Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލްޖަޒީރާ ނޫސްވެރިޔަކު ހައްޔަރުކުރުން

އިސްރާއީލް ސިފައިން ހައްޔަރުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ދޫކޮށްލައިފި

ޖިވާރާ ހައްޔަރު ކުރުމަށްފަހު އަނިޔާ ދިން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 ޖޫން 2021 | އާދީއްތަ 02:39
ޖިވާރާ - އިސްރާއީލް ސިފައިން ހައްޔަރުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ

ޖިވާރާ - އިސްރާއީލް ސިފައިން ހައްޔަރުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ

އިސްރާއީލް ސިފައިން ހައްޔަރުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ދޫކޮށްލައިފިއެވެ.

އިސްރާއީލް ސިފައިން ހައްޔަރުކޮށްފައިވަނީ، އަލްޖަޒީރާގެ އަރަބި ޗެނަލްގެ ނޫސްވެރިޔާ ޖިވާރާއެެވެ. ޖިވާރާ ހައްޔަރު ކުރީ އީސްޓް ޖެރުސަލެމްގައި ކުރިއަށްދިޔަ ހަރަކާތެއް ރިޕޯޓް ކުރަން އުޅުމުގެ ތެރޭގައެވެ. އިސްރާއީލުން ފަލްސްތީނުގެ ރައޔްިތުންނަށް އަނިޔާދެމުން އަންނަތާ 54 އަހަރުވެފައިވާތީ އެކަން ހާމަކުރުމަށް ގެންދިޔަ "ައަލް-ނަކްސާ" ހަރަކާތް އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔައެވެ.

ނޫސްވެރިޔާ ހައްޔަރު ކުރުމަށްފަހުު ގެންގުޅުނު އަލްޖަޒީރާގެ ސާމާނުތައް ވެސް އިސްރާއީލުގެ ސިފައިންވަނީ ހަލާކުކޮށްލާފައެވެ. ޖިވާރާ ހައްޔަރުކުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ޖިވާރާ ބުނީ، އޭނާ ހައްޔަރުކުރީ ކީއްވެގެން ނޭނގޭ ކަމަށެވެ. ސިފައިން އައިސް ހުރިހާ ފަރާތަކުން ވަށާލައި އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ކަމަށެވެ. ކާރުގެ ތެރޭގައިވެސް އަނިޔާ ކުރި ކަމަށް ޖިވާރާ ބުންޏެވެ.

ޖިވާރާ ހައްޔަރު ކުރިއިރު އޭނާ ހުރީ "ޕްރެސް" ޖަހާފައި އޮތް ޖެކްޓެއް ލައިގެން، އިސްލާއީލްގެ ސަރުކާރުން ދީފައި އޮންނަ ޕްރެސް ކާޑްވެސް އަޅައިގެން ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ. އެހެންނަމަވެސް ކުށްވެރިއެއްގެ ގޮތަށް އޭނާއާމެދު އަމަލު ކުރިކަމަށެވެ. އޭނާ ހައްޔަރު ކުރީ އަންހެން ފުލުހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތުގައި ކަމަށް އިސްރާއީލްގެ ސިފައިން ބުނި ކަމަށް ޖިވާރާއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވެއެވެ.

ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު ކަމަށާއި، ފުރަތަމަ ޝަރުތަކީ، 15 ދުވަސްވަންދެން ޝެއިޚް ޖައްރާހަށް ނުދިޔުން ކަމަށެވެ.

އަލްޖަޒީރާއިން މިކަން ކުށްވެރިކޮށް ބުނެފައިވަނީ، އިސްރާއީލްގެ ސިފައިން ނުސްވެރިންނަށް އަމާޒުކޮށްދޭ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށާއި، މިއީ ނޫސްވެރިންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ނޫސްވެރިން ހިމޭން ކުރުމަށް އެމީހުންނަކީ ޓެރަރިސްޓުން ކަމަށް ލޭބަލްކުރުން އިސްރާއީލް ސިފައިން މިހާރު އާއްމުކަމަކަށް ހަދައިފި ކަމަށް އަލްޖަޒީރާއިންވަނީ ބުނެފައެވެ.

އަލްޖަޒީރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިޔާ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލި މައްސަލަ އަލްޖަޒީރާއިން ކޯޓަށް ވައްދަނީ

ނޫސްވެރިޔާ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލި މައްސަލަ އަލްޖަޒީރާއިން ކޯޓަށް ވައްދަނީ

19 ޑިސެމްބަރު 2023
އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީންގެ މަރުގެ މައްސަލަ އައިސީސީއަށް ހުށަހަޅައިފި

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީންގެ މަރުގެ މައްސަލަ އައިސީސީއަށް ހުށަހަޅައިފި

06 ޑިސެމްބަރު 2022
އިންސާފު ހޯދަން ޝީރީންގެ އާއިލާއިން ބައިޑަންގެ ބައްދަލުވުމަކަށް އެދި މަޖިލީސް ދޮށަށް!

އިންސާފު ހޯދަން ޝީރީންގެ އާއިލާއިން ބައިޑަންގެ ބައްދަލުވުމަކަށް އެދި މަޖިލީސް ދޮށަށް!

30 ޖުލައި 2022
އިސްރާއީލް ސިފައިން ބޮލަށް ބަޑި ޖަހައި މަރާލި ނޫސްވެރިޔާގެ ޖަނާޒާ ބާއްވައިފި

އިސްރާއީލް ސިފައިން ބޮލަށް ބަޑި ޖަހައި މަރާލި ނޫސްވެރިޔާގެ ޖަނާޒާ ބާއްވައިފި

13 މެއި 2022
އަލްޖަޒީރާގެ ނޫސްވެރިޔާ މަރާލީ އިސްރާއިލުން، އެމައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގުކުރަން ޖެހޭ: ފަލަސްތީންގެ ރައީސް

އަލްޖަޒީރާގެ ނޫސްވެރިޔާ މަރާލީ އިސްރާއިލުން، އެމައްސަލައިގެ ބައިނަލްއަގުވާމީ ތަހުގީގުކުރަން ޖެހޭ: ފަލަސްތީންގެ ރައީސް

12 މެއި 2022

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު