Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އެހީތެރިވެދީގެން: ޚުތުބާ

4 ޖޫން 2021 | ހުކުރު 09:23

އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދު ބޭނުންވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖޫން 2021 | ހުކުރު 09:23
ފައިލް ފޮޓޯ، އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

ފައިލް ފޮޓޯ، އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ

މުސްލިމުންނަކީ ފޭރާމެއްގެ ރޮދިތަކެއް ފަދައިން އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއް ކަމަށާއި، ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އެހީތެރިވެދީގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށާއި، އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ފަދަ ގޮތަކަށް ކަމަށެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ އަޅާލުމަކީ ވާޖިބު ކަމެއް ކަމަށާއި، މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރި ވެގެން ކަމަށެވެ. އެގޮތުން ތިމާއާއި އަނެކުންގެ ރައްކާތެރި ކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމްކޮށް، އެކަމުގައި އެ ފަރާތްތަކަށް އެހީތެރިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭ ކަމަށެވެ. އަދި މިނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، މާތްﷲ ގެ ޙަޟްރަތުގައި ކުރެވޭ ދުއާގައި މުސްލިމް އަޚުންނާއި އުޚްތުން ޝާމިލުކޮށް، އަޅައިލުމަށް ޚުތުބާގައި ވަނީ ގޮވައިލާފައެވެ.

އިސްލާމީ މުޖުތަމައުތަކުގައި ވެސް އެހެންމީހުންގެ އެހީތެރިކަމާއި، އަޅާލުން ބޭނުންވާ ބަޔަކު، ދިރިއުޅެމުން ދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލަން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަގީރުންނާއި، ޔަތީމުންނާއި، އަޅާލާނެ ބަޔަކު ނެތް މީހުންނަށް، އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށާއި، އެމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް ކަމަށާއި، ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލާ އެހީތެރިވުމަކީ އޭނާގެ މައްޗަށްވާ، ދީނީ ވާޖިބެއް ކަމަށެވެ. އަދި އިސްލާމީ މުޖުތަމައުތަކުގެ އަފްރާދުން ވާންޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބައެއް ކަމުގައި ކަމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ މިކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް