Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުން ކުރިޔަށްގެންދާ އިންކުއަރީ

241 ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާ ސުވާލުކޮށްފި

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ކޮމިޓީއަށް ވަޑައިގަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 15:05
ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފް

ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތުގެ އިންކުއަރީ ކުރިޔަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް ޢަބްދުއްލަތީފް ވަޑައިގެން ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވައިފިއެވެ.

ވައިސް ޗީފް ހާޒިރުކޮށްފައި މިވަނީ އާދިއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައެވެ. 241 ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީގައި އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ކޮމިޓީއަށް ވަޑައިގަންނަވާފައެވެ. ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށްދަނީ މީޑިޔާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

މި ތަހުގީގަށް ފުލުހުންނާއި ސިފައިންގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތުން ހޮނިހިރު ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައެއް ފުލުހުން ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތުގައި މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުހައްމަދު، އަދި މިނިސްޓަރ އޮފް ހައުސިންގ ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަން އެއްގުމުން އަސްކަރިއްޔާއިން ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި، ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މިކަން ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވާ، ޑިފެންސް މިނިސްޓަރުގެ ނާއިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރ ޖެނެރަަލްގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފޮނުވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާގުޅޭ މިމައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒާ ސުލޫކީ ކޮމިޓީއަށް މިމައްސަލަ ފޮނުވާފައެވެ.

ކޮމިޓީ އަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯހާއި ވައިސް ޗީފް އޮފް ޑިފެންސް ފޯހަށް ވަނީ އަންގާފައެވެ. ޑިފެންސް މިނިސްޓަރު ކޮމިޓީއަށް ހާޒިރުވުމަށް އަދި އަންގާފައެއް ނުވާކަމަށް މައުލޫމާތުލިބެއެވެ.

241 ކޮމިޓީން ކުރިޔަށްގެންދާ މިއިންކުއަރީ ނިމިގެންދާއިރު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅުންހުރި ހުރިހާ މައުލޫމާތުތަކެއް ސާފުވެގެންދާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ޖޫން މަހުގެ 30ގެ ކުރިން ނިންމާލުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު