Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާދީނިއްޔަތުގެ ލަގަބު ދިނުން

ދީނުގެ ދިފާއުގައި ތެދުވާނީ ދައުލަތް، ވަކި ފަރުދެއް ނޫން - ނަޝީދު

ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 3 ޖޫން 2021 | ބުރާސްފަތި 12:19
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް - މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް - މުހައްމަދު ނަޝީދު

ދީނުގެ ދިފާއުގައި ތެދުވާނީ ދައުލަތް ކަމަށާއި ވަކި ފަރުދެއް ނޫން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ލާދީނީ ގޮވުން: އަނގަ ހުތުރުވުން" މިނަމުގައި އެމަނިކުފާނު ކުރެއްވި ޓްވީޓްގައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތް ކަމަށާއި، މި ދައުލަތް ރޭވިފައިވާ ގޮތުން، ދިވެހިދައުލަތުގެ ފަރާތުން ފަރުދުން ކުރަންޖެހޭ ވަކި ކަންތައްތަކެއް ހުންނަ ކަމުގައެވެ.

Advertisement - newsAdvertisement

ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން ކަމަށާއި، އެއީ އެމައްޗައް ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއް ކަމަށެވެ.

އެއްވެސް ދިވެހި ރައްޔިތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ޤާނޫނާއި ޚިލާފުވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށާއި، އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތް ތެރިވާނީ ވަކި ފަރުދެއް ނޫން ކަމަށާއި، މި ދައުލަތުގެ އިދާރާ ތަކާއި ވުޒާރާތައް ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ތިމަންނާއީ ދައުލަތް ކަމަށް ދެކުމުގެ ޖާގަ އެއް ނޯންނާނެ ކަމަށާއި، އޮޅުމެއްނެތް ގޮތުގައި، "ލާދީނީ" ކަމަށް މީހަކާ ދިމާއަށް ބުނުމަކީ، އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި، އިސްލާމް ދީނާއި ޚިލާފަށް މި ދައުލަތުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް، ވަރަށް ސާފު އިބާރާތުން އަޅުގަޑުމެންގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާނެ ކަމަށާއި، ވައްކަމާއި، ޓެކުމާއި، މަކަރާއި ހީލަތް ހެދުމާއި، ޒިނޭކުރުމާއި، ބަނގުރާ ބުއިމަކީ އަބަދުވެސް ރާއްޖޭގައި މަނާ ކަންކަން ކަމުގައެވެ.

ވައްކަން ކުރީމާ ވަގަށް ގޮވޭ ގޮތަށް، އިސްލާމްދީނާ ޚިލާފު ވީމާ ލާދީނީ އޭ ބުނެވޭނެ ކަމަށެވެ. ބަލާ މުސީބާތަކަށް ވީމާ އެފަދައިންވެސް ގޮވެން ޖެހޭނެ ކަމަށެވެ.

ގަލޮޅުގެ ވަކި ހިސާބެއްގައިވެސް ހުރުރު އެއްޗެހި ކިޔާ މީހުން ތިބޭކަމަށް މަންމަ އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށާއި، މަންމަ ގާތުގައި، މަންމަގެ މާމަ، ކިޔާދީފައި އޮންނަ ހުތުރު ބަސްތަކެއްވެސް އޮންނަ ކަމަށެވެ.

އެގޮތުން "މަހާނަ ދަތްޕިލަ، ގޮބޮޅި ބަންޑު، ދުންދަޑި ދެފައި، ބަތްޕޮޅި ކަންފަތް، އަޑި އަޑީން ދާ ފަލަ ގުއިރޭ، ކަހަނބަށް ކަންބާ"، މިއީ އެކަކު އަނެކަކު ދެރަ ކުރުމަށް އެކެއް އަނެކަކާ ދިމާއަށް ގޮވާ ހުތުރު އެއްޗެހި ކަމަށް ވިދާޅުވެފައިވެއެވެ. ޝޭޚެއްގެ ފަގުޑި އަޅުއްވާފައި ހުންނަވާ އިންސާނާ މިހިސާބަށް ދިޔާމައި، ދެން ދަންނަވާނެ އިތުރު ވާހަކައެއް ނެތް ކަމަށް ލިޔުމުގައި ވިދާޅުވެފައިވެއެވެ.

މީހާ "ލާދީނީ" މީހަކަށްވަނީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމް ދީނުގެ އުސޫލްތަކާއި ޚިލާފަށް އުޅޭ މީހެއް ނަމަ ކަަމަށާއި، މީހުން ގަބޫލުކުރާ ގޮތުގައި ވަކި މީހަކީ މިގޮތަށް ލޭބަލް ކުރެވިދާނެ މީހެއް ކަމަށެވެ.

އިސްލާމް ދީނުގެ އެންމެ މަތިވެރި އުސޫލަކީ ޣައިބަށް އީމާން ވުން ކަމަށާއި، މާތް ﷲ ދެކެ ދެނެވޮޑިގެން ވާކަން ޝައްކަކާ ނުލާ ހިތުގެ އަޑިން ޤަބޫލް ކުރުމާއި، އަދި މުހައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށްވެސް ހަމަ އެފަދައިން ގަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ފުރިހަމައަށް ގަބޫލު ކުރުން ކަމުގައެވެ.

އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާ ގައި، އެހިނދުވެސް ދުލުން ކިޔުއްވަމުން ގެންދެވީ ޝަހާދަތުގެ ދެކަލިމަ ކަމަށާއި، މާތްﷲ ވޮޑިގެން ވާކަމާއި، އެއީ އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހަންމަދުގެފާނު މިދުނިޔެއަށް ފޮނުއްވި ކަން ވަރަށް ފުރިހަމައަށް ގަބޫލު ކުރެވޭ ކަމުގެ ތަސައްވަރާއި އަދި ބަސްތައް ކަމުގައެވެ.

ނަސީބު ގަދައީ ކަމަށާއި، މިފަދަ ސާފު ސާދާ ގޮތުގައި އީމާން ތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވީ ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނަކީ ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް ބަޔަކު ގަބޫލުކުރާ ކަމަށާއި، މި މައްސަލާގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް މުހިއްމު ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނަކީ އިސްލާމެއް ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާއިރު "ލާދީނީ" މީހެއް ކަމަށް ބުނުމަށް ނޭދޭ ކަމަށް ވިދާޅުވިއެވެ.

އެފަދަ ގޮތަކަށް އެމަނިކުފާނަށް މުޚާތަބު ކުރަން ބޭނުންވަނީ ކީއްވެގެންތޯވެސް ސުވާލު އުފައްދަވާފައިވެއެވެ. އެމީހެއްގެ ނަޒަރުގައި އެމަނިކުފާނު ގޯހީ ކަމަށާއި، އެގޯސް އޭނާ ފާހަގަ ކުރާން އެދިދާނެ ދެ ގޮތެއް ވިސްނިވަޑާއިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. ފުރަތަމަ ގޮތެއްގެ ކަމަށް ފާހަގަކުރައްވާފައިވަނީ އިސްލާމްދީން ޤަބޫލް ކުރާ އެހެން މީހުންގެ ހިތްތަކުގައި އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަބަބުން ޖުމްލަ ގޮތެއްގައި އިސްލާމް ދީނަށް ގެއްލުން ވާކަމުން، އިސްލާމް ދީނުގެ ދިފާއުގައި އެމަނިކުފާނުގެ ގޯސް އޭނާ ފާހަގަ ކުރަނީ ކަމުގައެވެ.

ނަމާދު ކޮށް، ރޯދަ ހިފައި، ޒަކާތް ދިނުމަކީ ދިވެހިން ކުރާންޖެހޭ ކަންކަން ކަމަށް ގިނަ މީހުން ދެކޭ ކަމަށާއި، އަދި ގާތް ތިމާގެ މީހުނަށާއި، އަވައްޓެރިންނަށް، އަދި އެންމެހާ މީސްތަކުންނަށް ހެޔޮކޮށް ހިތާން ޖެހޭކަމަށްވެސް ގިނަ މީހުން ދެކޭ ކަމުގައި ލިޔުއްވާފައިވެއެވެެ. ދިވެހި އުންމަތަކީ ފުރިހަމަ އިސްލާމީ އުންމަތެއްކަމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލު ތަކާއި ހަމަތަކުގެ މަތީގައި ކަމާއި، މީހަކު ލާދީނީ ވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ދިވެހި ޤާނޫނު ހިންގޭނެ ކަމަށް ލިޔުއްވާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު