Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމާވެށީގެ ދުވަސް

މާހައުލީ ނިޒާމު ރައްކާތެރި ކުރުމަށް އެންމެނަށްވެސް މަސައްކަތް ކުރެވޭނެ- މިނިސްޓްރީ

4 ޖޫން 2021 | ހުކުރު 18:49

މާހައުލުތައް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 4 ޖޫން 2021 | ހުކުރު 18:49
މިނިސްޓަރު އާމިނަތު ޝައުނާ

މިނިސްޓަރު އާމިނަތު ޝައުނާ

މާހައުލީ ނިޒާމު ރައްކާތެރިކުރުމަށް ކޮންމެ މީހަކަށް ވެސް ފަރުދީ ލެވެލްގައި ކުރެވޭނެ މަސައްކަތްތައް ހުންނާނެ ކަމަށް އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މާހައުލީ ނިޒާމުތައް އިޔާދަކުރުމަށް، ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން، ގަސް އިންދުމާއި، މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި ސާފުކޮށް، ވެށި ސާފުކޮށް ބެލެހެއްޓުމާއި، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެންނަށްވެސް ބާރުއެޅުންފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަން ކަމަށް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ ގަސްގަހާގެއްސަކީ އޭގެ ސަބަބުން ވައި ސާފުވެ، ނަފްސާނީ ދުޅަހެޔޮކަންވެސް އިންސާނުންނަށް ލިއްބައިދޭ އެއްޗެއް ކަމަށެވެ. މިކަމުންވެސް ގުދުރަތީ މާހައުލުގެ މުހިއްމުކަން ދޭހަވާ ކަމަށާއި، ރާއްޖެއަކީ ރީތި ގޮނޑުދޮށްތަކާއި މޫދު ވަށައިގެންވާ އަދި މުއްސަނދި ފަރުގެ މާހައުލުތަކާއި ކަނޑުއަޑީގެ ބަގީޗާ ތައް ހިމެނޭ ތަނަކަށް ވީހިނދު އެމާހައުލުތައް ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ ރަނގަޅަށް އަދާނުކުރެވޭނަމަ އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތައް ލިބިގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެހެންވީމަ މިއަދު ވިސްނައި ނަޒަރު ހިންގަންވީ ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް އަޅުގަނޑުމެން ކުރަނީ ކޮންކަމެއްތޯ އާއި، އިތުރަށް ކުރެވޭނީ ކޮންކަމަކާ މެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި، ގުދުރަތީ ގޮތުން ޚާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި، ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮންމެ އަހަރެއްގައިވެސް 05 ޖޫން ގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން ފަށާފައިވަނީ 1974ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށީގެ މުހިއްމު ކަމާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ،Ecosystem Restoration”"  ނުވަތަ މާހައުލީ ނިޒާމުތައް އިއާދަކުރުމެވެ. މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ވަރަށް މުހިއްމު ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިދުވަސް ފާހަގަ ކުރުމުގެ ގޮތުންމާދަމާ 14:30 ގައި ބާއްވާ އޮންލައިން ރަސްމިއްޔާތެއްގައި މިމަސައްކަތްތައް ފެށިގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް