Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޝްކާގެ މަރުގެ މައްސަލަ

އިހުމާލުގެ ތަހުގީގަށް ވަގުތު ނަގަނީ ގިނަ ކަންކަން ބަލަން ޖެހުމުން – ހެލްތު މިނިސްޓްރީ

މިނިސްޓްރީން ހުކުރު ދުވަހުގެ ހެނދުނު ކުރި ޓްވީޓްގައި ބުނެފައި ވަނީ ވީ އެންމެ އަވަހަކަށް ނިންމޭތޯ މަސައްކަތް ކުރަމުން ދާކަމަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 4 ޖޫން 2021 | ހުކުރު 05:09
ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ

ކޮވިޑް ބަލީގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލައިގެ ކޭސް ރިވިއު ލަސްވަނީ ގިނަ ކަންކަން ބަލަން ޖެހުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެންމެ ފުރަތަމަ ވިދާޅުވެފައި ވަނީ މިޝްކާ ނިޔާވި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ބުދަ ދުވަހުގެ ރޭ ނެރޭނޭ ކަމަށެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގެ މެންދުރު މިނިސްޓްރީން ބުނެފައި ވަނީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރު ފަހު ހާމަ ކުރާނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް މިނިސްޓްރީން ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓު ނެރެފައެއް ނުވެއެވެ.

ރިޕޯޓު ނެރުން ލަސްވުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ހެނދުނު ކުރި ޓްވީޓްގައި ބުނެފައި ވަނީ, މިޝްކާ ނިޔާވުމާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް މައްސަލައިގައި ގިނަކަންކަން ބަލަން ޖެހުމުން އިތުރު ވަގުތު ނަގާ ކަމަށާއި, ވީ އެންމެ އަވަހަކަށް ރިޕޯޓް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފާތިމަތު މިޝްކާއަކީ ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. މިޝްކާ ނިޔާވީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 ގައެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެރޭ, މިޝްކާގެ ހާލު ދެރަވެ އެމަބިއުލާންސް އަށް ގުޅުމުން, އެމްބިއުލާންސް އައީ 2 ގަޑިއިރާ 30 މިނިޓް ފަހުން ކަމަށާއި އޭރު މިޝްކާ އޮތީ ހުއްޓިފައި ކަމަށް އާއިލާއިން ބުނެއެވެ. އަދި އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ.

އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ފެށުނު އިރު ރެސްޕޮންޑްނުކޮށް ގިނަ އިރު ވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައެވެ. އޭނާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުގައި އޮންނަތާ 24 ގަޑި އިރުފަހުން ކަމަށް އާއިލާއިން ބުނެއެވެ.

މިޝްކާ ނިޔާވި މައްސަލާގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލެއް އޮތްތޯ ބަލަމުންދާއިރު، އެކަމުގައި މިނިސްޓަރގެ އިހުމާލެއް އޮތްތޯ ބައްލަވައި އޮތް ނަމަ އިސްތިއުފާ ދެއްވުމާ ދޭތެރޭ ގޮތެއް ނިންމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު