Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާގައި ކޫމަން މަޑުކުރުން

ބާސާގައި ކޫމަން މަޑުކުރާނެ: ލަޕޯޓާ

ބާސާއިން ވަނީ މި ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖޫން 2021 | ބުރާސްފަތި 20:58
ބާސެލޯނާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

އަންނަ ސީޒަނުގައިވެސް ބާސެލޯނާގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ކަމަށް އެ ކުލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސާގެ ކޯޗުގެ މަގާމާ ކޫމަން ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭރު ބާސާގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއުއެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު މަގާމުން އިސްތިއުފާދީފައިވާއިރު، ބާސާގެ އައު ރައީސްގެ މަގާމަށް ލަޕޯޓާ ވަނީ އިންތިޚާބުކޮށްފައެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ބާސާގެ ކޯޗަކަށް އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ގެންނަން ލަޕޯޓާ ބޭނުންވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލަޕޯޓާ ވަނީ އަންނަ ސީޒަނުގައިވެސް ބާސާއަށް އިރުޝާދުދޭނީ ކޫމަން ކަމަށް ބުނެފައެވެ.

ބާސާގައި ކޫމަން މަޑުކުރާއިރު، އެ ޓީމުން އަންނަނީ މި ޓްރާންސްފާ ބާޒާރުގައި ބައެއް މުހިންމު ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން އެ ޓީމުން ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި ސްޕެއިނުގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާގެ ސޮއި ހޯދާފައެވެ. މީގެ އިތުރުން ކޫމަން ބޭނުންވާ ދެ ކުޅުންތެރިން ކަމަށްވާ ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި އާއި ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ވަރަށް އަވަހަށް އެ ޓީމާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ސީޒަނުގައިވެސް ކޫމަން ބާސާއަށް އިރުޝާދުދޭއިރު، ކޫމަނުގެ އިރުޝާދުގެ ދަށުން ބާސާއިން ވަނީ މި ސީޒަނުގެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

31 މާރިޗު 2018
ލެވަންޑޯސްކީ ބަޔާންގައި މަޑުކުރާނެ!

ލެވަންޑޯސްކީ ބަޔާންގައި މަޑުކުރާނެ!

27 މާރިޗު 2018
ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ: ގާޑިއޯލާ

ސަންޗޭޒް އާސެނަލްގައި މަޑުކުރާނެ: ގާޑިއޯލާ

01 ޖެނުއަރީ 2018
އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

28 ނޮވެމްބަރު 2017
ކޮންޓްރެކްޓް އައު ކުރުމަށް ފަހު މެސީ ރިޓަޔާ ވެސް ކުރާނީ ބާސާގައި: ޒަވީ

ކޮންޓްރެކްޓް އައު ކުރުމަށް ފަހު މެސީ ރިޓަޔާ ވެސް ކުރާނީ ބާސާގައި: ޒަވީ

22 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު