Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ އަށް ފަތުރުވެރިކަމުން ފައިދާ ހޯދައިދިނުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް ހއ. އަތޮޅު ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

4 ޖޫން 2021 | ހުކުރު 03:09

ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2021 | ހުކުރު 03:09
ހއ. ހޯރަފުއްޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންތަކެއް

ހއ. ހޯރަފުއްޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންތަކެއް

ހއ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހަބަކަށް އެ އަތޮޅު ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ފަތުރުވެރިކަމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ "ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމާ ބެހޭގޮތުން ހއ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ރަށު ފަތުރުވެރިކަން ކުރިއަރުވައި ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަނެއްކާވެސް ދެއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފަތުރުވެރިކަމުން ރަށްރަށުގެ ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކައުންސިލްތަކާ އެކު މަސައްކަތްކުރާނެ ކަމަށާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަތުރުވެފަތުުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ހއ. އަތޮޅު ތަރައްގީވެގެން އަންނާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ ރައްޒާން އަދި ޑިރެކްޓަރ ޝިނާން ވަނީ ބައްދަލުވުގެ ބައިވެރިންނަށް ޕްރެޒެންޓޭޝަނެް ހުށަހަޅައިދީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ހަ ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒުކުރުމަށް ގެނެވުުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީ އާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ. އަދި ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމަށް ދޫކުރެވޭ ބިމުގެ ބީލަމުގެ މަސައްކަތްތަކުގެ ވާހަކަ ވަނީ ދައްކަވާފައެވެ. އަދި މިނިސްޓްރީގެ ޕްލޭނިން އޮފިސަރ އަބްދުﷲ އިޔާޒް ވަނީ ހއ. ގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އަޕްޑޭޓެއް ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ހއ. އަތޮޅުގެ ރައީސް، މޫސާ ޝާފީގު ވަނީ އެއަތޮޅުގައި އައު ރިސޯތްތައް ހުޅުވި، ޓޫރިޒަމް ޑައިވާސިފިކޭޝަން ޕްރޮޖެކްޓްގެ މަސައްކަތްތަކާ އެކު ލޯކަލް ޓޫރިޒަމް ފުޅާވެ، ހޯމް ސްޓޭ ވިޔަފާރި އާއި ގެސްޓް ހައުސް، ހޮޓާތައް ހުޅުވި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ލިބެންފަށާނެ ކަމަށް ވިދާޅުވެފައެވެ. ބައްދަލުވުމުގައި ބައިވެރިވި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުން ވަނީ ހއ. ގެ ފަތުރުވެރިކަން ފުޅާކުރުމަށް މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި މަޖިޅިލީހުން ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި އަތޮޅުގެ ފަސް މެމްބަރުން ގުޅިގެން މަސައްކަތްކުރާނެ ކަަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިކަމަށް ހާއްސަ ޔުނިޓެއް ގާއިމްކޮށް އެ ޔުނިޓުން މިވަނީ ވަކިވަކި އަތޮޅުތަކުގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވަން ފަށާފައެވެ. އެގޮތުން ޖޫން ދެ ވަނަ ދުވަހު ހއ. އަތޮޅުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާއި އެކު ކުރިއަށްގެންދެވުނު މި ބައްދަލުވުމަކީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް