Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެއަށް ފަތުރުވެރިން ގެނައުން

މި ދަނޑިވަޅުގައި ވެސް ރާއްޖެއިން ރައްކާތެރި ފަތުރުވެރިކަމެއް ހިންގައި، ދުނިޔެއަށް މިސާލުދައްކައިފި - މައުސޫމް

ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނާއި ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް އިޤްތިޞާދު ހުއްޓުނަނުދީ ހިންގުމަށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 02:58
މިނިސްޓަރ މައުސޫމް މާފުއްޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ތެރެއިން

މިނިސްޓަރ މައުސޫމް މާފުއްޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމުގެ ތެރެއިން

ކޮވިޑްގައި ރާއްޖެ ކުރިމަތިލި އެންމެ ނުރައްކާތެރި ރާޅާއި މިހާރު ކުރިމަތިލަމުންދާއިރު ވެސް، ރާއްޖެއިން ރައްކާތެރި ފަތުރުވެރިކަމެއް ހިންގައި، ދުނިޔެއަށް މިސާލުދައްކައިފިކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ ކޮވިޑްގެ ހަތަރުވަނަ ރާޅާއެކު އަސަރުކުރީ ލޯ ސީޒަންގެ އަމާޒަށްކަމަށާއި، އަހަރުގެ ޓާގެޓްތައް އަދިވެސް ހާސިލުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ މައުސޫމް ވަނީ ފަތުރުވެރިކަމަކީ ރާއްޖޭއަށް އެންމެ ގިނައިން އާމްދަނީ ވަންނަ މަގުކަމުގައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ މި ދަތި ދަނޑިވަޅުގައި ވެސް ދިވެހި ރައްޔިތުންނާއި ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް އިޤްތިޞާދު ހުއްޓުނަ ނުދީ ހިންގުމަށްކަމަށެވެ. މި އަމާޒުގެ ދަށުން ކުރި މަސައްކަތުން މިއަދުވެސް ރާއްޖެއަކީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބަލައިގެންފައިވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރުގެ ޙާލަތު އޮތްގޮތުން ބޯޑަރު ބަންދުކުރާނެތޯ ސުވާލުކުރުމުން މިނިސްޓަރ ވަނީ މިދިޔަ އަހަރާ ޚިލާފަށް މިއަހަރު ރާއްޖެއަށް ވެކްސިން ލިބި ގިނަ ބަޔަކު ވެކްސިން ޖަހާފައިވާކަމަށް ވިދާޅުވެފައެވެ. މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން މިސާލުދައްކަވާފައިވާކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ މިއަދާ ހަމައަށް އައިރު މި ސިނާއަތުގެ 95 އިންސައްތައަށްވުރެ ގިނަ މަސައްކަތްތެރިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ހާޑް އިމިއުނިޓީއަކާ ދިމާލަށް ދިއުމަށް ސިނާއަތުގެ 70 އިންސައްތަ މަސައްކަތްތެރިންނަށް ދެ ޑޯޒް ފުރިހަމަކުރަންޖެހޭއިރު، މިހާރު މި އަމާޒާ ވަރަށް ކައިރިވެ ދެ ޑޯޒް ފުރިހަމަކުރި މުއައްޒަފުންގެ އަދަދު އުޅެނީ 66 އިންސައްތައިގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި ސަރަހައްދުގެ ކޮވިޑްގެ ޙާލަތައް ބަލައި، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަންވެސް ސަރުކާރު އަދިވެސް ފަސްނުޖެހޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. މިނިސްޓަރ މައުސޫމް ވަނީ ކޮވިޑްގެ ޙާލަތު ރާއްޖޭގައި އެންމެ ގޯސްވި މެއި މަހުވެސް، މި ސިނާޢތް ހުއްޓުމަކަށް ނައިސް 64،613 ފަތުރުވެރިން އެ މަހުގައި ގެނެވުމަކީ ވެސް ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓަރ މައުސޫމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދީ، ފަތުރުވެރިކަމަކީ ރައްޔިތުންގެ އެއްޗަކަށް ހަދައިދޭނެކަމުގެ ޔަޤީންކަން އަނެއްކާވެސް އަރުވާފައެވެ. މިނިސްޓަރ މައުސޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ޓޫރިޒަމް ސިޔާސަތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި އޮތީ ފަތުރުވެރިކަން ރައްޔިތުންނާ ހަމައަށް ގެންގޮސް ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިކަން ހާސިލްކުރުމަށްޓަކައި ޓޫރިޒަމް ލޯކަލައިޒޭޝަނާއި ޑައިވަރސިފިކޭޝަނާބެހޭ ޔުނިޓެއް ޤާއިމްކޮށްފައިކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އަމާޒު ހިފާފައިވަނީ ޒަމާނުއްސުރެ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އަންނަކަން ކަށަވަރުކޮށް، އައު މާކެޓްތަކުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ މަޤުބޫލުކަން އިތުރުކުރުންކަމަށެވެ. މި އަމާޒުގެ ދަށުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރް.ސީގެ އިސްނެގުމާއެކު ދާއިރާގެ ސްޓޭކް ހޯލްޑަރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިހާލަތުގައި ވެސް ވާޗުއަލް ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވަމުންދާއިރު، ލިބޭ ކޮންމެ ފުރުސަތެއްގައި އެހެން ޤައުމުތަކަށް ގޮސްގެން ވެސް ރާއްޖެ އިސްތިހާރުކުރަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއެމްޕީއާރްސީޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު