Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅީފަޅުން ބިންހިއްކަން ތައްޔާރުވުން

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގައި ކުލަޖެހެނީ: ގުޅީފަޅުން ބިންހިއްކަން ތައްޔާރުވެފައި

6 ޖޫން 2021 | އާދީއްތަ 04:21

80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 6 ޖޫން 2021 | އާދީއްތަ 04:21
ގުޅީފަޅު ބިންހިއްކުމަށް ތައްޔާރުވެފައި

ގުޅީފަޅު ބިންހިއްކުމަށް ތައްޔާރުވެފައި

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުން ގުޅާލައި ގުޅީފަޅުން ބިންހިއްކަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ފެށުމަށް ޖޫން މަހުގެ 2 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢަކީ 8.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 55 ދުވަސްތެރޭގައެވެ. 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ބިންހިއްކައި، ނިމި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުން ގުޅާލައި މިކަން ހަޤީޤަތަކަށްވުމުން މާލޭ ރައްޔިތުންނަށް 1200 ބިން ދޫކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްވަނީ ނިންމާފައެވެ. މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިންދަނީ ކުރަމުންނެވެ. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މިޕްރޮޖެކްޓާއެކު ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ ބޮޑު ބަދަލެއް އަންނާނީ ގުޅިފަޅަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު، ވިޔަފާރީގެ ގޮތުންވެސް ގުޅިފަޅުވެގެންދާނީ ސަރަޙައްދުގެ އިޤްތިޞާދީ މައި ހަބަށެވެ. މިބޮޑު މަންޒަރު ގުޅެނީ ގްރޭޓަރ މާލެ ކަނެކްވިޓީ ބްރިޖް މަޝްރޫޢާއެވެ. ގުޅިފަޅާއި ބްރިޖް ގުޅާލާ ސަރަޙައްދު ހިމެނޭހެން 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅިފަޅު ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ. ސަރުކާރުގެ ޢަމާޒަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ، އަދި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެގޮތުގައި މިބަނދަރު ހެދުމެވެ. އަދި މާލޭގައި މި ޚިދުމަތް ދިނުމަށް އޮތް ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ނިމުމުން ބަނދަރު ހިންގުމުގެ މަސައްކަތް ހަވާލުކުރާނީ މިހާރުވެސް މާލެ ވިޔަފާރި ބަނދަރު ހިންގަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއެވެ. ގުޅީފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް އެޅުމުގެ މަޝްރޫއަކީ މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިގޮތުން، ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރު ގުޅީފަޅު ޕޯރޓް ހުޅުވުމުން އެ ސަރަހައްދަށް މާލޭ ކޮމާރޝަލް ހާބާ، ނޯތު ހާބާ، އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދުމަތްތަކާއި މަސައްކަތްތައް ބަދަލު ކުރުމަށެވެ. މި ޕްރޮޖެކްޓާއެކު މާލޭގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. އަދި ވިޔަފާރިވެރިންނަށް ވެސް އަވަސް ޚިދުމަތާއެކު އޭގެ ފަސޭހަތައް ލިބޭނެއެވެ.

ގުޅީފަޅު ތަރައްގީވަމުން އަންނައިރު އެތަނުގައި ރޭސް ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ވެސް ރޭސިން ކުރިއެރުވުމަށް އެކިއިރު އެކި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ ސަރުކާރުންވަނީ ހުޅުމާލޭގައި ރޭސިން ޓްރެކެއް ހެދުމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އެހެންނަމަވެސް، މި މަސައްކަތް ކުރިއަށްދާގޮތެއް ނުވިއެވެ.

ގުޅީފަޅުއެމްޓީސީސީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް