ކ. މާލެ
|
7 ޖޫން 2021 | ހޯމަ 11:37
ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުހައްމަދު ނާޒިމް
ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ މުހައްމަދު ނާޒިމް
ރައްޔިތުންގެ މަޖިލިސް
އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލުން
މައްސަލަ ބޭރުކުރަން ހުށަހެޅީ އަމިއްލައަށް، އެއްވެސް މީހަކު އެދިގެންނެއް ނޫން: ނާޒިމް
 
ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނާންނާނެކަމަށް
 
މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ 4 މެމްބަރުން ވޯޓު ދެއްވި
 
މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ ވޯޓާއެކު

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލަ ކޮމިޓީން ބޭރު ކޮށްލުމަށް ހުށަހެޅުއްވީ އަމިއްލަފުޅަށް ކަމަށާއި އެއީ އެއްވެސް ފަރާތެއްގެ ނުފޫޒުން ކުރި ކަމެއް ނޫންކަމަށް އެ މައްސަަލަ ބޭރުކޮށްލަން ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ފޮނުއްވުމާ ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ބޭއްވުމަށް ތާވަލްކުރިއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ. މިބައްދަލުވުން ބާއްވާފައިވަނީ ކުއްލި ގޮތަކަށް ފަސްކުރުމަށްފަހުއެވެ.

މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ފާސްވެފައިވަނީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 11 މެމްބަރުންގެ ތެރެއިން 6 މެމްބަރުންގެ ވޯޓާއެކުއެވެ. އޭގެތެރޭގައި އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑަައިގަންނަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ވޯޓު ދެއްވާފައިވަނީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ވަހީދު، ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް، މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވި ދަނގެތި ދާއިރާގެ ޖޭޕީ މެމްބަރު މުހައްމަދު ނާޒިމެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނާންނާނެކަމަށެވެ.

އެއްވެސް މީހެއްގެ އިންފްލެއަންސެއް އަޅުގަނޑުގެ މައްޗަކަށް ނާންނާނެ. އަޅުގަނޑުގެ އަމިއްލަ ކަމެއް އެއީ. އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި ޒިންމާނަންނަގަވަންޖެހޭނީ ޑިފެންސް މިނިސްޓަރުކަމަށް. އެސިޓީގައި ސޮއިކުރެއްވި ފަރާތުން ނޫންކަމަށް.
މުހައްމަދު ނާޒިމް / ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރ

ނާޒިމް ވިދާޅުވީ މައްސަލަ ބޭރުކޮށްލަން ހުށަހެޅުއްވީ ސިޓީގައި ސޮއިކުރައްވާފައިވަނީ ޒަމީލް ކަމުގައިވީނަމަވެސް މިކަމަކީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ޒިންމާ ނަންގަވަންޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި މިކަމުގައި ޒަމީލާމެދު ފިޔަވަޅު އެޅުމަކީ ހަމަޖެހޭ އުސޫލެއްކަމަށް ދެކެވަަޑައިނުގަންނަވާކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެފަދަ ލިޔުންތަކުގައި ސޮއި ކުރަން މިނިސްޓަރަށް އެހެން މީހަކާ ހަވާލު ކުރެވިދާނެ ކަމާއި، ނަމަވެސް ސޮއި ކުރާ މީހާގެ ބަދަލުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު" ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން އެމްއެންޑީއެފުން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތަށް ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ވަކިވަކިން ސިފައިންނާ މަޖިލީހުން ސުވާލުނުކުރެވޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރުމަށް އެމްޑީޕީގެ މެމްބަރުން ވޯޓުދެއްވާފައިވާތީ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިޔާގައި އެކަމާ ގުޅޭގޮތުން ވޯޓު ދެއްވި މެމްބަރުންނަށް ފާޑު ވިދާޅުވަމުންނެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އެއްވެސް މެމްބަރަކު ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އެބޭފުޅުންގެ ސީދާ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ ޓްވީޓްތަކަށް ބަލާލާއިރު ރައީސް ނަޝީދުގެ ފަޅީގެ މެމްބަރުން ގެންދަވަނީ ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގައި މިކަމާ ގުޅިގެން ހޫނު ރައްދުތަކެއް ދެއްވަމުންނެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއިލް އަހުމަދު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ރައީސް ނަޝީދުގެ ފޮޓޯ ވިއްކައިގެން ހޮވިގެން، އެންމެ ހާލުގާ އޮންނެވި ދުވަހު، ކަރަށް ފައިން އަރަން ހިފާލާނީ ހާދަހާވާ ގޮތެއްފޮތެއް ނެތީމައޭ،" ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕް ވެސް ހޫނުވެ، ނަޝީދުގެ ސަޕޯޓަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށާއި އެ މަނިކުފާނުގެ ބައެއް އަރިސް ބޭފުޅުންނަށް ބަހުގެ ހަމަލާތަކެއް ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
25%
0%
25%
0%
0%
ކޮމެންޓް