Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަފުރަތު އަމަލު ހިންގުމުގެ ކުށް

މި ސަރުކާރު ދެމިއޮތުމަށް ތާއީދުކުރާ އެކަކުވެސް ނަފުރަތުގެ ބިލަށް ތާއީދެއް ނުކުރާނެ: ޖޭޕީ

މި އިސްލާހާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ޖޫން 2021 | ހޮނިހިރު 16:47
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް | ރައްޔިތުންގެ މަޖިލިސް

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި ފިތުނަ ފަސާދަތައް އިތުރަށް ބޮޑުވާނެ ކަމަށާއި މި ސަރުކާރު ދެމިއޮންނަން ތާއީދު ކުރާ އެކަކު ވެސް މިހާރު އެ ބިލް އޮތް މަފްހޫމުގައި އެ ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ބުނެފިއެވެ.

ސަރުކާރުގެ ކޯލިޝަނުގައިވެސް ހިމެނޭ ޖޭޕީން އެބިލަށް ތާއީދުނުކުރާކަން ހާމަކޮށް އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށެވެ. ނަމަވެސް މުސްލިމަކަށް ވަނީ އޭނާ ކިޔާ ނަމަކުން ނޫންކަމަށާއި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހުރިހާ ކަމަކަށް ފުރިހަމައަށް ތަބާވުމުން ކަމަށެވެ.

Advertisement - newsAdvertisement

އަދި ތިމާއަކީ މުސްލިމެއްކަމަށް ބުނެ އިސްލާމް ދީނަށް ފުރައްސާރަކޮށް ހަދާނަމަ އެމީހަކާ ދިމާލަށް އެމީހަކީ އިސްލާމް ދީނާ ދެކޮޅު ލާދީނީ މީހެކޭ ބުނާނެކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ފާސްކުރާ ގާނޫނަކުން މަނާކުރެވޭނެ ކަމެއްވެސް ނޫންކަަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭޕީން ނެރުނު ބަޔާނުގައި ބުނީ މަޖިލީހަށް އެ ބިލު ހުށަހަޅާފައި އޮތް ގޮތަށް ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެ ބިލު ތަސްދީގު ކުރައްވައިފިނަމަ މަޖިލީހާއި އެނޫން ވެސް ތަންތަނުގައި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކާ މީހުންނަށް ގާނޫނީ ދޮރެއް ހުޅުވޭނެ ކަމަށެވެ.

ޖޭޕީން ބުނިގޮތުގައި އެ ބިލު މިހާރު އޮތް ގޮތަށް ފާސް ކުރަން މެންބަރަކު ވޯޓު ދެއްވުމަކީ އެ މެންބަރުން ކުރައްވާފައިފާ ހުވައާ ވެސް ޚިލާފުވުމެވެ. އަދި މި ސަރުކާރު ދެމިއޮތުމަށް ތާއީދުކުރާ އެކަކުވެސް އެބިލު ގާނޫނަކަށް ހަދަން ތާއީދެއް ނުކުރާނެ ކަމަށް ޖޭޕީން ބުންޏެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އަޅާ ފިޔަވަޅުތައް ގާނޫނުތަކުގައި ބުނެދީފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން އެފަދަ މީހަކާ މެދު ތަހުގީގެއް ހިންގާ ފިޔަވަޅު އަޅާފައިވޭތޯ ޖުމްހޫރީ ޕާޓީން ސުވާލު އުފެއްދިއެވެ. އަދި މިފަދަ ގާނޫނެއް ހަދައިފިނަމަ ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދިވެހި މުޖުތަމައު ފިތުނަވެ، ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށް ޖޭޕީން ބުންޏެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން އެވެ. ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ މީހެއް ނުވަތަ މުސްލިމަކު، ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެވެ.

ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހާ ގުޅޭ ގޮތުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު