Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިސްކިތްތައް އަލުން ހުޅުވުން

މިސްކިތުގައި ނަމާދުކުރެވޭނީ ހުއްދަ ލިބިގެން ބޭރުގައި އުޅޭ މީހުންނަށް އެކަނި

2 ޖޫން 2021 | ބުދަ 04:56

މިސްކިތްތަކުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މަހުގެ 19 ވަނަ ދުވަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 2 ޖޫން 2021 | ބުދަ 04:56
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

މިސްކިތުގައި ނަމާދުކުރެވޭނީ ހުއްދަ ލިބިގެން ބޭރުގައި އުޅޭ މީހުންނަށް އެކަނިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި މިސްކިތްތައް ބަންދުކުރަން ނިންމުމަށްފަހު 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާކަމަށެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މެއި 19ން ފެށިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވުނު ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ބައެއްފަރާތްތަކުން މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދުކުރަމުންދާތީ، އާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރުމަށް ނިންމި ކަމަށާއި، މިސްކިތްތައް ބަންދުކުރަން ނިންމިކަމުގައި ވިއަސް ބައެއް ޢާންމު ފަރާތްތަކުން، ޚާއްޞަ ޙާލަތްތަކުގައި މިސްކިތްތައް ބޭނުން ކުރަމުންދާތީ، މާލެސަރަޙައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި، ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ. މިގޮތަށް ހުޅުވާލިކަމުގައިވިޔަސް މިސްކިތުގައި ނަމާދުކުރެވޭނީ ހުއްދަ ލިބިގެން ބޭރުގައި އުޅޭ މީހުންނަށް އެކަނިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތައް އާންމުނަށް ހުޅުވާނުލިކަމުގައިވިޔަސް، މި ހާލަތުގައި ވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިންދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓަރ ނަސޭހަތްތެރިވިއެވެ، މީގެ އިތުރުން ކަމާގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިސްކިތްތައް ބަންދުކޮށްފައި ހުރި ނަމަވެސް، މިސްކިތްތަކުގެ އިމާމުން މިސްކިތްތަކަށް ގޮސް ބަންގިގޮވާނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިސްކިތްތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތައް އެ މަސައްކަތް މެދުކެނޑުމެއްނެތި ކުރާނެކަމަށެވެ. ކޮވިޑްގެ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު އެންމެ ފުރަތަމަ ލުއިދީ މިސްކިތްތައް ހުޅުވާލުމަށް ސަރުކާރުން އިސްކަންދޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިސްކިތްތައް ހުޅުވާއިރު، ބަންދުކުރިއިރު ހުރި ހާލަތުގައި އެ ސާފުތާހުރިކަމާއެކު މިސްކިތްތައް ހުންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް