Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް ބޭއްވުން

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް އޮގަސްޓް މަހު

ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އޮގަސްޓް 18 އިން 24 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ޖޫން 2021 | ބުދަ 08:22
2019 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

2019 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކޮލިފައިންގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕް ސްޓޭޖު މެޗުތައް އޮގަސްޓް މަހަށް ފަސްކުރަން އޭއެފްސީން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން މި މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މިދިޔަ މެއި މަހު ރާއްޖޭގައެވެ. އެގޮތުން އޭއެފްސީން މީގެ ކުރިން ތާވަލުކޮށްފައި އޮތީ މެއި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ގޮތަށެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށްވެސް އޮތީ ތާވަލުކޮށްފައެވެ.

އެކަމަކު އޭއެފްސީ ކަޕުގެ މައްސަލަ ހޫނުވީ ޕްލޭއޮފް މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން މާލެއައި ބެންގަލޫރު ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. އެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ނުބޭއްވޭނެކަން އެންގުމާއެކު، އޭއެފްސީން ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ޖޫން މަހުގެ ފަހު ކޮޅު ފެށުމަށް އޭއެފްސީން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މިހާރު ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 27 ވަނަ ދުވަހު ކޮލިފައިން ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮޑްގެން ރާއްޖޭގައި ކުޅުމަށް ނިންމި ނަމަވެސް، އޭއެފްސީން މިހާރު ވަނީ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރުން އަލުން ހުޅުވާލަން ނިންމާފައެވެ. އެއާއެކު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން މެޗުތައް ކުޅެން އަލުން ބިޑް ނުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މުބާރާތް ބާއްވަން އަލުން ބިޑަށް ހުޅުވާލައިފިނަމަ، ބަންގްލަދޭޝް އާއި އިންޑިއާއިން އޮތީ މުބާރާތުގެ މެޗުތައް ބޭއްވުމަށް ބިޑްކުރަން ތައްޔާރަށެވެ.

ބެންގަލޫރުގެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ފަސްކުރިއިރު، މި މައްސަލައިގައި އެފްއޭއެމުން ވަނީ ބެންގަލޫރާ މެދު ފިޔަވަޅު އަޅައިދޭން އޭއެފްސީއަށް ހުށަހަޅާފައެވެ. އަދި ދާދި ފަހުން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވަނީ އޭއެފްސީ ކަޕް ފަސްކުރި މައްސަލައިގައި ރާއްޖެއަށް އަދަބެއް އައުން ގާތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މާޒީގައި ކަންތައްތައް ދިމާވެފައި ހުރި ގޮތަށް ބަލާއިރު، ރާއްޖެއަށް އޭއެފްސީން އަޅަން އޮތީ ދެ ފިޔަވަޅެއް ކަމަށާއި، އެއީ ޖޫރިމަނާ ކުރުން ނޫނީ އޭއެފްސީގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ވަކި މުއްދަތެއް ވަންދެން ރާއްޖެއަށް ނުދޭން ނިންމުން ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އޮގަސްޓް މަހު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު