Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ ނަސީމް

މިޝްކާގެ މަރާއެކު ޖަވާބުދާރީވާން މިނިސްޓަރ ނަސީމް ނޫސްވެރިންނާ ބައްދަލުކުރެއްވުން މިރޭ 10:00ގައި!

މިޝްކާ މަރުގެ މައްސަލާގައި މިނިސްޓަރ އިސްތިއުފާ ދިނުމަށް ދަނީ ގޮވަމުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 2 ޖޫން 2021 | ބުދަ 14:19
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

މިޝްކާގެ މަރާއެކު އެކަމުގައި ޖަވާބުދާރީވާން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރެއްވުން މިރޭ 10:00ށް ތާވަލުކޮށްފިއެވެ.

މިނިސްޓަރ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި ތާވަލްކޮށްފައި މިވަނީ ކޮވިޑް-19ގައި އިއްޔެ ނިޔާވި 10 އަހަރުގެ މިޝްކާގެ މަރުގައި އެޗްޕީއޭގެ ބޮޑެތި އިހުމާލުލަތެއްވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެކަމުގެ ޕްރެޝަރ މިނިސްޓަރ އަށް ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލާގައި މިނިސްޓަރ އިސްތިއުފާ ދިނުމަށް ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިޝްކާ ނިޔާވި މައްސަލާގައި އާއިލާއިން ބުނީ މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ކަމަށެވެ. އެއީ ކޮވިޑް-19ށް ޕޮޒިޓިވްވެ އައިސޮލޭޝަން އަށް ލިތާ 7 ވަނަ އަށް ވީ ދުވަހެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. ގިނަ އިރުވެ އެމްބިއުލާންސް ނައުމުން އައިޖީއެމްއެޗް އަށް ވެސް ގުޅި ކަމަށާއި އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުން ކަމަށް ވެސް ބުންޏެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށާއި ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އާއިލާއިން ބުނީ ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އަދި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗް ގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު ރެސްޕޮންޑްނުކޮށް ގިނަ އިރު ވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައި ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

މިޝްކާ ނިޔާވި މައްސަލާގައި އެމްބިއުލާންސް ފޮނުވުން ލަސްވިކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބެސްވެފައިވެއެވެ.

ސީޕީއާރް ދިނުމަށް ފަހު މިޝްކާ ދެން ލެވުނީ ވެންޓިލޭޓަރަށެވެ. އެގޮތުގައި ވެންޓިލޭޓަރުގައި އޮވެ 24 ގަޑި އިރުފަހުން, މިޝްކާ ނިޔާވީ ޖޫން މަހުގެ ދެވަނަ ވިލޭރޭ މެންދަމު 12:10 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު