Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައިލޯ ޔޫރޯ ފޯރި 2021

މައިލޯ ޔޫރޯ ފޯރި 2021: އެނަލިސްޓުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

2 ޖޫން 2021 | ބުދަ 13:47

ޝޯގައި ބައިވެރިވުމަށް އިތުރު ހާއްސަ މެހުމާނުންނަށްވެސް ވަނީ ދައުވަތު ދީފައި

އަތޫފް އާތިފް
އަތޫފް އާތިފް | 2 ޖޫން 2021 | ބުދަ 13:47
މައިލޯ ޔޫރޯ ފޯރި 2021 - އެނަލިސްޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މައިލޯ ޔޫރޯ ފޯރި 2021 - އެނަލިސްޓުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"މައިލޯ ޔޫރޯ ފޯރި 2021" ޝޯގައި ބައިވެރިވާ އެނަލިސްޓުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫރޯ 2020" ގެ ރާއްޖޭގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރުކަން ރާއްޖެޓީވީން ނަގާފައިވާއިރު، ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި ތަޖުރިބާކާރު އެނަލިސްޓުން ހަރަކާތްތެރިވާނެއެވެ.

އެ އެނެލިސްޓުންނަކީ ތަޖުރިބާކާރު ކޯޗު އަދި މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެހުރި މުޙައްމަދު ޝިޔާޒް (މޯހަން) އާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި، ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދު އާއި، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އަދި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) ގެ އިތުރުން ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކުޅިވަރު އެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އިމާދު ލަތީފެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެނެލިސްޓުންނާއެކު ރާއްޖެޓީވީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުން ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ނާޒުމީ ސައީދު ވިދާޅުވީ ޔޫރޯ ފޯރީގެ ކަވަރޭޖުގައި ބައިވެރިވެވަޑައިގަންނަވާ އެނަލިސްޓުންނަކީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު އެނަލިސްޓުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ފުޓްބޯޅައަށް ސަޕޯޓުކުރާ ރައްޔިތުން ކަމަށާއި، އެހެންކަމުން ކުރިއަށް ޔޫރޯއަށް ތަޖުރިބާކާރު އެނަލިސްޓުންނާއެކު ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒް ވަނީ މި ކަވަރޭޖުގައި ބައިވެރިވާ އެނަލިސްޓުންނަށް ޝުކުރުއަދާކުރައްވާފައެވެ. ފަރިޔާޒް ވިދާޅުވީ މިއަހަރުގެ ޝޯ ހާއްސަކުރާނީ ހަމައެކަނި އެނަލިސްޓުންނާއެކު ނޫން ކަމަށާއި، އެގޮތުން މި ޝޯގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ހާއްސަ މެހުމާނުންނަށްވެސް ދައުވަތު ދީފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޔޫރޯ ރާއްޖެޓީވީން ގެނަސްދޭނީ 2016 ވަނަ އަހަރުގެ ޔޫރޯގައި ލިބުނު ތަޖުރިބާގެ އަލީގައި، އެއަށްވުރެ ފުރިހަމަކޮށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ 2020 މި މަހުގެ 11 ވަނަ ދުވަހު ފަށާނެއެވެ. މުޅިއެކު 24 ގައުމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުބާރާތުގައި ޖުމްލަ 51 މެޗު ކުޅޭއިރު، މި ހުރިހާ މެޗެއްވެސް ރާއްޖެޓީވީން ދައްކާނެއެވެ. އަދި މެޗުތަކުގެ ކުރިންނާއި މެދުތެރެއިންނާއި ފަހުންވެސް މެޗުތައް ދިރާސާކުރުމުގެ އެކި ޝޯތައްވެސް ރާއްޖެޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެޗުތައް "ރާއްޖެ.އެމްވީ" އިން ލައިވް ސްޓްރީމް ކުރާނެއެވެ.

މި ފަހަރުގެ ޔޫރޯ ރާއްޖެޓީވީން ބްރޯޑްކާސްޓް ކުރާއިރު، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯވެސް ރާއްޖެޓީވީން ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. އަދި އެ ފަހަރު ރާއްޖެޓީވީން ވަނީ ޔޫރޯގެ ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޖޫން 2017

ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި

08 ޖޫން 2017
ހަފްތާއަކު 480،000 ޔޫރޯ ލިބޭ އެއްބަސްވުމެއް ބާޔާން އިން ސަންޗޭޒްއަށް ހުށަހަޅައިފި
30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
01 މެއި 2017

އާސެނަލް ބަލިކޮށް، ޓޮޓެންހަމް އިން ޕްރެމިއަރ ލީގުގެ ފޯރި ގަދަކޮށްލައިފި

01 މެއި 2017
އާސެނަލް ބަލިކޮށް، ޓޮޓެންހަމް އިން ޕްރެމިއަރ ލީގުގެ ފޯރި ގަދަކޮށްލައިފި
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
09 މާރިޗު 2017

މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި

09 މާރިޗު 2017
މައިލޯ ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފި
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް