Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޝްކާގެ މަރު

މިޝްކާގެ މަރު: އިހުމާލުވާ މީހުންގެ މައްޗަށް ޖިނާޢީ ދަޢުވާކޮށް ދިނުމަށް އެދިއްޖެ

އާއިލާގެ ފަރާތުންވެސް މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ޖޫން 2021 | އާދީއްތަ 13:45
ފާތިމަތު މިޝްކާ

ފާތިމަތު މިޝްކާ

ޖޫން މަހުގެ 2ވަނަ ވިލޭރޭ ނިޔާވި ފާތިމަތު މިޝްކާގެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.

އަމިއްލަ ފަރާތަކުން ފުލުހުންނަށް މައްސަލަ ހުށަހެޅި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވަނީ ހިއްސާކޮށްފައެވެ.

މިސިޓީގައި ބުނެފައިވަނީ، ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރާ ހަވާލުވެ ހުރި އޯވަރއޯލް އޮޕަރޭޝަންސް އިންޗާރޖު، އަދި އިންސިޑެންޓް ކޮމާންޑަރު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނިޝާން އަހުމަދަށް ދައުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވާތީ، އެފަދަ އެތަކެއް އިހުމާލުގެ މައްސަލަތަކާއި، އަދި ޚާއްސަކޮށް 02 ޖޫން 2021 ވަނަ ދުވަހު ކޮވިޑް ބަލީގައި ފާތިމަތު މިޝްކާ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި، މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ، އިހުމާލުން ކަމުގައިވާތީވެ، އެކަމަކީ ޤާނޫނުލް އުޤޫބާތުގައި ސީރިއަސް ޖީނާޢީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ތަޙުޤީޤު ހިންގައި، ޖިނާޢީ ދަޢުވާކޮށް ދެއްވުމަށް އެދޭ ކަަމަށެވެ.

މިނިސްޓްރީން ހަދާފައިވާ ރިވިއު ރިޕޯރޓްގައި، މިނިސްޓްރީއާއި މުވައްޒަފުގެ މަސްލަހަތަށްޓަކައި އޭނާގެ ނަން އުނިކޮށްފައިވާ ކަން ފާހަގަކުރެވޭ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

އަދި އިންސިޑެންޓް ކޮމާންޑަރެއްގެ ހައިސިއްޔަތާއި މަގާމު އެކަށައަޅާފައިވާ މުހިންމު އަދި މާތް މަގުސަދަކީ ވެސް، ރިސްކް ކެޓަރގަރީތައް ކަމުގައިވާ، ބައްޔަށް ފައްސިވާ މާބަނޑު މީހުންނާއި، ދާއިމީ ބޭސްބޭނުންކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ޚިދުމަތް ދިނުމުގައި އަވަސްކަން ގެންނަންޖެހޭނެ ފަދަ ހާލަތްތައް ހުރިތޯ ދުރާލައި ދެނެގަތުން ކަމަށް ބަޔާންކޮށްފައި ވެއެވެ.

އަދި އެއީ ހާދިސާއެއްކަން ދެނެގަނެ، އަމަލުކުރަންޖެހޭ އެތެރޭގެ ޕްރޮސީޖަރތައް އެކުލަވާލައި، އެސެންޓަރުގެ ކްލަސްޓަރ/ސެކްޝަން ތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކޮށް ބަހާލައި، އިންސިޑެންޓެއް މެދުވެރިވެދާނެ ފަދަ މައުލޫމާތުތައް އިންސިޑެންޓް ކޮމާންޑަރަށް ވެސް ލިބޭނެ ފަދަ ނިޒާމެއް އެސެންޓަރުގައި ގާއިމުކޮށް، ދުވަހުން ދުވަހަށް ތަންފީޒުކުރުމަކީ އިންސިޑެންޓް ކޮމާޑަރުގެ މަސްއޫލިއްޔަތު ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިޝްކާގެ ކަން ހިނގާދިޔަގޮތް ތަހުގީގުކޮށް މިނިސްޓްރީން ނެރެފައިވާ ރިޕޯޓުގެ 03 ވަނަ ނުކުތާގައި ބުނާ ގޮތުގެ މަތިން، އެސެންޓަރުގެ ހުރިހާ ސެކްޝަންތަކުން ބޭނުންކުރަމުން އަންނަ ސޮފްޓް ވެއަރ "އައުޓް ބްރޭކް ސިސްޓަމް"އަށް ކޮންޓެކްޓް ޓްރޭސިންގ ސެކްޝަނުން ފީޑްކޮށްފައި ނުވާކަން އެނގެއެވެ.

މިހާރުވެސް 2021 މެއި 20 އިން ފެށިގެން ފައްސިވެފައިވާ ރިސްކް ކެޓަރގަރީގެ ގިނަ މީހުންގެ ބަލީގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ސެކްޝަނުގެ ޓީމް ލީޑަރުގެ އިހުމާލުން، ގަވައިދުން ސިސްޓަމަށް އަޅަމުން ނުދިޔުމާއި، ބަލިމީހާއަށް ޖެހިޖެހިގެން 02 ނުވަތަ 3 ފަހަރަކު ގުޅާފައި ފޯނު ނުނެގުމުން "އެޓެންޑެޑް" ޖެހުމަށްފަހު ކޭސް ކްލޯސް ކުރަމުން އަންނަކަމުގެ މައުލޫމާތު އެސެކްޝަނުގެ ދަރުމަވެރިންގެ ފަރާތުން ލިބެމުން އަންނަ ކަމުގައި އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން މިޝްކާގެ އާއިލާގެ ފަރާތުންވެސް މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް އައްނަނީ ތައްޔާރުވަމުންނެވެ.

ފާތިމަތު މިޝްކާމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު