Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލްޖަޒީޒާގެ ނޫސްވެރިޔާ ޝަހީދުކޮށްލި މައްސަލަ

ނޫސްވެރިޔާ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލި މައްސަލަ އަލްޖަޒީރާއިން ކޯޓަށް ވައްދަނީ

ނޫސްވެރިޔާ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލި މައްސަލައާ އެކު އެހެން ޖަރީމާތަކުގެ މައްސަލަތައް ވެސް ހުށަހަޅާނެކަމަށް އަލްޖަޒީރާއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 06:06
ނޫސްވެރިޔާ ސާމިރު އަބޫދައްޤާ

ނޫސްވެރިޔާ ސާމިރު އަބޫދައްޤާ

އިސްރާއީލްގެ ނިރުބަވެރިން އަލްޖަޒީރާގެ ނޫސްވެރިޔާ ސާމިރު އަބޫދައްޤާ ޝަހީދުކޮށްލި މައްސަލަ، ހަނގުރާމައިގެ ޖަރީމާތަކުގެ ކޯޓަށް ފޮނުވަން ނިންމާފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒިރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކެމެރާމަން ސާމިރު އަބޫދައްޤާ ޝަހީދުކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހު ޣައްޒާގެ ދެކުނުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާއެއްގެ ގޮތުގައި ބޭނުންކުރާ ޚާން ޔޫނުސްގެ ސްކޫލަކަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ހާދިސާ ރިޕޯޓް ކުރަމުން ދަނިކޮށެވެ.

އަބޫދައްޤާއަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ފަސް ގަޑިއިރަށްވުރެ ގިނައިރު ވަންދެން އޭނާގެ ހަށިގަނޑުން ލޭ އޮހޮރެމުން ދިޔަ އިރު، އެމްބިއުލާންސްތަކުން އޭނާ ޒަހަމްވި ތަނަށް ނުދެވުނު ކަމަށް އެ ނޫހުން ބުނެއެވެ.

އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނެޓްވޯކުން ޖޮއިންޓް ވޯކިން ގްރޫޕެއް އުފައްދައި، އެ ގްރޫޕުގައި އެ ކުންފުނީގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމާއި ބައިނަލްއަގުވާމީ ގާނޫނީ މާހިރުން ހިމެނޭ ކަމަށާއި އެ ގްރޫޕުން ގުޅިގެން ކޯޓުގެ ޕްރޮސެކިއުޓަރަށް ހުށަހަޅަން ޖެހޭ ފުރިހަމަ ފައިލެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނޫސްވެރިންނަށް ހަމަލާތައް އަމާޒުކުރުމަކީ ރޯމް ސްޓެޓިއުޓްގެ 8 ވަނަ މާއްދާގެ ދަށުން ހިންގާ ހަނގުރާމައިގެ ޖަރީމާއެކެވެ.

ބައިނަލްއަޤުވާމީ މީޑިއާ ނެޓްވޯކުން ބުނީ އެ ކޯޓުގެ ޕްރޮސެކިއުޓަރަށް ފައިލެއް ހުށަހަޅަން އެ ކުންފުނީގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމު ހިމެނޭ ވޯކިން ގްރޫޕެއް އެކުލަވާލާފައިވާ ކަމަށެވެ.

މީގެ ކުރިން އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި އަނބިމީހާއާއި އަންހެން ދަރިފުޅާއި ދައްތަ ގެއްލުނު އަލްޖަޒީރާ އަރަބި ކޮރެސްޕޮންޑެންޓް ވައިލް ދަހުދުހު ވެސް މިދިޔަ ހުކުރު ދުވަހު ވަނީ އެ ހަމަލާގައި ޒަހަމްވެފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގައި ޝަހީދުކޮށްލެވުނު އުމުރުން 45 އަހަރުގެ ސާމިރު ވަޅުލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ، ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ހަމަނުޖެހުންކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފައިވާއިރު، އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި 64 ރިޕޯޓަރުންނާއި މީޑިއާގެ މަސައްކަތްތެރިން މިހާތަނަށްވަނީ މަރުވެފައެވެ.

އިސްރާއީލްގެ ނިރުބަވެރިން ފަލަސްތީނުގެ ބިމާއި އިސްރާއީލުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކުގެ ތަހުގީގެއް އައިސީސީން މިހާރު ވެސް ދަނީ ކުރަމުންނެވެ.

ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އައިސީސީގެ އިހްތިސާސް އިސްރާއީލުން ގަބޫލުނުކުރާއިރު، މީގެ ކުރިން ވެސް އިސްރާއީލުންވަނީ ކޯޓަށް އެއްބާރުލުން ދޭން ދެކޮޅު ހަދާފައެވެ.

ދުނިޔެޣައްޒާފަލަސްތީނުއަލްޖަޒީރާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު