Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަތޮޅުތަކަށް މަންދޫބުން އައްޔަނުކުރުން

އަތޮޅު މަންދޫބުން – ވިލަރެސްކުރުމުގެ ހަރުދަނާ ފިޔަވަޅު

މަންދޫބުންނާއެކު އެ ގާއިމު ވެގެން ދިޔައީ ކޮވިޑްގެ ހާލަތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ގުޅުވާލަދޭނެ ވިއުގައެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 3 ޖޫން 2021 | ބުރާސްފަތި 10:12
ރައީސް އިބްރާހިމް މުޙައްމަދު ސާލިހް

ރައީސް އިބްރާހިމް މުޙައްމަދު ސާލިހް

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހަތަރު ވަނަ ރާޅާއެކު, ބަލީގެ ނުރައްކާތެރިކަން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބަލިމަޑުކަން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު މިވަނީ ފެތުރެން ފަށާފައެވެ. އެއާއެކު, ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ފެންމަތި ވާންމިވަނީ ފަށާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ދިމާވާ ކުއްލި ހާލަތްތަކުގައި އަމަލުކުރެވޭ ވަރު ލަސްވުމެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މި މައްސަލަތައް ދިމާވުން އިތުރެވެ. އެކަން ހައްލު ކުރުމަށް އެޅުނު އެއް ފިޔަވަޅަކީ ކޮންމެ އަތޮޅަކަށް މަންދޫބުން ކަނޑައެޅުމެވެ.

މައްސަލައެއް ހައްލު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވިލަރެސް ކުރުމެވެ. ކަންކަން އިންތިޒާމު ކުރުމުގެ ގޮތުން ކޮންމެ އަތޮޅަކަށް އައްޔަނު ކުރެވުނު މަންދޫބުންނަކީ މިބޭނުމަށްޓަކައި އައްޔަނު ކުރެވުނު ބައެކެވެ. ކޮންމެ އަތޮޅަކަށް މަންދޫބުން އައްޔަނު ކުރުމަށް ނިންމީ އަތޮޅުތެރޭގެ ކޮވިޑް ހާލަތު ގާތުން ބެލެހެއްޓުން ފަސޭހަކުރުމުގެ ބޭނުމުގައެވެ. ހާލަތު އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހަކު ބެހެއްޓުމުގެ ބޭނުމުގައެވެ.

ކޮންމެ ނިންމުމަކާއެކު އަޖުމަ ބެލުމަކާ ނުލާ ފާޑު ކިޔުމަކީ ދިވެހި މުޖުތަމައުގެ އާދައެކެވެ. ކަމެއްގެ ހަގީގީ މަގުސަދު ނޭނގުނަސް މާ ދަންނަ ކަމަށް ހެދިގެން އުޅޭ 'ރޯނުއެދުރުން' ތަކެއް ނިކުމެ ގޮތްފާޑު ކިޔުމަކީ ހަމަ ވަރަށް އާންމު ކަމެކެވެ. މި ބީދައިން, އަތޮޅުތަކަށް މަންދޫބުން އައްޔަނު ކުރުމަށް ނިންމި ނިންމުމާއެކު ސަރުކާރަށް އަމާޒު ކުރަމުން ދިޔަ ފާޑު ކިޔުންތަކުގެ އަޑު ގަދަވިއެވެ. އޭގެތެރެއިން ބައެއް 'އެދުރުން' މި މަސައްކަތް ސިފަކުރީ ބާރުތައް މަރުކަޒު ކުރުން ކަމުގައެވެ. މަންދޫބުންނަކީ ކައުންސިލްތަކުގެގެ މައްޗަށް އަތްގަދަ ކުރުން ނޫން އެހެން ކަމެއް ނުކުރާނެ ވެރީންތަކެއް ކަމަށް ވެސް އެއްބަޔަކު ގޮވަމުން ދިޔައެވެ.

މިހުރިހާ ގޮވެލިފަތިތަކެއްގެ ތެރެއިން އަސްލު ކަންބޮޑުވުމަކަށް އޮތީ ސިޔާސީ ލީޑަރުން ތަކަކަށް ބާރުތަކެއް ހަވާލުކުރުން ކަންނޭނގެއެވެ. އެހެނީ ހުރިހާ އަތޮޅެއްގެ މަންދޫބުންގެ ގޮތުގައި ވެސް ހަރަކާތްތެރިވާނީ މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު ހަގީގަތަކީ, ހަވާލު ކުރެވުނީ ބާރެއް ނޫން ކަމެވެ. ހަވާލު ކުރެވުނީ އިތުރު މަސްއޫލިއްޔަތެކެވެ. އެނޫން ގޮތަކަށް ބުނާނަމަ, މަތިކުރެވިގެން ދިޔައީ އިތުރު ޒިންމާއެކެވެ.

މަންދޫބުންގެ ޒިންމާއަކީ ހެލްތު ޕްރޮޓެކްޝަން އޭޖޭންސީއާއި ކައުންސިލްތަކާ ދެމެދު ހިނގާ މުއާމަލާތްތަކާއި، ކުރެވޭ މަޝްވަރާތަކާ ގުޅިގެން ނިންމާ ކަންކަން ފަސޭހަ ކުރުމަށް ސަރުކާރުގެ ފަރާތުން އަދާކުރަން ޖެހޭ ދައުރު އަދާކުރުމެވެ. މަންދޫބުން މަސައްކަތްކުރާނީ ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެން އަތޮޅުގައި ކޮވިޑް ހުއްޓުވުމަށެވެ. އަދި ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރުމަކީ ވެސް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެކެވެ. އެއާއެކު ސިޔާސީ ވެރިންނަކީ ކަމެއް ނުކޮށް އުޅޭ ބައެއް ކަމަށް ޒަމާނުއްސުރެ ދެކެވޭ ވާހަކައަށް ވެސް ނިމުމެއް އައީއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްޙީ ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ނެތުމެވެ. ނުވަތަ ކުއްލިއަކަށް ދިމާވާ މައްސަލަތަކުގައި އަމަލު ކުރެވޭނެ ގޮތްތަށް ރަނގަޅަށް އިންތިޒާމުވެފައި ނެތުމެވެ. ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު މި ފަދަ މައްސަލަތައްވަނީ އިތުރުވެފައެވެ. ސިއްޙީ އަވަސް ފަރުވާ ފޯރުކޮށް ނުދެވުމުން ހިތާމަވެރި އެތައް ހާދިސާއެއް މި ހާލަތުގައިވަނީ ކުރިމަތި ވެފައެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި އެފަދަ ހާލަތްތައް ކުރިމަތި ވުމުގެ ފުރުސަތު ވެސް ވަނީ އިތުރު ވެފައެވެ. މިއިން ކޮންމެ ހާލަތެއްގައިވެސް އެންމެ މުހިންމު ވެގެންދަނީ ކަމާ ބެހޭ ފަރާތެއްގެ ސަމާލުކަމަށް އެކަމެއް ގެނައުމެވެ. މަންދޫބުންގެ ހަގީގީ ދައުރަކީ މިއެވެ.

އަތޮޅުތަކުގެ މަންދޫބުން އައްޔަނު ކުރުމުގެ ސަބަބުން, ރަށްރަށުގައި ކޮވިޑް ގެ ހާލަތު ބަލަމުންދާ, ކައުންސިލްތަކަށާއި, ޓާސްކް ފޯސްތަކަށް ލިބިގެންދިޔައީ އިތުރު ލުޔެކެވެ. އަތޮޅު ތެރޭގެ ކޮވިޑްގެ ކަންތައްތައް ބަލަންވީ ގޮތަށް ބެލެހެއްޓޭނީ މިފަދަ އިންތިޒާމެއްގެ ދަށުންނެވެ. މަންދޫބުންނާއެކު އެ ގާއިމު ވެގެން ދިޔައީ ކޮވިޑްގެ ހާލަތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ގުޅުވާލަދޭނެ ވިއުގައެކެވެ. އެއީ އެއްވެސް ހާލެއްގައި ސިޔާސީ މަޅިއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެއީ ފިސާރި ހުށިއާރު ކަމާއެކު ސަރުކާރުން ނިންމި ހަރުދަނާ ނިންމުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

ރައްޔިތުުންގެ މަންދޫބުންގެ ދަތްދޮޅި ނުރައްކަލެއްގެ ތެރޭގައި!

02 އޯގަސްޓު 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު