Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާމްދަނީން ޓެކްސް ނެގުމުގެ ބިލް

ކައިވެނި ހަދިޔާއިން ޓެކްސް ނަގާކަމަށް ބުނާ އިސްލާހާއެކު ގިނަ ބަޔަކު އޮޅުމެއްގައި

4 ޖޫން 2021 | ހުކުރު 12:10

އިބްތިދާއީ ބަހުސް ނިންމާލާފައިވާއިރު ދެން އޮންނާނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް އިސްލާހު ހުށަހެޅުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 4 ޖޫން 2021 | ހުކުރު 12:10
ބިލަށް ހުށަހެޅުނު އިސްލާހާއެކު ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައި- ފިނޭންސް މިނިސްޓްރީ

ބިލަށް ހުށަހެޅުނު އިސްލާހާއެކު ގިނަ ބަޔަކަށް ވަނީ އޮޅުން އަރާފައި- ފިނޭންސް މިނިސްޓްރީ

ކައިވެނީގެ ހަދިޔާގެ ގޮތުން ލިބޭ އެއްޗެހިން އިންކަމް ޓެކްސް ނެގޭނީ ވަކި ހާލަތްތަކެއްގައި އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ރާއްޖެއެމްވީއަށް ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ހުށައެޅުނު އިސްލާހުތަކާއެކު ވަރަށް ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި އިސްލާހުގައި ވަނީ، ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ އެ ހަދިޔާ ލިބިފައިވަނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިިބިފައިވާ ނަމަ އެކަނި ކަމަށެވެ.

އަދި ހަދިޔާ ލިބިފައިވަނީ އެ މުއްދަތުގައި ނޫން ނަމަ އެ އެއްޗަކީ ލިބުނު އާމްދަނީއެއް ކަމަށް ބަލައި، އެއިން ޓެކްސް ނެގޭނެ ކަމަށެވެ. ވުމާއެކު މިކަން ހުރިހާ ރައްޔިތުންނަށް ވެސް އެނގުން މުހިއްމު ކަމަށް ފިނޭންސުން ބުނެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާލާފައިވާއިރު ދެން އޮންނާނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް އިސްލާހު ހުށަހެޅުމެވެ. ބިލް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

މި ގާނުނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި، ވަޒަންވެރިވެފައިވާ ނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން އިންޓަރ ކަނެކްޝަން ޗާރޖް، އަދި ރިއިޝުއަރެންސް ޕްރިމިއަމް އިން ދަ ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށާއި، ޓެކްސް ނަގަން ފެށިފަހުން ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށާއި، އާމްދަނީން ޓެކްސް ނެގުނުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި، ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމަށެވެ.

ބިލުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި، ޓެކްސް ނެގޭނެ އެއްޗެހީގެ ލިސްޓުގައި، ގާނޫނާ ޚިލާފަށް ލިބޭ މުދަލާއި ފައިސާ އާއި، ހޯދި ގޮތް ނޭނގޭ މުދަލާއި ފައިސާއާއި، އަދި އިންވެސްޓްމެންޓް އެންމެހައި މުދާ ހިމަނައި އިތުރު ކުރުން ހިމެނެއެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ފުރައިގެންދާ އުޅަނދަކުން ޓެކްސް ނަގާނީ، އެފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތަކަށް ވާނަމަ، ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތްތަކަށް ލިބޭ ކޮމިޝަނާއި، ރާއްޖޭގައި މުނިފޫހި ފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާރޗް ތަކަށް ލިބޭ އާމްދަނީ އާއި، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެގެކޮޅަށް ހިނގާ ޚަރަދާއި، ރައީސަށް ޚާއްސަ ރަށާއި، ނައިބު ރައީސަށް ޚާއްސަ ގެކޮޅަށް ހިނގާނެ ޚަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަދި، އުމްރާނީ ވަސީލަތްތައް ތަރައްގީކުުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވިޔަފާރިތަަކަށް ލިބޭ އާމްދަނީ، އިކޮނޮމިކް މިނިސްޓަރގެ ލަފާގެ މަތިން ގާނޫނުގެ ދަށުން ޓެކްސް ނެގުން ފަސް އަހަރުގެ މުއްދަތަކަށް އިސްތިސްނާ ކުރުމުގެ ބާރު ރައީސަށް ލިބި ދިނުން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް