Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްކޯ ރެއާލްގައި މަޑުކުރުން

އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ޒިދާން ދީފި

މިދިޔަ ސީޒަނުގެ ފަހު ބައިގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އިސްކޯ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 31 މާރިޗު 2018 | ހޮނިހިރު 12:42
އިސްކޯ އަދި ޒިދާން

އިސްކޯ އަދި ޒިދާން

އަންނަ ސީޒަނުގައި ވެސް ރެއާލް ކުޅުންތެރިޔެއްގެ ގޮތުގައި އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު އިސްކޯ ދެމިހުންނާނެ ކަމުގެ ޔަގީންކަން އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ދީފިއެވެ.

އާޖެންޓީނާއާ ދެކޮޅަށް ސްޕެއިން ކުޅުނު އެކުވެރި ކަމުގެ މެޗު އެ ޓީމުން 6-1 އިން ކާމިޔާބުކުރި އިރު އިސްކޯ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދާފައެވެ. ސްޕެއިންގެ ގައުމީ ޓީމަށް އިސްކޯ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އޭނާއަށް މި ސީޒަނު ރެއާލް މެޑްރިޑްގެ ޓީމުން ފުރުސަތު ދެމުން އަންނަނީ ވަރަށް މަދުންނެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން އިސްކޯ ބުނީ ސްޕެއިންގެ ކޯޗު އޭނާއަށް އިތުބާރު ކުރާ ކަމަށާއި އެހެން ނަމަވެސް ޒިދާން އޭނާއަށް ފުރުސަތު ނުދެނީ އޭނާއަށް އިތުބާރު ނުކުރާތީ ކަމަށް އެކަށީގެންވާ ކަމަށެވެ.

ހުކުރު ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ އޭނާއަކީ ވަރަށް އިންސާފުވެރި މީހެއް ކަމަށާއި އެއީ އިސްކޯއަށް ގޯސްކޮށް ބުނެވުނު ވާހަކައެއް ކަމަށެވެ. އޭނާ ބުނީ ސްޕެއިންގައި އިސްކޯއަށް ދީފައި ވަނީ ތަފާތު ރޯލެއް ކަމަށާއި އެހެން ނަމަވެސް ރެއާލްގައި ވެސް އޭނާއަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. ޒިދާން ބުނީ ކޮންމެ ކުޅުންތެރިޔަކު ވެސް ގިނަ މެޗު ކުޅެން ބޭނުންވާ ކަމަށާއި އިސްކޯއަށް ފުރުސަތު ނުދެވުނު ކަމުގައި ވިޔަސް އޭނާއަކީ ޓީމުގައި ވަކި މަގާމެއް ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ.

ޒިދާން ބުނީ އޭނާގެ ވަޒީފާއަކީ ކޮންމެ މެޗެއްގައި ވެސް ކުޅޭ އެގާރަ ކުޅުންތެރިން ޓީމަށް ހޮވުން ކަމަށާއި އިސްކޯއާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. އިސްކޯއަށް ފުރުސަތު ނުލިބުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ކުޅޭ ކޮންމެ މެޗެއްގައި ވެސް ޓީމަށް އޭނާ 100 އިންސައްތަ ދޭ ކަމަށެވެ. އިސްކޯގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި 25 ކުޅުންތެރިންގެ ސްކޮޑަކުން އެގާރަ ކުޅުންތެރިން ޓީމަށް ހޮވުމަކީ ކޮންމެ ކޯޗަކަށް ވެސް އުނދަގޫވާނެ ކަމެއް ކަމަށް ޒިދާން ބުނެފައިވެއެވެ.

މީގެކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިދާން ބުނީ އަބަދު ވެސް ޓީމުގައި ތިބޭ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި ޓީމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ޒިދާން ބުނީ އިސްކޯއަކީ މީގެކުރިން ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އޭނާ އެ ކުޅުން ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޒިދާން ބުނީ ރެއާލްގައި އިސްކޯ މަޑުކުރަން ބޭނުންވާ ކަމަށާއި އުއްމީދަކީ އިސްކޯގެ މުޅި ކެރިއަރު ވެސް ރެއާލްގައި ހޭދަކުރުން ކަމަށެވެ.

މިދިޔަ ސީޒަނުގެ ފަހު ބައިގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އިސްކޯއެވެ. އޭނާގެ މޮޅު ކުޅުމާއެކު ރެއާލްއިން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރިއިރު އިސްކޯ ވަނީ މި ސީޒަނުގައި ރެއާލްއަށް 36 މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން 25 މެޗުގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ލިބުނުއިރު އޭނާ ވަނީ 11 މެޗެއްގައި ބެންޗުން ކުޅެން ނުކުމެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ހަ ލަނޑު ޖަހައިދީފައެވެ.

އޭނާ ހޯދުމަށް މެންޗެސްޓާ ސިޓީއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު