Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައުނާއަށް ރުހުންދިނުން

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއަށް ރުހުންދިނުން ހޯމަ ދުވަހުގެ ޖަލްސާގައި

ޝައުނާ މިނިސްޓަރު ކަމަށް އައްޔަނުކުރައްވާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖޫން 2021 | އާދީއްތަ 17:49
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި ޖަލްސާ އޮންނާނީ އެދުވަހުގެ ހެނދުނު 10 ޖަހާއިރު ވެބް ކޮންފަރެންސް މެދުވެރިކޮށެވެ. ޝައުނާއަށް ރުހުންދިނުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

Advertisement - newsAdvertisement

ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ޝައުނާގެ ކިބައިގައި ފުރިހަމަވާކަމަށެވެ. އެހެންކަމުން ޝައުނާއަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ރ ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުންދިނުމަށް ޝަަރުތު ފުރިހަމަވާ ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށެވެ.

ކޮމިޓީން ޝައުނާއަށް ރުހުންދިނުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޝައުނާ މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރެއްވުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.

މީގެއިތުރުން ޝައުނާ ވަނީ އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީ ސަރުކާރުގައި، 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ހަަމައަށް، ރައީސް އޮފީހުގައި ޕޮލިސީ އޮފީސް ބައިގައި އަންޑަރސެކްރެޓަރީގެ މަގާމު ފުރުއްވާފައެވެ.

އޭރު އެމްޑީޕީ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތުތައް މެނޭޖްކުރުމުގެ މަސައްކަތް ޝައުނާ ވަނީ ކުރައްވާފައެވެ. އަދި އޭރު ރައީސަށް ލަފާއެރުވުމަށް އުފައްދަވާފައިވާ ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގައި ވެސް ޝައުނާ މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2020 ވަނަ އަހަރަށް ކާބަން ނިޔުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް އޭރު ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަންފީޒުކުރުމަށް ހިންގި ޕްރޮގްރާމްތަކުގައި ޝައުނާ އިސްދައުރެއް އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން ޝައުނާ ވަނީ ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް އެންޑް އެކޮނިމިކްސް އިން ބެޗެލާރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އެންވައިރަންމެންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް އެއްކޮށްލައި މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޝައުނާ އައްޔަނު ކުރައްވާފައިވަނީ ހުސްވި މެއި މަހުގެ 5 ވަނަ ދުވަހުއެވެ.

އައު މިނިސްޓްރީ އުފެއްދެވުމާއެކު މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ ވަނީ އުވިގެން ގޮސްފައެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ ބަހުސް ވެސް ވަނީ އެޖެންޑާކޮށްފައެވެ.

މީގެއިތުރުން މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ޖަަލްސާއަށް ހުށަހަޅާ ބަހުސްކުރަމުން ގޮސްފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްވެސް ކުރިޔަށް ގެންދިޔުމަށް ވަނީ އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު