Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝައުނާއަށް ރުހުންދިނުމަށް ކޮމިޓީން ފާސްކުރުން

އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާއަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

ޝައުނާ މިނިސްޓަރު ކަމަށް އައްޔަނުކުރައްވާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖޫން 2021 | ހުކުރު 03:03
އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާ

އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމުގައި ހުންނެވި އާމިނަތު ޝައުނާއަށް ރުހުންދިނުމަށް އެކަން ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ޝައުނާގެ ކިބައިގައި ފުރިހަމަވާކަމަށެވެ. އެހެންކަމުން ޝައުނާއަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ރ ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުންދިނުމަށް ޝަަރުތު ފުރިހަމަވާ ފަރާތެއްކަމަށް ކޮމިޓީއަށް ފެންނަކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކޮމިޓީން ޝައުނާއަށް ރުހުންދިނުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޝައުނާ މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރެއްވުމުގެކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓެރީގެ މަގާމުގައެވެ. މީގެއިތުރުން ޝައުނާ ވަނީ އެންމެ ފުރަތަމަ އުފެދުނު އެމްޑީޕީ ސަރުކާރުގައި 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ހަަމައަށް ރައީސް އޮފީހުގައި ޕޮލިސީ އޮފީސް ބައިގައި އަންޑަރސެކެޓްރީގެ މަގާމު ފުރުއްވާފައެވެ. އޭރު އެމްޑީޕީ ސަރުކާރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތުތައް މެނޭޖްކުރުމުގެ މަސައްކަތް ޝައުނާ ވަނީ ކުރައްވާފައެވެ. އަދި އޭރު ރައީސަށް ލަފާއެރުވުމަށް އުފައްދަވާފައިވާ ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގައި ވެސް ޝައުނާ މަސައްކަތްކުރެއްވިއެވެ. މީގެއިތުރުން 2020 ވަނަ އަހަރަށް ކާބަން ނިޔުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް އޭރު ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަންފީޒުކުރުމަށް ހިންގި ޕްރޮގްރާމްތަކުގައި ޝައުނާ އިސްދައުރެއް އަދާކުރައްވާފައިވެއެވެ.

މީގެއިތުރުން ޝައުނާ ވަނީ ޕޮލިޓިކަލް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް އެންޑް އެކޮނިމިކްސް އިން ބެޗެލާރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

އެންވައިރަންމެންޓް މިނިސްޓްރީ އާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް އެއްކޮށްލައި މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޝައުނާ އައްޔަނުކުރައްވާފައިވަނީ ހުސްވި މެއި މަހުގެ 5 ވަނަ ދުވަހުއެވެ. އައު މިނިސްޓްރީ އުފެއްދެވުމާއެކު މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ވަނީ އުވިގެން ގޮސްފައެވެ.

ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއަކީ މިސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީއެކެވެ. އެމިނިސްޓްރީގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު އެމިނިސްޓްރީއަށް ވަކި މިނިސްޓަރަކު އައްޔަނު ކުރައްވާފައެއްނުވެއެވެ. އެއަށްފަހު އެމިނިސްޓްރީ އުވާލައްވައި އެންވަޔަރަންމަންޓް މިނިސްޓްރީއާ އެއްކޮށްލެއްވީއެވެ.

މިއީ މިިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލެވުނު ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެނަމުގައި މިނިސްޓްރީއެއް ވުޖޫދުކޮށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ ނަމުގައި ހިންގީ 11 ނޮވެންބަރު 1998ން 14 ޖުލައި 2005 އަށެވެ. ދެވަނައަށް މި ސަރުކާރުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ ނަމުގައި ވަކި މިނިސްޓްރީއެއް ހުރީ 17 ނޮވެންބަރު 2018 އިން 5 މޭ 2021 އަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު