Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިލޯ ޔޫރޯ ފޯރި 2021

މައުރޫފް އަޙްމަދު: ޔޫރޯގެ މަރުގެ ގްރޫޕުގެ އެނަލިސްޓް

އެ ގްރޫޕުގައި ހިމެނެނީ ޕޯޗުގަލް، ފްރާންސް، ޖަރުމަން އަދި ހަންގޭރީ

އަތޫފް އާތިފް
އަތޫފް އާތިފް | 3 ޖޫން 2021 | ބުރާސްފަތި 09:57
މައިލޯ ޔޫރޯ ފޯރި 2021 - ގްރޫޕް އެފް އިންސާފުކުރާނީ މައުރޫފް އަޙްމަދު

މައިލޯ ޔޫރޯ ފޯރި 2021 - ގްރޫޕް އެފް އިންސާފުކުރާނީ މައުރޫފް އަޙްމަދު

މި މަހުގެ 11 ވަނަ ދުވަހު "ޔޫރޯ 2020" ފަށާއިރު، ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ގައި ހަރަކާތްތެރިވާ އެއް އެނަލިސްޓަކީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ ކުރިންވެސް އެނަލިސްޓެއްގެ ގޮތުގައި ބޮޑެތި މުބާރާތްތަކުގައި ހަރަކާތްތެރިވި މާއްޓޭއަކީ ބެލުންތެރިންގެ އިތުބާރު ލިބިފައިވާ އެނަލިސްޓެކެވެ.

އެނަލިސްޓެއްގެ ގޮތުގައި މާއްޓޭ ހަރަކާތްތެރިވާއިރު، އޭނާ އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް "އެފް" އެވެ. މި އަހަރު ބާއްވާ ޔޫރޯގައި އެންމެ ފާހަގަކޮށްލެވޭ ގްރޫޕަކީވެސް އެ ގްރޫޕެވެ. އެގޮތުން މަރުގެ ގްރޫޕުގެ ގޮތުގައި ގްރޫޕް "އެފް" ފާހަގަކޮށްލެވޭއިރު، އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލާއި، ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި، ޖަރުމަނުގެ އިތުރުން ޕްލޭއޮފުން ޖާގަ ހޯދި ހަންގޭރީއެވެ. އެ ގްރޫޕުގެ މެޗުތައް ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓާއި ޖަރުމަނުގެ މިއުނިކުގައެވެ.

މަރުގެ ގްރޫޕް އިންސާފުކުރަން ލިބުމާއެކު އެކަމާ ހިތްހަމަޖެހުން ފާޅުކޮށް މާއްޓޭ ވިދާޅުވީ އެ ގްރޫޕުގައި ވާދަކުރާ ފްރާންސް، ޕޯޗުގަލް އަދި ޖަރުމަނުގެ ކުޅުންތެރިންނަކީ ދިވެހީންނަށް ފަރިތަ ކުޅުންތެރިންތަކެއް ކަމަށެވެ. އަދި ހަންގޭރީއަކީވެސް ރަނގަޅު ފައިޓެއްދޭނެ ގައުމެއް ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ ވިދާޅުވީ އެ ގްރޫޕުން ދެވަނަ ބުރަށް ދެވޭނެ ގައުމެއް ގޮތުގައި ބަލަނީ ފްރާންސް ކަމަށާއި، އެގޮތުން ފްރާންސްގެ ކުޅުންތެރިން ޔޫރަޕުގެ މުބާރާތްތަކުގައި ވަރަށް ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އަދި މި ވަގުތު ފްރާންސްގެ ކުޅުންތެރިން ތިބީ ވަރަށް ފޯމުގައި ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ގްރޫޕުގައި ދެން ހިމެނޭ ޖަރުމަނާއި ޕޯޗުގަލަކީވެސް ދެވަނަ ބުރަށް ދަތުރުކޮށް، ތަށި ނެގޭނެ ފެންވަރުގެ ގައުމުތައް ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯގެ ރާއްޖޭގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރުކަން ރާއްޖެޓީވީން ވަނީ ނަގާފައެވެ. މާއްޓޭ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ކަވަރޭޖެއް ނަގަމުން އަންނަނީ ރާއްޖެޓީވީން ކަމަށާއި، މިކަހަލަ މުހިންމު މުބާރާތެއް ރާއްޖެޓީވީން ދެއްކުން އެއީ ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.

އަދި ވިދާޅުވީ ދުނިޔޭގެ ލީގުތައް ބަލާ ދިވެހީން އަންނަނީ އިތުރުވަމުން ކަމަށާއި، އެގޮތުން ދިވެހީން އާންމުކޮށް ބަލާ އުޅެނީ ޔޫރަޕުގެ ވަރުގަދަ ލީގުތައް ކަމަށެވެ. އަދި ޔޫރޯއަކީ ފީފާ ވޯލްޑް ކަޕް ނެގުމަށްފަހު، ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި، އެގޮތުން ފައިސާގެ ގޮތުންވެސް ޔޫރޯއަކީ ވޯލްޑް ކަޕަށް ދޫނުކުރާ ވަރުގެ މުބާރާތެއް ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2020

ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް އިންތިޚާބުވެއްޖެ

08 ނޮވެމްބަރު 2020
ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް އިންތިޚާބުވެއްޖެ
26 އޮކްޓޯބަރު 2020

ޓެނިސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލިލީ ހޮޓެލްސްގެ އެމްޑީ އަޙްމަދު ހަފީޒް

26 އޮކްޓޯބަރު 2020
ޓެނިސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލިލީ ހޮޓެލްސްގެ އެމްޑީ އަޙްމަދު ހަފީޒް
10 އެޕްރީލު 2020

ބާސާއިން މާޓިނޭޒްއަށް 10 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅަނީ

10 އެޕްރީލު 2020
ބާސާއިން މާޓިނޭޒްއަށް 10 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅަނީ
08 ޖޫން 2019

ހަޒާޑް 100 މިލިއަން ޔޫރޯގެ އަގަކަށް ރެއާލްއަށް ބަދަލުވެއްޖެ

08 ޖޫން 2019
ހަޒާޑް 100 މިލިއަން ޔޫރޯގެ އަގަކަށް ރެއާލްއަށް ބަދަލުވެއްޖެ
17 އޮކްޓޯބަރު 2018

ގްރޫޕުގެ އެއްވަނަ ހޯދަން ކްރޮއޭޝިއާ ބަލިކުރަން ޖެހޭ: އެންރީކޭ

17 އޮކްޓޯބަރު 2018
ގްރޫޕުގެ އެއްވަނަ ހޯދަން ކްރޮއޭޝިއާ ބަލިކުރަން ޖެހޭ: އެންރީކޭ
30 ޖޫން 2017

މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި

30 ޖޫން 2017
މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
05 އެޕްރީލު 2017

ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

05 އެޕްރީލު 2017
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް
21 މާރިޗު 2017

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

21 މާރިޗު 2017
ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް