Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށުފަތުރުވެރިކަން ކުރިއެރުވުން

ރަށުފަތުރުވެރިކަން ކުރިއެރުވުމާބެހޭ ގޮތުން ހދ. އަދި ށ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކޮށްފި

6 ޖޫން 2021 | އާދީއްތަ 08:04

މިނިސްޓްރީން ދަނީ ވަކިވަކި އަތޮޅުތަކުގެ ކައުންސިލްތަކާއި މަޖިލިސް މެމްބަރުންނާ ބައްދަލުކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ޖޫން 2021 | އާދީއްތަ 08:04
ޓޫރިޒަމް ޑައިވަސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ބާއްވަމުންދާ މަޝްވަރާ ބައްދަލަވުންތަކުގެ ތެރެއިން

ޓޫރިޒަމް ޑައިވަސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ބާއްވަމުންދާ މަޝްވަރާ ބައްދަލަވުންތަކުގެ ތެރެއިން

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ބާއްވަމުންދާ މަޝްވަރާ ބައްދަލަވުންތަކުގެ ދަށުން ހދ. އަދި ށ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ ބައްދަލުކޮށްފިއެވެ.

ވަރޗުއަލްކޮށް ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން ހދ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ އެކު ބައްދަލުވުން ބާއްވާފައި ވަނީ ޖޫން ފަސް ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު ށ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާ އެކު ވަނީ ބައްދަލުވުން ބާއްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުންތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި އެ މިނިސްޓްރީގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިގެން ދަނީ ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކައުންސިލްތަކާ އެކު މިނިސްޓްރީއަށް މަސައްކަތްކުރެވޭނެ ގޮތްތަކެވެ. އަދި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުރުވެފަތުުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ރަށު ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާކުރެއެވެ.

އޭގެ އިތުރުން ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ހަ ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރުމާއި ފަތުރުވެރިކަމުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމަށް ގެނެވުުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލައެވެ. އަދި ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ދޫކުރެވޭ ބިމުގެ ބީލަމުގެ މަސައްކަތްތަކުގެ ވާހަކަ އާއި އެ އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަޕްޑޭޓެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރެއެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކަމަށް ހާއްސަ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓުން ވަކިވަކި އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވަމުންދާ އިރު، މިއީރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތެކެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް