށް ދައުވާ ކޮށްދިނުމަށް ފޮނުވީ ސިފައިންގެ އޮފިސަރުން މަޖިލީހަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމަށް އިންކާރު ކުރި ސިޓީގައި ސޮއިކޮށްފައި އޮތުމުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 7 ޖޫން 2021 | ހޯމަ 07:50
ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލު

ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލު

ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛު ޙަސަން ޒަމީލު މައްޗަށް ޖިނާއީ ދައުވާކޮށްދެއްވުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވި މައްސަލަ އަލުން އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައިފިއެވެ.

ޒަމީލަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވީ، 6 މޭ 2021 ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަމުން އަންނަ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް މަޖިލީހުން އެންގި އެންގުމަށް އިންކާރުކޮށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައި ވުމުންނެވެ.

Advertisement - newsAdvertisement

މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވުމާ ގުޅޭ ގޮތުން, ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު "ރާއްޖެއެމްވީ" އަށް ވިދާޅުވީ, ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި, ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި އޮންނަނީ ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅަންޖެހޭނީ ތަހުޤީގު ކުރުމަށް ފަހުގައި ކަމަށެވެ.

ޖީނާއީ އިޖުރާއަތުގެ ގާނޫނުގެ 5 ވަނަ މާއްދާގެ(ހ) ގައި ބަޔާންކޮށްފައި ވަނީ ދައުލަތުން ކުރާ ކޮންމެ ޖިނާއީ ދަޢުވާއެއްގައި އެކުލެވިގެންވާ ކުށުގެ މައްސަލަ، އެކަށީގެންވާ މިންވަރަކަށް ތަޙްޤީޤުކުރެވިފައި އޮންނަންވާނެކަމަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގެ ބާރު ލިބިގެންވަނީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން މަޖިލީހުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ މީހުން ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމާއި ދަތިކުރުމަކީ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ކަމެކެވެ. އަދި އެފަދަ ޢަމަލެއް ހިންގައިފި ނަމަ ނުވަތަ އެފަދަކަމެއް ހިންގި ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމެއް ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ވާނެ ކަމަށް ވެސް އެ މާއްދާގައި ވެއެވެ.

އެހެންކަމުން އެ އުސޫލުން މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް މަޖިލީހަށް ޕީޖީ އޮފީހުން ލަފާ ދީފައި ވާނެ ކަމަށް ޝަފީޢު ވިދާޅުވިއެވެ. ހަމަ އެއާއެކު ފުލުހުން އެ މައްސަލަ އެކަށީގެން ވާވަރަށް ތަހުގީގު ނުކުރާ ކަމަށް މަޖިލީހަށް ފެނިއްޖެ ނަމަ, އެހާލަތުގައި އެކަން ޕީޖީ އޮފީހަށް ހުށަހެޅުމަށް އަންގާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ އެހެން މައްސަލަތަކުގައި ވެސް މަޖިލީހުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށްފައި ވާކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ, ގާނޫނު ދަންނަ މަގަކީ އެއީ ކަމަށެވެ.

ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވާ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ، ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީބާރުން ކަމުގައެވެ.

އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއާއި 239 ވަނަ މާއްދާގެ (ށ) އާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ(ހ) އާއި (ރ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފައާ ކަނޑައެޅިގެން ޚިލާފު، އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުން ބުނީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ އެމަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެމަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބުގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް، ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށްލިބިގެންވާ ކަމަށާއި، ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުން ބުނީ، ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގެ މަތިން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާގޮތުގެމަތިން ހާޒިރުވެ ޖަވާބުދާރީ ވުމަކީ ދިވެހި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި 99 ވަނަ މާއްދާއިން ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.

ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ, ރައީސް ނަޝީދު, އެ މައްސަލަ ބެލުމަށް އެދިވަޑައިގެން އިމްތިޔާޒު ކޮމެޓީއަށް ވެސް ފޮނުއްވާފައިވެއެެވެ. އެހެން ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު އެކޮމެޓީންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ހަސަން ޒަމީލްމަޖިލިސްޕީޖީ އޮފީސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް