Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޝްކާގެ މަރު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

މިޝްކާ ނިޔާވީ ވެންޓިލޭޓަރުގައި އޮވެ 24 ގަޑި އިރުފަހުން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 2 ޖޫން 2021 | ބުދަ 07:49
ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ

ހިމޭން ނިންޖަކުން ނިދާފައި ތިއްބާ މުޅި ގައުމު ހޭލައްވާލީ ކުޑަކުއްޖެގެ މަރުގެ ޚަބަރުންނެވެ. ކޮވިޑް ބަލީގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ނިޔާވެގެން ދިޔުން ވީ އެންމެނަށް ސިހުންގެނުވި ކަމަކަށެވެ. ހދ. ކުޅުދުއްފުށި, ލާޖަހާގޭ އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު މި ދުނިޔެއާ އަލްވަދާއު ކީ މުޅި ގައުމު ރޮއްވާފައެވެ.

އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިޝްކާއަކީ އެއްވެސް އިތުރު ސިއްހީ މައްސަލައެއް ހުރި ކުއްޖެއް ނޫނެވެ. އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުރި ނަމަވެސް, މިޝްކާއަކީ ސިއްޙަތު ސަލާމަތުން ހުރި ކުއްޖެކެވެ. ނަފްސާނީ ގޮތުން ހުރި މައްސަލަ ފިޔަވާ އިތުރު އެއްވެސް ކަމަކަށް ފަރުވާ ކުރަމުން ގެންދާ ކުއްޖެއް ނޫނެވެ.

މިޝްކާ ކޮވިޑް ބައްޔަށް ޕޮޒިޓިވްވީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ބަލި ޖެހޭ އެހެން ގިނަ ކުޑަކުދިންނެކޭ ވެސް އެއްގޮތަށް މިޝްކާއަށް ވެސް ބަލީގައި ބޮޑު ވަރެއް އޭރަކު ނުވެއެވެ. ބަލީގައި 7 ދުވަސް ވެގެން ދިޔައިރު ވެސް މިޝްކާއަށް ބަލީގެ 'ކޮމްޕްލިކޭޝަން' އެއް ކުރިމައްޗެއް ނުވެއެވެ. އާއިލާގެ ފަރާތުން ބުނީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރެޔާ ހަމައަށް ވެސް މިޝްކާގެ ހާލު ރަނގަޅު ކަމަށެވެ.

އެމްބިއުލާންސް އައީ 2 ގަޑި އިރާއި 30 މިނިޓް ފަހުން!

މިޝްކާގެ ނޭވާއަށް އުނދަގޫ ވާން ފެށީ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރު އޮއްސުނު ފަހުންނެވެ. އާއިލާއިން ބުނި ގޮތުގައި, އެމީހުން އެންމެ ފުރަތަމަ އެމްބިއުލާންސް އަށް ގުޅިީ އެރޭ 9:00 ގައެވެ. އެކަމަކު މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައި ހުރުމުން އައިޖީއެމްއެޗްގެ އެމްބިއުލާންސްގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔުމަށް އިންކާރު ކުރި ކަމަށް އާއިލާއިން ބުނެއެވެ.

ގޮތް ހުސްވެ ހާސްވެފައި ތިބި މިޝްކާގެ މައިންބަފައިން ގެންދިޔައީ މެދު ނުކެނޑި އެޗްޕީއޭގެ އިމަޖެންސީ ނަންބަރަށް ގުޅަމުންނެވެ. އެކަމަކު ގުޅާލާ ކޮންމެ ފަހަރަކު ވެސް އެމީހުންނަށް ލިބެނީ އެއް ޖަވާބެއް ކަމަށް އާއިލާއިން ބުނެއެވެ. ހަމަ ކޮންމެ ފަހަރަކު ވެސް އެޗްޕީއޭއިން ބުނަނީ މެޑިކަލް ޓީމަށް މައުލޫމާތު ހިއްސާ ކުރެވިއްޖެ ކަމަށާއި, މެޑިކަލް ޓީމުން ދާނެ ކަމަށެވެ.

އެ ގޮތުގައި ސަލާން ޖަހާ ހާލު ގޮތް ހުސްވެފައި އާއިލާއިން ތިބި އިރު, ހޭދަވަމުން ދިޔަ ކޮންމެ ވަގުތަކާއި އެކު, ކުޑަ ކުޑަ މިޝްކާގެ ހާލު ދިޔައީ ދެރަވަމުންނެވެ. އެންމެ ފަހުން މިޝްކާ އަނބުރައިގަނެ އަނގައިންނާއި ނޭފަތުން ލޭ އަންނަ ފެށިކަމަށް އާއިލާއިން ބުނެވެ. އާއިލާއިން މައުލޫމާތު ދޭ ގޮތުގައި މިޝްކާ ގޮވައިގެން ހޮސްޕިޓަލަށް ނުދެވުނީ މިޝްކާގެ މަންމަ އާއި ބައްޕަ ވެސް ޕޮޒިޓިވްވެފައި ވުމުގެ ސަބަބުންނާއި މަންމަގެ ހާލު ވެސް ރަނގަޅުނޫން ވީމާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާ އޮތީ ހުއްޓިފައި

ދެ ގަޑިއިރާއި 30 މިނިޓް ފަހުން އެމްބިއުލާންސް އައިއިރު މިޝްކާ އޮތީ ހުއްޓިފައި ވާކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނު އިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި, އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ.

މިޝްކާގެ އާއިލާއިން ކިޔައިދިން ގޮތުގައި މިޝްކާގެ ވިންދު އައީ އައިޖީއެމްއެޗް ގެ އިމަޖެންސީގައި, ސީޕީއާރް ދޭތާ 20 މިނިޓް ފަހުންނެވެ. އެކަމަކު އޭރު މާ ބޮޑަށް ލަސްވެއްޖެއެވެ. ރެސްޕޮންޑްނުކޮށް ގިނަ އިރު ވުމުގެ ސަބަބުން މިޝްކާގެ ސިކުނޑި ވަނީ މަރުވެފައެވެ.

ސީޕީއާރް ދިނުމަށް ފަހު މިޝްކާ ދެން ލެވުނީ ވެންޓިލޭޓަރަށެވެ. އެގޮތުގައި ވެންޓިލޭޓަރުގައި އޮވެ 24 ގަޑި އިރުފަހުން, މިޝްކާ ނިޔާވީ ޖޫން މަހުގެ ދެވަނަ ވިލޭރޭ މެންދަމު 12:10 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޒިންމާ ވާނީ ކާކު؟

ދުނިޔެއާ ވަކިވެގެން އެ ދިޔައީ މައުސޫމު ފުރާނައެކެވެ. ކުރިމަގަށްޓަކައި އެތައް އުންމީދެއް ކުރަމުން ދިޔަ ހިއްވަރު ގަދަ ކުއްޖެކެވެ. މުޅި ގައުމު އެއް އަޑަކުން ގޮވަމުން ދަނީ މިކަމުގައި "ޒިންމާ ވާނީ ކާކު ހެއްޔެވެ؟" މި ފަދައިންނެވެ.

މިޝްކާގެ މަރާއެކު ސިއްހީ ވުޒާރާއިން ކޮށްލި ޓްވީޓްގައި ބުނެފައި ވަނީ އެމްބިއުލާންސް ފޮނުވުމުގައި ލަސްތަކެއްވި ކޭސްއެއް ފެންމަތިވެފައިވާ ކަމަށާއި، އެމައްސަލަ ބަލަމުން ދާކަމަށެވެ. އެ ކޭސްއަށް ރިއާޔަތްކޮށް އެމްބިއުލާންސް ފޮނުވުމުގައި ބަލާ އުސޫލުތަކަށް ބަދަލުގެނެސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ޢާއިލާއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ފޮނުއްވާފައި ވާކަމަށް އާއިލާއިން ބުނެއެވެ. އަދި މިނިސްޓަރު ވަނީ އާއިލާގެ ކިބައިން މަޢާފަށް އެދި މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު އެހާ ހިސާބުން އެ ނިމުނީ ހެއްޔެވެ. ރާއްޖޭގެ ސިއްހީ އިހުމާލުތަކަށް މި ނޫން ދުވަހެއް ފެންނާނެ ހެއްޔެވެ. އަބަދު ވެސް އިވެނީ މައްސަލަ ބަލާނެ ވާހަކައެވެ. ފިޔަވަޅު އަޅާނެ ވާހަކައެވެ. ނިހާޔަތަށް މައާފަށް އެދޭ ވާހަކައެވެ. އެކަމަކު މައާފަށް އެދުމުން ފުދޭ ހެއްޔެވެ. އެއީ މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެމީހުންގެ ފުރާނައެވެ. އާއިލާގެ އުފާވެރިކަމެވެ. އިހުމާލުން ތިޔަ ނަގާލީ މައުސޫމް ކުއްޖެއްގެ ދިރިއުޅުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ އެދުމުން ފޯވާއިރު، ނިކަމެތި ރައްޔިތުންނާ މެދު ވިސްނާވެސް ނުލާ

އަމިއްލަ އެދުމުން ފޯވާއިރު، ނިކަމެތި ރައްޔިތުންނާ މެދު ވިސްނާވެސް ނުލާ

17 ޖޫން 2022
ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

25 ފެބުރުއަރީ 2022
އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށްފައި މައާފަށް އެދުމުން ހުރިހާ ކަމެއް ނުނިމޭނެ!

އޯޓިސްޓިކް ކުދިންނަށް މަލާމާތްކޮށްފައި މައާފަށް އެދުމުން ހުރިހާ ކަމެއް ނުނިމޭނެ!

20 ޖެނުއަރީ 2022
ބާކީ 4 ދުވަސް، ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގެންނަނީބާ؟

ބާކީ 4 ދުވަސް، ޑީއެމްއާރްޓީގެ ޑޮކްޓަރު އިހުމާލުން ރެކިގެންނަނީބާ؟

10 ޖޫން 2021
އަމިއްލަ އެދުމުން ފޯވެ، ސައީދުމެން ޗައިނާއަށް ވެސް ދިނީ ލަނޑު؟

އަމިއްލަ އެދުމުން ފޯވެ، ސައީދުމެން ޗައިނާއަށް ވެސް ދިނީ ލަނޑު؟

08 އޮކްޓޯބަރު 2020

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު