Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑްގައި ކުޑަކުއްޖަކު ނިޔާވުން

ކޮވިޑްގައި ނިޔާވި މިޝްކާގެ އާއިލާއަށް އެޑިއުކޭޝަނުން ތައުޒިޔާގެ މެސެޖެއް

2 ޖޫން 2021 | ބުދަ 08:22

މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ ވަނަ ހޯދާ ހުނަރުވެރި ދަރިވަރެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 2 ޖޫން 2021 | ބުދަ 08:22
މިޝްކާގެ ލޮބުވެތި އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތައުޒިޔާ ދަންނަވާފައިވޭ

މިޝްކާގެ ލޮބުވެތި އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތައުޒިޔާ ދަންނަވާފައިވޭ

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދުގެ އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީން ތައުޒިޔާގެ މެސެޖެއް ފޮނުވައިފިއެވެ.

އެޑިއުކޭޝަނުން ބުނީ އިމާދުއްދީން ސްކޫލްގެ ދަރިވަރު ފާތުމަތު މިޝްކާ މުހައްމަދު އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވުމާގުޅިގެން މިޝްކާގެ ލޮބުވެތި އާއިލާއަށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

2018 ވަނަ އަހަރު އިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ ވަނަ ހޯދައި ހުނަރުވެރި ދަރިވަރެއް ކަމަށް ވެސް އެޑިއުކޭޝަނުން ފާހަގަ ކޮށްފައިވެއެވެ. އަދި ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައި ބޭއްވޭ ޚާއްސަ އެސެމްބްލީތަކުގައި މަދަހައާއި ޅެން ހުށަހެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުން ވެސް މިޝްކާ ފަޚުރުވެރި ވަނަތަކެއް ހާސިލް ކޮށްފައިވާ ކަން މި މެސެޖުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން އެންމެ ފަހުން އެ ސްކޫލްގައި އޮންލައިންކޮށް ބޭއްވި 'ސްޓޯރީ ޓެލިން' އަދި 'ކްރިއޭޓިވް ރައިޓިންގ' އިން ވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ހިމެނިފައިވާ ކަމަށާއި މިޝްކާގެ ކުއްލި ވަކިވުމަކީ އިމާދުއްދީން ސްކޫލަށާއި، ތައުލީމީ އާއިލާއަށް ލިބުނު ނުހަނު ބޮޑު ހިތާމައެއް ކަމަށް ފާހަގަކުރެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމާގެ ފުރާނައަށް މާތްﷲ ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރާކަމަށާއި މި ފުން ހިތާމައިގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުންބައިވެރިވެ، މަރުހޫމާގެ އާއިލާއާއި އެކުވެރީންނަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ބަލީގައި ކުޑަކުއްޖަކު ނިޔާވި އިރު މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. އެމްބިއުލާންސް ފޮނުވުމުގައި ލަސްވި ކަމަށް ހެލްތު މިނިސްޓްރީން އިއުތިރާފުވެފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި އިރު ވެސް އެ މައްސަލަ ފެންމަތިވިއެވެ. ކޮވިޑް-19 ރެސްޕޮންސް ޓީމުގައި އައިޖީއެމްއެޗްގެ އެމްބިއުލާންސްތައް ބޭނުންކުރަމުން އަންނައިރު ބަލި މީހުން އުފުލުމާއި ނިޔާވާ މީހުން އުފުލުމަށް ވެސް ގެންގުޅެނީ އެއް އެމްބިއުލާންސްތަކެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
01 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން :އޭޑީކޭ

01 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ބާއްވައިގެން :އޭޑީކޭ
04 އެޕްރީލު 2017

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ
25 މާރިޗު 2017

ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ

25 މާރިޗު 2017
ރޯގާއާ ގުޅިގެން ކިޔެވުން ނުފަށަން ނިންމި އަމިއްލަ ސްކޫލުތަކުން އެޑިއުކޭޝަނުން އަންގައިގެން ކިޔެވުން ފަށަނީ
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް