Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޕީއެލް ހިޔާގައި ތބި ބިދޭސީންގެ ހާލަތު

އެމްޕީއެލް ހިޔާގައި ތިބި ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެކުރިން ހައްގު އުޖޫރަ ދިނުމަށް އެޗްއާރުސީއެމުން އެދިއްޖެ

އެމްޕީއެލް ހިޔާގެ ހާލަތު ދެނެގަތުމަށް ކޮމިޝަނުން މެއި މަހުގެ 31 ވަނަ ދުވަހު ޒިޔާރަތްކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2021 | ހޮނިހިރު 04:24
ހުއްދަ ނެތި ކާފިއު ގަޑީގައި ބޭރުގައި އުޅުނު ބައެއް ބިދޭސީން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންދަން ތައްޔާރުވެފައި

ހުއްދަ ނެތި ކާފިއު ގަޑީގައި ބޭރުގައި އުޅުނު ބައެއް ބިދޭސީން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންދަން ތައްޔާރުވެފައި

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ހައްގު އުޖޫރަ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރު ކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އެޗްއާރުސީއެމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޕީއެލް ހިޔާގެ ހާލަތު ދެނެގަތުމަށް އެކޮމިޝަނުން މެއި މަހުގެ 31 ވަނަ ދުވަހު އެހިޔާއަށް ޒިޔާރަތްކޮށްފައިވާނެ ކަމަށެވެ. މިޒިޔާރާތުގެ މަގްސަދަކީ ސައް ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރީން ހިފަހައްޓަމުންދާ ގޮތުގެ މަޢުލޫމާތު ހޯދައި ތަނުގެ ހާލަތު އޮޅުންފިލުވައި އަދި އެތަނުގައި އެވަގުތު ތިބި ބިދޭސީ މަސައްކަތްތެރީން އަސާސީ ހައްގުތައް ފޯރުކޮށްދެވިފައިވޭތޯ ކަށަވަރު ކުރުންކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

Advertisement - newsAdvertisement

އެގޮތުން އެޗްއާރުސީއެމްގެ މި ޒިޔާރަތުގައި ތަނުގެ މައުލޫމާތު ސާފުކޮށް ހާލަތު ބެލުމުގެ އިތުރުން އެތަނުގައި އެވަގުތު ބައެއް ބިދޭސީ މަސައްކަތްތެރީންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެޗްއާރުސީއެމުން ބުނީ މި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ކޮމިޝަނުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ހުށަހެޅިބައެއް ކަންތައްތަކުގެ ތެރޭގައި އެމްޕީއެލް ހިޔާގައި ތިބި ބިދޭސީ މަސައްކަތްތެރީން ކޮވިޑް-19އަށް ޓެސްޓުކޮށް ނަތީޖާލިބުމާ ހަމައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ބޭތިއްބުމާއެކު އަލަށް މަރުކަޒަށް ގެންނަ މީހުންނާ ވަކިވާނެހެން ބޭއްތިއްބޭނެ ނިޒާމެއް ވަގުތުން ކަނޑައެޅުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެމްޕީއެލް ހިޔާއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަކަށް ދައްކައި ސިއްހީ ގޮތުން ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހެއްނަމަ ކާންޖެހޭ ބޭސް މެދުނުކެނޑޭކަން ކަށަވަރުކުރުމަށްވެސް ހުށަހަޅާފައިވެއެވެ. އިތުރު ހުށަހެޅުންތަކުގެ ތެރޭގައި މަރުކަޒުގައި ތިބި ބިދޭސީ މަސައްކަތްތެރީންނަށް މަރުކަޒަށް ގެންދެވުނު ސަބަބާއި އަދި އެތަނުގައި ބައިތިއްބާނެ މުއްދަތު އެންގުމާއެކު އަންނައުނު ލިބޭނެ އިންތިޒާމް ހަމަޖެހެންދެން އަންނައުނު މިހާރުން މިހާރަށް ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި ހަމައެހެންމެ އެމްޕީއެލް ހިޔާ އަށް ގެނައުމުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރީންގެ އަތުން އަތުލާފައިވާ ތަކެތި އެފަރާތްތަކަށް ހަވާލުކުރާނެ މުއްދަތެއް ކަނޑައަޅައި އެކަން އެފަރާތްތަކަށް އަންގައި ތަކެތި ހަވާލުކުރަންވެސް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ.

އެޗްއާރުސީއެމްގެ މި ޒިޔާރާތަށްފަހު އެކުލަވާލާފައިވާ ރިޕޯޓުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހެޅި އިތުރު ހުށަހެޅުންތަކަށްބަލާއިރު، އެމްޕީއެލް ހިޔާއަށް ގެނެވޭ ފަރާތަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއްނަމަ، އެފަރާތަކަށް ލިބެންޖެހޭ ފަރުވާލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި ހަމައެހެންމެ އެތަނަށް ގެނެވޭ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ވަޒީފާގައި އުޅޭ މީހުންގެ ބަލަދުވެރި ފަރާތަށް ގުޅައި ވާހަކަދެއްކޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

މި ހުށަހެޅުންތަކުގެ އިތުރުންވެސް، މި ޒިޔާރާތުގައި ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ދައުލަތުގެ އިދާރާތަކަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

ވާކް ވިސާ ނެތި އަދި ކޯވިޑް-19އާ ގުޅިގެން ކަނޑަޅާފައިވާ ކާފިއު ވަގުތުގައި ގަވާއިދާ ޚިލާފަށް މަގުމަތީގައި އުޅޭ މީހުން ހިފަހައްޓައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދަން ފެށީ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ކާފިއު ގަޑީގައި މަގުމަތީގައި އުޅުނު 106 ބިދޭސީއެއް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް ޚާއްސަކޮށް މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގަޔާއި ގުޅީފަޅުގައި ވަގުތީ ހިޔާތަކެއް ގާއިމުކޮށްފައެވެ. މީގެއިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި އެމީހުންގެ ތެރެއިން އަމިއްލައަށް އެދިގެން ގައުމަށް އަނބުރާ ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަނީ އެފުރުސަތު ދީފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު