Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނަށް އެމެރިކާއިން ދެމުންދާ އެހީ

އަފްޣާނިސްތާން ބިނާކުރުމަށް އެމެރިކާއިން އިތުރު 266 މިލިއަން ޑޮލަރުގެ އެހީދެނީ

އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށް އަންނަނީ ތައްުޔާރުވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2021 | ހޮނިހިރު 04:00
ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީ އަފްޣާންު ފުލުހެއް ހަރަކާތްތެރި ވަނީ

ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީ އަފްޣާންު ފުލުހެއް ހަރަކާތްތެރި ވަނީ

އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށް ތައްޔާރުވަމުން އަންނައިރު އެމެރިކާއިން އަފްޣާނިސްތާނަށް އިތުރު 266 މިލިއަން ޑޮލަރުގެ އެހީ ދޭނެކަމަށް ބުނެފިއެވެ.

ހަނގުރާމަައިގެ ސަބަބުން ހަލާކުވެފައިވާ އަފްޣާނިސްތާން ބިނާކުރުމަށް އެމެރިކާއިން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެހީތެރިކަން ދޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބާނެކަން ހާމަކުރުމާއެކު އެގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ތާލިބާނުންގެ ބާރު އަންނަނީ ގަދަވަމުންނެވެ. މިއާއެކު އަނެއްކާވެސް އަފްޣާނިސްތާނު ކުރީގެ ހާލަތަށް އަތުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އެމެރިކާއިން އަފްޣާނިސްތަނަށް އަރާފައިވަނީ އެގައުމުގައި ހަރަކާތްތެރިވަމުންދިޔަ ތާލިބާނުންގެ ބާރު ކަނޑުވާލާ އެގައުމުގައި ސަރުކާރެއް ގާއިމުކުރުމަށް އެހީވެދިނުމަށެވެ.

ގާތްގަނޑަކަށް 20 އަހަރުވުމާ ކައިރިވެފައިވާ މިހަނގުރާމަ ނިމުމަކަށް ގެނެސް އެގައުމުގައި ތިބި އެމެރިކާގެ ސިފައިން ބާލާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގައުމަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި އިންސާނީ އެހެން އެހީތެރިކަންވެސް ދޭނެކަމަށް އެމެރިކާއިން ވަނީ ވައުދުވެފައެވެ.

އެހެންނަމަވެސް ކުރިން ކަންތައްތައްވީގޮތަށް އިންސާނީ ހައްގުތަކަށް ވަކިން ޚާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އަރައިގަންނަ ކަމަށްވާނަމަ އެހީތެރިކަން ދިނުން މެދުކަނޑާލާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފޭބިކަމުގައިވީނަމަވެސް އެމެރިކާގެ ނިންމުން ވަރަށް ސާފުކަމަށެވެ. އެއީ ޑިޕްލޮމެޓިކް ގޮތުން އެގައުމާއެކު ގުޅުން ބަދަހިކުރާނެކަމަށާއި އިގްތިޞާދީ ގޮތުންނާއި އަފްޣާނިސްތާނުގައި ސުލްހަ ދެމެހެއްޓުމަށް އެހީތެރިވެދެވެން ހުރިހުރިހާ ދާއިރާތަކުން އެމެރިކާއިން އެހީތެރިވެދޭނެކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން އިތުރު 266 މިލިއަން ޑޮލަރުގެ އެހީތެރިކަން ދޭނެކަމަށް ބުނެފައިވާއިރު މިއާއެކު އެމެރިކާއިން އަފްޣާނިސްތާނަށް ދޭ އެހީތެރިކަން މިވަނީ 3.9 ބިލިއަން ޑޮލަރާ ކައިރިކޮށްފައެވެ. 2002 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އަންނަނީ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމެރިކާގެ މިއެހީ އަފްޣާނިސްތާނުގެ 18 މިލިއަން މީހުންނަށް ބޭނުންކުރާނެއެވެ. އޭގެތެރޭގައި ހަނގުރާމައިގެ ސަބަބުން މިއަހަރު އެކަނިވެސް އެމީހުންގެ ގެތަކުން ނިކުމެފައިވާ 115،000 މީހުން ހިމެނެއެވެ.

މިއެހީ ބޭނުންކުރާނީ ބޯހިޔާވަހިކަން ގާއިމުކުރުމާއި ވަޒީފާގެ ފުރުސަތުތައް ގިނަކުރުމަށާއި ސިއްހީ ކަންކަމަށާއި ކާނާ އާއި ފެނާއި ނަރުދަމާ އަދި ކޮވިޑް-19ން ރައްކާތެރިވުމަށް ކުރަމުންދާ ކަންކަމަށެވެ.

އަދި އަފްޣާނިސްތާނުގައި އެންމެ ބޮޑަށް އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ އަންހެނުންނާއި އަންހެންކުދިންނަށްވެސް މިއެހީތެރިކަން ބޭނުންކުރާނެއެވެ. އަފްޣާނިސްތާނުގެ ޖިންސީ ހަމަހަމަކަމުގެ ތަފާތު ބޮޑުކަމުން އަންހެނުންނަށް ވަނީ ވަރަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައެވެ. އޭގެތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަވަނީ އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތުތައް ބަންދުކުރުމެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!

02 ފެބުރުއަރީ 2017
އެމެރިކާއިން އިރާނަށް "ނޯޓިސް" ދީފި!
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު